ރޭގެ ވަގުތެއްގައި ލ.ގަމު ތުނޑީ އަވަށު މަސްކައްކާ ސަރަހައްދުގައި ހުރި މަސްކައްކާ ބަދިގެއަކަށް ވަދެ، ދުމައްޓަކުން ވަގަށް ހިކިމަސް ނެގި ދެމީހަކު ހޯދުމަށް އާންމު ފަރާތަކުން ފޭސްބުކް މެދުވެރިކޮށް އިޢުލާނުކޮށްފިއެވެ. މިދެމީހުން މަސްނަގާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީ މިޕޯސްޓާއިއެކު ހިއްސާކޮށްފައެވެ. ނަމަވެސް، މި މައްސަލަ ރަސްމީކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާކަމާއި، ވަގަށް ނެގި މަހުގެ އަދަދު ސާފުކޮށް އެނގޭކަށް ނެތެވެ
އާންމުކުރެވުނު ވީޑިއޯ އިން ފެންނަ ގޮތުގައި، ދެމީހުން ވަނީ ރޭގެ އަނދިރީގައި މަސްކައްކާ ސަރަހައްދަށް ވަދެ، ދުމަށީގައި ހިއްކަން ބަހައްޓާފައި ހުރި ވަޅޯމަސްތަކުން މަސް ވަގަށް ނަގާފައެވެ. މި ދެމީހުންގެ އަމަލުތައް ސީސީޓީވީ ކެމެރާއެއްގައި ރެކޯޑުކުރެވިފައެވެ.
https://www.facebook.com/share/v/1AGAbZkZXX/?mibextid=WC7FNe

މި ދެމީހުން ދަންނަ ފަރާތެއް ވާނަމަ ނުވަތަ އެއްވެސް މީހަކު ވަޅޯމަސް ވިއްކަން އުޅުނުކަން އެނގޭ ފަރާތެއް ވާނަމަ، ލަސްނުކުރއަންގާލަދިނުމަށް ވެސް އެޕޯސްޓްގައިވެއެވެ.

މިފަދަ ކުށްތައް ހުއްޓުވުމަށް، މަސްހިއްކާ ސަރަހައްދުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ މުހިންމުކަން މި ހާދިސާއިން ފާހަގަވެގެންދެއެވެ. އަދި ލަސްނުކުރައްވާ މިފަދަ މައްސަލަތައް ރަސްމީ ފަރާތްތަކަށް ހުށަހަޅަންވާނެއެވެ.

