Author: މިރޯ

އަޅުގަނޑަކީ ހައްދުންމަތީ ކައްދޫ އަބްދުއް ރަހުމާނުގެ ދަރި ޚަދީޖާ (ކަދީދަ) ގެ ދަރި އަބްދުﷲ ހުސެން (ރާބެ) ގެ ދަރި އިބުރާހިމް ރަޝީދުގެ ދަރި ޢަލީ އިބްރާހިމް އެވެ. އުފަންވީ 1989 ވަނަ އަހަރު ޖުލައި މަހުގެ 25 ވަނަ ދުވަހު އެ އަތޮޅު ދަނބިދުއަށެވެ. ކުރިން ކަޅައިދޫ ރައްވެއްސެކެވެ. ނަމަވެސް މިހާރު މިއަތޮޅު ގަމު ރައްވެއްސެކެވެ. ​ ހަޤީގަތެއްނެތް ޚިޔާލީ ލިޔުންތަކަށްވުރެ ހަޤީގަތާ ޚިލާފުނުވާ ލިޔުންތައް ލިޔުމަށް ލޯބިކުރަމެވެ. ތާރީޚާއި ސަޤާފަތާއި ބަހުގެ ލިޔުންތައް ލިޔުމަށް ޝަޢުގުވެރި ވެއެވެ.
  • އެއްޗެކޭ ބުނީމާ ގޯސްވާނީ ބުނާ މީހާއެވެ

    އިންސާނުންގެ ތަބީޢަތަކީ އަބަދުވެސް ތިމާގެ އަމިއްލަ ނަފްސަށް ތައުރީފު ލިބުމަށް އެދުމެވެ. ތިމާ ކުރާ ކަންކަމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކި، އެހެން މީހުންގެ ފަރާތުން އެކަމަށް ތާއީދު ބޭނުންވުމެވެ. ނަމަވެސް، މުޖުތަމަޢެއްގައި އުޅޭއިރު އެކަކު ކުރާ ކަންކަމުގައި ހުންނަ ނުރަނގަޅު ސިފަތައް ފާހަގަކޮށް، އެކަންކަން އިޞްލާޙު ކުރުމަށް ނަޞޭޙަތްތެރިވާނެ ބަޔަކު ތިބުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެހެނަސް، މިއަދުގެ ހަޤީޤަތަކީ ކިތަންމެ ހެޔޮ ނިޔަތެއްގައި އެއްޗެކޭ ބުނި ކަމުގައި ވިޔަސް، އެ ބުނާ އެއްޗަކީ…

  • ގަމު ކައުންސިލުގެ ރައީސަކަށް ”ނިޒޭ“ ހޮވަންޖެހޭ ބައެއް ސަބަބުތައް

    ކޮންމެ ރަށެއްގެވެސް ތަރައްޤީއާއި ކުރިއެރުން ބިނާވެފައިވަނީ އެ ރަށެއްގެ ހިންގުމުގެ އިސް ސަފުގައި ތިއްބަވާ ބޭފުޅުންގެ ހަރުދަނާކަމާއި، ޤާބިލުކަމުގެ މައްޗަށެވެ. ލ. ގަމު ކައުންސިލުގެ ރައީސްކަމުގެ މަޤާމަށް މުހައްމަދު ނިޡާމް (ނިޒޭ) ހޮވަންޖެހޭ ސަބަބުތަކަކީ ކޮބައިތޯ ބަލާލަމާ ހިނގާށެވެ. ކުރުގޮތަކަށް މި ލިޔުމުގައި އަޅުގަނޑު އަލިއަޅުވާލާފައި ވާނީ ނިޡާމުގެ އެކުވެރިންނާއި ދަންނަ މީހުން ނިޡާމު ސިފަކުރާ ގޮތުގެމައްޗަށެވެ. އަމާޒަށް ވާސިލްވުމުގެ ވަރުގަދަ އަޒުމް ނިޡާމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ އޭނާގެ ކިބައިގައި ހުންނަ ހަރުދަނާ އަޒުމެވެ….

  • ޅެމުން ފަރުވާ ހޯދިދާނެތަ؟

    ޅެމަކީ އިންސާނާގެ ހިތުގެ އެންމެ ފުނުގައިވާ އިހުސާސްތައް ލަފުޒުތަކުން ކުރަހައިދޭ ރީތި ތަސްވީރެކެވެ. އަދަބިއްޔާތުގެ މި މުއްސަނދި ފަންނަކީ ހަމައެކަނި މުނިފޫހިފިލުވުމަށް އޮތް އެއްޗެއް ނޫނެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ’ޕޮއެޓްރީ ތެރަޕީ‘ ނުވަތަ ޅެމުން ފަރުވާ ހޯދުމަކީ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ބޭނުންކުރާ ވަރަށް މުހިންމު ވަސީލަތެކެވެ. މިއީ އިންސާނާގެ ނަފްސަށް ދިމާވާ އެކި ކަހަލަ ގޮންޖެހުންތަކުން އަރައިގަތުމަށް މަގުފަހިކޮށްދޭ ކަމެކެވެ. ޅެމުން ފަރުވާ ހޯދޭނެ ތަފާތު ގޮތްތައް ޅެމުން ފަރުވާ ހޯދުމުގައި މައިގަނޑު ތިން ގޮތެއް…

  • އަހަރެމެން ދައްކާ ވާހަކަ ފޭސްބުކުން އަޑުއަހާތަ؟

    މިއީ އަހަރެމެންގެ ތެރޭގައި ވަރަށް އާންމު ކަމެކެވެ. ރައްޓެއްސަކާ އެކު މަސްބާނާ ސާމާނާ ބެހޭގޮތުން ނުވަތަ އާ ފޯނަކާ ބެހޭގޮތުން ނޫންނަމަ އެނޫން ވެސް ކަމަކާއި ބެހޭގޮތުން ވާހަކަދައްކާލާ ފަހުން، އެދުވަހުގެ ވަގުތެއްގައި ފޭސްބުކުން އެ އެއްޗަކާ ގުޅޭ އިޝްތިހާރުތައް އަހަރެމެންނަށް ދައްކަން ފަށައެވެ. މިއާއެކު އެންމެ ފުރަތަމަވެސް ހިތަށް އަރާ ސުވާލަކީ: ”މިމީހުން އަހަރެން ދައްކާ ވާހަކަ އަޑުއަހަނީ ހެއްޔެވެ؟“ ފޭސްބުކުން ސިއްރުން ފޯނުތަކުގެ މައިކްރޯފޯން ބޭނުންކުރަނީ ކަމަށް ހީވިޔަސް، މީގެ ޖަވާބު މިއަށްވުރެ މާ…

  • ހިލޭ އެހީދޭ ޖަމިއްޔާ ޖަމާއަތްތައް މޮނީޓަރ ކުރަން ޖެހޭ

    ހިލޭ އެހީ ދޭ ޖަމިއްޔާ ޖަމާއަތްތަކަކީ މުޖުތަމަޢަށް ވަރަށް ބޮޑެތި ފައިދާތަކެއް ކޮށްދޭ މުހިންމު ބައިތަކެކެވެ. ޚާއްސަކޮށް ގުދުރަތީ ކާރިސާތަކާއި، ހަނގުރާމަތަކާއި، އަދި އިޖުތިމާޢީ އެކި މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި މިފަދަ ޖަމިއްޔާތަކުގެ ދައުރު ބޮޑެވެ. ނަމަވެސް، ރައްޔިތުންގެ އަތުން ނަގާ ފައިސާގެ ބޭނުން ހިފާ ގޮތް ސާފުކޮށް، ދެފުށްފެންނަ ގޮތަކަށް މި ޖަމިއްޔާތައް ހިންގުމަކީ ލާޒިމު ކަމެކެވެ. އެހެންކަމުން، މި ޖަމިއްޔާތައް މޮނީޓަރ ކުރުމުގެ މުހިންމުކަމާއި، އެކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ މައްޗަށް މި މަޒުމޫނުގައި އަލިއަޅުވާލާނަމެވެ….

  • ބުރޭކިން: ލ. ގަމު ފެނަކަ އިންޖިނުގޭގައި އަލިފާން ރޯވެއްޖެ

    ލ. އަތޮޅު ގަމުގައި ހުންނަ ފެނަކަ ކޯޕަރޭޝަންގެ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިންޖީނުގޭގައި ހުރި ޖަނަރޭޓަރެއްގައި އަލިފާން ރޯވުމުގެ ސަބަބުން، އެތަނުގައި ހުރި ތެޔޮ ޓޭންކްތަކުގައި ވެސް ވަނީ އަލިފާން ހިފާފައެވެ. އަލިފާންގަނޑު ވަރަށް ބޮޑުވެ، އިންޖީނުގޭގެ ވަރަށް ބޮޑު ބަޔަކަށް ގެއްލުންތަކެއް ލިބުނު ކަމަށް ރަށުގެ ރައްޔިތުން ބުނެއެވެ. އަލިފާނުގެ ހާދިސާ ހިނގުމާއެކު، ގަމުގެ މުޅި ސަރަހައްދުން ކަރަންޓް ކެނޑިގެން ދިޔައެވެ….

  • ގަމު ކައުންސިލާޢީ ޑޯ އެންޑު ކޯ ގުޅިގެން ޕޭސްޓްރީކޯހެއް ހިންގަނީ

    ގަމު ކައުންސިލާއި ޑޯ އެންޑު ކޯ ގުޅިގެން، ރަށުގެ ރައްޔިތުންނަށް އަމާޒުކޮށް ގެން ބާއްވާ ޕޭސްޓްރީ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ކޯހަކީ ފަރުދުންގެ ހުނަރު ތަރައްޤީކޮށް، އާމްދަނީ ހޯދުމުގެ މަގު ފަހިކޮށްދިނުމުގެ މަޤްސަދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯހެކެވެ. މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ޕޭސްޓްރީ ހެދުމުގެ އަސާސީ ހުނަރުތަކާއި، އެކި ބާވަތްތަކުގެ ޕޭސްޓްރީ…

  • ތަނެއް އިސްލާހު ކުރެވޭނީ ހަރުދަނާ މީހަކަށް

    ތަނެއް ތަނަކަށް ވެގެން ދަނީ ހަމަ ހުރެފައެއް ނޫނެވެ. މީހަކަށް ވާފަދަ ހަރުދަނާ މީހެއްގެ ރޭވުންތެރިކަމާއި  ނުހަނު ބުރަ މަސައްކަތުންނެވެ. ގެއެއް، އޮފީހެއްނުވަތަ ސުކޫލެއް ކަމުގައި ވިޔަސްމެއެވެ. ޖަމިއްޔާ ޖަމާއަތެއް ކަމުގައި ވިޔަސްމެއެވެ. އަމުދުން ކަންކަން ބޮއްސުންލާފައި އޮތް ތަނެއް ނަމަ އެތަނެއްރަނގަޅު ކުރުމަށް ނިކަން ހަރުދަނާ، ރޭވުންތެރި، ކަމަށް ޤަބިލު މީހަކު ބޭނުންވެއެވެ. އެއްވެސް މީހަކު މިކަމާއި ދެބަސް ނުވާނެކަމުގައި ޔަގީންކުރަމެވެ. ސިޔާސީ އިސްމަގާމުތަކަށް އިންތިހާބުވާ މީހުންނަކީ ފިސާރި ހަރުދަނާ ބަޔަކަށް ވާން ޖެހޭނެއެވެ. ދުނިޔެއަށް…

  • ދިރިއުޅެވޭނީ ޝަކުވާ އެއްފަރާތް ކޮށްގެންނެވެ.

    ދުނިޔޭގެ ދިރިއުޅުމުގައި ދިވާމާ ކޮންމެ ކަމާއިމެ ޝަކުވާކުރުމަކީ އަހަރެމެންގެ ތެރެއިން ވަރަށް ގިނަބަޔަކު ގަޔާޖައްސައިގެން ކުރާހިތުން ކުރަމުން އަންނަ ކަމެކެވެ. މީހަކު ނުވަތަ ބަޔަކު ކުރާ ކޮންމެ ކަމަކުން، ފެންނަ ކޮންމެ މަންޒަރަކުން، ހިތްހަމަނުޖެހޭ ނުވަތަ ހިތްޕުޅާނުވާ ކޮންމެވެސް ކަމެއް އަބަދުވެސް އެމީހުން ހޯދާނެއެވެ. ގުދުރަތީގޮތުން ދިމާވާ ކަންކަމުގެ ސަބަބުން ކުރިމަތިވާ ދަތިއުނދަގުލެއް ކަމުގައި ވީ ނަމަވެސް ކޮންމެވެސް މީހަކަށް އެކަން މަތިކުރެއެވެ. އުމުރުން ދުވަސް ވާވަރަކަށް ދާވަރަކަށް، މިކަން އާދަވެ ހުއްޓާއިނުލެވޭވަރަށް ކަށީގާއިހިފައެވެ. އެހިސާބުން އެއީ…

  • ކޮރަޕްޝަނާއި ފަސާދަ މުޢިއްޒު ވަށާ ނަށަނީ

    ދިވެހި ރައްޔިތުން ވެެރިކަމުގެ ތާޖު މުޢިއްޒުއާއި ހަވާލު ކުރީ ނުހަނު އިތުބާރު ކޮށްފައެވެ. އިބްރާހީމުގެ ސަރުކާރުގައި ހުރި ފޫނުބެދޭ ކަންކަމާއި ރައްޔިތުންނަށް ކަމުނުދާ ކަންކަންރަނގަޅުކޮށްދީ ހަމަމަގަށް އަޅުވާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީން ކަމާއިއެކުގައެވެ. ނަމަވެސް ވެރިމުގެ ތާޖު އެޅި ހިސާބުން މުޢިއްޒުގެ ރާގު ބަދަލުވެއްޖެވެ. މިހާރު ބެރުޖަހަމުންދަނީ އޭރުކީ ލަވައަކަށް ނޫނެވެ. ދުވަހަކަށް ފަހު ދުވަހެއް ވެރިކަމުގެ ކަލަންޑަރުން އޮއްސެމުން ދާއިރު، ރައްޔިތުންގެ މޫނުމަރިން ފެންނަމުން ދިޔަ ހިނިތުންވުމާއި އުފާވެރިކަން ގެއްލި މިލާލައިފިއެވެ. އިތުބާރުގެވާފަށުން  އަތްދޫވެ…