ގަމު ކައުންސިލުގެ ރައީސަކަށް ”ނިޒޭ“ ހޮވަންޖެހޭ ބައެއް ސަބަބުތައް
ކޮންމެ ރަށެއްގެވެސް ތަރައްޤީއާއި ކުރިއެރުން ބިނާވެފައިވަނީ އެ ރަށެއްގެ ހިންގުމުގެ އިސް ސަފުގައި ތިއްބަވާ ބޭފުޅުންގެ ހަރުދަނާކަމާއި، ޤާބިލުކަމުގެ މައްޗަށެވެ. ލ. ގަމު ކައުންސިލުގެ ރައީސްކަމުގެ މަޤާމަށް މުހައްމަދު ނިޡާމް (ނިޒޭ) ހޮވަންޖެހޭ ސަބަބުތަކަކީ ކޮބައިތޯ ބަލާލަމާ ހިނގާށެވެ. ކުރުގޮތަކަށް މި ލިޔުމުގައި އަޅުގަނޑު އަލިއަޅުވާލާފައި ވާނީ ނިޡާމުގެ އެކުވެރިންނާއި ދަންނަ މީހުން ނިޡާމު ސިފަކުރާ ގޮތުގެމައްޗަށެވެ. އަމާޒަށް ވާސިލްވުމުގެ ވަރުގަދަ އަޒުމް ނިޡާމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ އޭނާގެ ކިބައިގައި ހުންނަ ހަރުދަނާ އަޒުމެވެ….

