އެމެރިކާގެ ރިޕަބްލިކަނުން އިޒްރޭލާ ދެކޮޅަށް

 އިޒްރޭލުގެ އަނިޔާވެރި ސިޔާސަތަށް އެންމެ ބޮޑަށް އެއްބާރުލުންދޭ އެމެރިކާގެ ރިޕަބްލިކަނުން އިޒްރޭލާ ދެކޮޅަށް

 ޔޫގަވް އިން އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ މެދުގައި ނެގި ޚިޔާލު ހޯދުމުގެ ވޯޓުން ދައްކާ ގޮތުގައި، ޕާޓީގެ ކޮންމެ 4 މީހަކުން 3 މީހުން ބުނަނީ އިޒްރޭލަށް ކުރާ ޚަރަދު ހުއްޓާލާ އެމެރިކާގެ ސިއްހީނިޒާމު ރަނގަޅުކުރުމަށް އެފައިސާއިން އިސްކަންދިނުން މާރަނގަޅު ކަމަށެވެ.

ޔޫގަވްގެ އައިއެމްއީޔޫ ޕޮލިސީ ޕްރޮޖެކްޓުން ކުރި މި ޚިޔާލު ހޯދުމުން ދައްކާ ގޮތުގައި، ޣައްޒާގައި ހިނގަމުންދާ ނަސްލު ނައްތާލުމުގައި އެމެރިކާއިން އިޒްރޭލަށް ތާއީދުކުރާތީ ރިޕަބްލިކަން ޕާޓީގެ މެދުގައި ވަނީ ވަރަށް ބޮޑު ބައިބައިވުމެއް އުފެދިފައެވެ.

ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ ތެރެއިން 45 އަހަރުން ދަށުގެ %65 މެންބަރުން ބުނެފައިވަނީ އިޒްރޭލަށް މިހާރުކުރާ ހޭދަ އެމެރިކާގެ ޑޮމެސްޓިކް ޕްރޮގްރާމްތަކަށް ރީޑައިރެކްޓް ކުރުމަށް ތާއީދުކުރަން ޖެހޭ ކަމަށެވެ.

ރިޕަބްލިކަން ޕާޓީގެ ޒުވާން ވޯޓަރުންގެ ތެރެއިން %74 މީހުން ބުނެފައިވަނީ، އެމެރިކާގެ ޓެކްސް ފައިސާ އިޒްރޭލަށް ޚަރަދު ކުރުމުގެ ބަދަލުގައި އެމެރިކާގައި ގެދޮރު ނެތް މީހުންނަށް ގެދޮރު އަޅައިދިނުމަށާއި، ސްކޫލްތައް ބިނާކުރުމަށާއި، ކާބޯތަކެތީގެ ޕްރޮގްރާމްތަކަށް ހޭދަކުރުމަށެވެ.

މި ސާރވޭގެ ބައިވެރިން ވަނީ އެމެރިކާއިން އިޒްރޭލަށް ދޭ އަސްކަރީ އެހީ ބޮޑުވުމުގެ ނުތަނަވަސްކަން ފާޅުކޮށްފައެވެ. މިހާރު އެމެރިކާއިން އިޒްރޭލަށް 10 އަހަރުތެރޭ ދޭން ކަނޑައަޅާފައިވާ 38 ބިލިއަން ޑޮލަރުގެ ހަތިޔާރުގެ އެއްބަސްވުން އާކުރުމާ %53 މީހުން ދެކޮޅު ހަދައެވެ.

ވޯޓްގެ ނަތީޖާއަށް ބުރަވާއިރު، ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ ތެރެއިން ޒުވާނުންނާއި އުމުރުން 40 އަހަރުން ދަށުގެ މެންބަރުންގެ މެދުގައި އިޒްރޭލަށް މިހާރު ކުރަމުންދާ ހޭދަ ހުއްޓާލަންޖެހޭ ކަމުގެ ވިސްނުން އިތުރުވަމުންދާތީ، މިއީ އިޒްރޭލާއެކު އެމެރިކާ މުސްތަޤްބަލުގައި ދެމި އޮންނާނެ ކަމާމެދު ސުވާލު އުފެދޭ ކަމެއްކަން ޔޫގަވްއިން ވަނީ ފާހަގަކޮށްފައެވެ.

👍 1❤️ 0🤗 0😂 0😮 0

ލިޔުންތެރިޔާގެ އިތުރު ލިޔުންތައް