ގަމު ކައުންސިލާޢީ ޑޯ އެންޑު ކޯ ގުޅިގެން ޕޭސްޓްރީކޯހެއް ހިންގަނީ

ގަމު ކައުންސިލާއި ޑޯ އެންޑު ކޯ ގުޅިގެން، ރަށުގެ ރައްޔިތުންނަށް އަމާޒުކޮށް ގެން ބާއްވާ ޕޭސްޓްރީ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ކޯހަކީ ފަރުދުންގެ ހުނަރު ތަރައްޤީކޮށް، އާމްދަނީ ހޯދުމުގެ މަގު ފަހިކޮށްދިނުމުގެ މަޤްސަދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯހެކެވެ.

މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ޕޭސްޓްރީ ހެދުމުގެ އަސާސީ ހުނަރުތަކާއި، އެކި ބާވަތްތަކުގެ ޕޭސްޓްރީ ތައްޔާރުކުރުމުގެ އަމަލީ ތަޖުރިބާ ބައިވެރިންނަށް ލިބިގެންދާނެއެވެ. މި ކޯހަކީ ކެއްކުމުގެ ދާއިރާއިން އަމިއްލަ މަސައްކަތެއް ފެށުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކޯހެއް ކަމަށް ކައުންސިލުން ވިދާޅުވެއެވެ.

މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ނަންނޯޓު ކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ. ނަންނޯޓު ކުރުމުގެ ސުންގަޑިއަކީ 6 ޑިސެމްބަރު 2025 ވާ ހޮނިހިރު ދުވަހުގެ 12:00 ކުރިންނެއެވެ. ބައިވެރިވުމަށް އެދޭ ފަރާތްތަކުން 9384391 އަށް ގުޅުއްވައިގެން ނަންނޯޓު ކުރެއްވުމަށް ކައުންސިލުން އިލްތިމާސް ކުރައްވައެވެ.

ގަމު ކައުންސިލުން ވިދާޅުވީ މިފަދަ ހުނަރުވެރި ކޯސްތައް މެދުވެރިކޮށް ރަށުގެ އިޤްތިޞާދީ ހަރަކާތްތައް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މި ކޯހަކީ ރައްޔިތުންނަށް ފައިދާހުރި ތަމްރީނުތަކެއް ފޯރުކޮށްދިނުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ. ކައުންސިލާއި ޑޯ އެންޑު ކޯ ގުޅިގެން ބާއްވާ މި ކޯހަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުންމީދު ކުރެއެވެ.

👍 0❤️ 0🤗 0😂 0😮 0

ލިޔުންތެރިޔާގެ އިތުރު ލިޔުންތައް