ގަދަ ފިނީގައި ޣައްޒާގެ ތުއްތުކުދިން ޝަހީދުވަނީ
ފަލަސްތީނުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުރާސްފަތި ދުވަހު ނެރެފައިވާ ރިޕޯޓުގައިވާ ގޮތުގައި، މިދިޔަ ހަފްތާގައި ޣައްޒާއަށް އާއި ތޫފާނުގައި ގަދަވަޔާ ވިއްސާރާއިގެ ސަބަބުން ބައެއް ގެތައް ވެއްޓުމުންނާއި، ފިނީގެ ސަބަބުން 20 މީހަކު ނިޔާވެފައިވެއެވެ. މީގެތެރޭގައި ގަދަ ފިނީގެސަބަބުން ނިޔާވި ތުއްތު 5 ކުދިން ހިމެނެއެވެ. ސިވިލް ޑިފެންސްގެ ތަރުޖަމާން މަހްމޫދު ބަސަލް ވިދާޅުވީ، އިޒްރޭލުގެ އަނިޔާވެރިކަމުގެ ސަބަބުން ގެދޮރުގެއްލިފައިވާ މީހުން ދިރިއުޅެމުންދާ ޓެންޓުތަކުގެ %90 އިންސައްތަ ޓެންޓަށް ވަނީ ފެންވަދެފައެވެ. ކަންބޮޑުވާ ޢަދަދަކަށް އާއިލާތައް ވަނީ ހިޔާވަހިކަމެއްނެތި…

