ކޮރަޕްޝަނާއި ފަސާދަ މުޢިއްޒު ވަށާ ނަށަނީ

ދިވެހި ރައްޔިތުން ވެެރިކަމުގެ ތާޖު މުޢިއްޒުއާއި ހަވާލު ކުރީ ނުހަނު އިތުބާރު ކޮށްފައެވެ. އިބްރާހީމުގެ ސަރުކާރުގައި ހުރި ފޫނުބެދޭ ކަންކަމާއި ރައްޔިތުންނަށް ކަމުނުދާ ކަންކަންރަނގަޅުކޮށްދީ ހަމަމަގަށް އަޅުވާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީން ކަމާއިއެކުގައެވެ. ނަމަވެސް ވެރިމުގެ ތާޖު އެޅި ހިސާބުން މުޢިއްޒުގެ ރާގު ބަދަލުވެއްޖެވެ. މިހާރު ބެރުޖަހަމުންދަނީ އޭރުކީ ލަވައަކަށް ނޫނެވެ.

ދުވަހަކަށް ފަހު ދުވަހެއް ވެރިކަމުގެ ކަލަންޑަރުން އޮއްސެމުން ދާއިރު، ރައްޔިތުންގެ މޫނުމަރިން ފެންނަމުން ދިޔަ ހިނިތުންވުމާއި އުފާވެރިކަން ގެއްލި މިލާލައިފިއެވެ. އިތުބާރުގެވާފަށުން  އަތްދޫވެ އިސްޖަހާލައިފިއެވެ. ދައުރު އިއްދައިން ކެނޑެން ކައިރިވީމާ، ހިލަބާޖެއް ފަހަތުލައިގެން ރާއްޖެރޭ އެކިރަށްރަށަށް ވަޑައިގެން އަނެއްކާވެސް އިތުރުފުޅުތަކެއްހައްދަވައި ރައްޔިތުންގެ އިތުބާރު ހޯދުމަށް ކިޔެވެލިތައް ކިޔަވަން ފަށައިފިއެވެ. ހައިމާކުތައް ވެސް މުޢިއްޒުގެ ފަހަތުން ދުވަން ހަދައިހެން ވަރުބަލިވެ އެތިބީ ފައިވަޅުންހަންގޮސްފައެވެ.

ބޮޑުންގެ ތެރެއިން ވައްކަމާއި ކޮރަަޕްޝަންގެ އަމަލެއް ފެންމަތި ނުވާ ދުވަހަކަށް މިފަހަކުން މި ދިވެހި ރާއްޖެއަކަށް އިރެއް ނާރައެވެ. ޒިންމާދާރު މަގާމުތަކާއި، ތަންފީޒީ އިދާރާތަކާއި،ބޮޑު ސޯބުގެ ދަށުން އެނބުރޭ އެންމެހައި ކުދި ސޯބުތައް ކޮރަޕްޝަނުން ތަތްތެޅިއްޖެއެވެ. އޮޑީގައި ކޮއްތުމަސް ބަހާހެން، ބޮޑެތިބިޔަ ޕްރޮޖެކްޓްތައް ބިޑުކުރުމެއްނެތި ބާަހަނީއެވެ. އަމިއްލަ

މިލްކެއްފަދައިންނެވެ. ރާއްޖޭގެ މައިދޮރޯށިން އެތެރެކުރާ ވިހި ފޫޓު ސާޅިސްފޫޓު ކޮންޓައިނަރު ހުރިގޮތައް ހުއްޓާގެއްލެނީއެވެ. ފުލުސް އޮފީހުގައި ހުންނަ އަގުހުރި ތަކެތި،ފުލުހުންނަށް ވަގަށް ފުލުން ވަގަށް ނަގަނީއެވެ. އެމްއެންޑީއެފްގެ ބޭކަލުންނާއި ފުލުހުން ބޮޑެތި ބިޔަ ކުއްތަކަށް ފާޅުގައި އަރައިގަންނަނީއެވެ. އެމީހަކާއި އެމީހެކެވެ. ވަޒީރުންދަށުންދަމާ ކުޅެނީއެވެ. ގާޒީންގެ ޖީބުތަށް ރިޝްވަރުން ފުރިއްޖެއެވެ.

ދިރާސާކުރުމެެއް ރޭވުންތެރިކަމެއްނެތެވެ. ރީތިކޮށް ހެދިފައި ހުރި ގާނޫނާއި ގަވައިދުތައް ވިސްނުމެއްނެތި ގަޑުބަޑުކުރުމުގެ ސަބަބުން، އޭގެ އުނދަގޫތަކާއި ރައްޔިތުން މިވަނީކުރިމަތިލާން ޖެހިފައެވެ. ދުންފަތް ކޮންޓްރޯލް ކުރަން ހެދި ވާންޗޯ ގަވައިދުގެ ސަބަބުން  ރައްޔިތުން ބިޑިއަށް ތިރިވެއްޖެއެވެ. އަންބޮޑިއަށް ޑޮލަރު ލާންޖެހި މަޅިން، ޑޮލަރު ތާށިވެތަކެތީގެ އަގު އުފުލިއްޖެއެވެ. ޒަމާނުންސުރެ ޑޮލަރު ލިބެމުން ދިޔަ އެތަށްބަޔަކަށް އެމަގު ބަންދުކޮށްފިއެވެ. މުސާރަބޮޑު ކުރީ ވެސް އަމާކީތީ ފަރަށްދާ އުސޫލުންނެވެ. އިހުނަށްވުރެލިބޭމިންވަރު ނިސްބަތުން ވީ ކުޑައެވެ. ކާޑްލިމިޓު އިތުރުކޮށްފައި ޓްރާންސެކްޝަނުން އެބައި އަތުލާ ފަދަ ދޯހަޅި ގަވައިދުތަކަކީ މިސަރުކާރުގެ ވިސްނުމުގެ ޤާބިލިއްޔަތުކަން ހުރިމިންވަރު ހާމަވާނެ ސާފުހެއްކެކެވެ. މިއީ ޒައްރެކެވެ.

އޭ މިހިރަ ދިދަޔާއެވެ….. ދިވެހިން މާޔޫސްވެއްޖެވެ. ވައްކަމާއި ފަސާދަ އިންތިހާއެވެ. ދޮގާއި، މަކަރާއި، ހީލަތާއި، އޮޅުވާލުމުން ފުރިގެންވާ މިފަދަ އެހެން ދައުލަތެއް މީގެ ކުރިން ކަލޭދުށީމު ހެއްޔެވެ. މިލިޔުން ކިޔަމުން ދާއިރު ރުޅިވެރިކަމުގެ ނަޒަރަކުން މަށާދިމާއަށް ކަޅިއެއްލޭ ނަމަ، ތިބާއީ ކޮންމެވެސް ގޮތަކުން ފައިދާއެއް ނުވަތަ މަންފާއެއް މިސަރުކާރުން ލިބޭމީހުންގެ ތެރެއިން މީހެކެވެ. ރަނގަޅެވެއެއީ ޑިމޮކްރަސީއެވެ. އެމީހަކަށް ލިބެންޏާ އެއީ ރަނގަޅުވީއެވެ. ސަނާކިޔާފައި ބާރަށް އަތްޖަހާށެވެ.

👍 0❤️ 2🤗 0😂 0😮 0

ލިޔުންތެރިޔާގެ އިތުރު ލިޔުންތައް