ލައިފްސްޓައިލް

  • އެއްޗެކޭ ބުނީމާ ގޯސްވާނީ ބުނާ މީހާއެވެ

    އިންސާނުންގެ ތަބީޢަތަކީ އަބަދުވެސް ތިމާގެ އަމިއްލަ ނަފްސަށް ތައުރީފު ލިބުމަށް އެދުމެވެ. ތިމާ ކުރާ ކަންކަމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކި، އެހެން މީހުންގެ ފަރާތުން އެކަމަށް ތާއީދު ބޭނުންވުމެވެ. ނަމަވެސް، މުޖުތަމަޢެއްގައި އުޅޭއިރު އެކަކު ކުރާ ކަންކަމުގައި ހުންނަ ނުރަނގަޅު ސިފަތައް ފާހަގަކޮށް، އެކަންކަން އިޞްލާޙު ކުރުމަށް ނަޞޭޙަތްތެރިވާނެ ބަޔަކު ތިބުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެހެނަސް، މިއަދުގެ ހަޤީޤަތަކީ ކިތަންމެ ހެޔޮ ނިޔަތެއްގައި އެއްޗެކޭ ބުނި ކަމުގައި ވިޔަސް، އެ ބުނާ އެއްޗަކީ…

  • ދިރިއުޅެވޭނީ ޝަކުވާ އެއްފަރާތް ކޮށްގެންނެވެ.

    ދުނިޔޭގެ ދިރިއުޅުމުގައި ދިވާމާ ކޮންމެ ކަމާއިމެ ޝަކުވާކުރުމަކީ އަހަރެމެންގެ ތެރެއިން ވަރަށް ގިނަބަޔަކު ގަޔާޖައްސައިގެން ކުރާހިތުން ކުރަމުން އަންނަ ކަމެކެވެ. މީހަކު ނުވަތަ ބަޔަކު ކުރާ ކޮންމެ ކަމަކުން، ފެންނަ ކޮންމެ މަންޒަރަކުން، ހިތްހަމަނުޖެހޭ ނުވަތަ ހިތްޕުޅާނުވާ ކޮންމެވެސް ކަމެއް އަބަދުވެސް އެމީހުން ހޯދާނެއެވެ. ގުދުރަތީގޮތުން ދިމާވާ ކަންކަމުގެ ސަބަބުން ކުރިމަތިވާ ދަތިއުނދަގުލެއް ކަމުގައި ވީ ނަމަވެސް ކޮންމެވެސް މީހަކަށް އެކަން މަތިކުރެއެވެ. އުމުރުން ދުވަސް ވާވަރަކަށް ދާވަރަކަށް، މިކަން އާދަވެ ހުއްޓާއިނުލެވޭވަރަށް ކަށީގާއިހިފައެވެ. އެހިސާބުން އެއީ…

  • ޒަމާނުގެ ލޮލުކޮޅުން ފެނުނު އަމާންކަން ގެއްލިއްޖެއެވެ.

    މުޖުތަމަޢު ބަދަލުވަމުން އަންނަނީ އަބަދުވެސް ޒަމާނާއެކުގައެވެ. ކުރީ ޒަމާނުގައި ދިރިއުޅުން އޮތް ގޮތާއި، މިއަދުގެ ދިރިއުޅުމާ ދެމެދު ވަރަށް ބޮޑެތި ތަފާތުތަކެއް ހުރެއެވެ. ޒަމާނުގެ ލޮލުކޮޅުން ފެންނަން އޮތް، ކުރީގެ މުޖުތަމަޢުތަކުގައި އޮތް އެކުވެރިކަމާއި، އަމާންކަމާއި، ތެދުވެރިކަން މިއަދު މިވަނީ ގެއްލިފައެވެ. މި ބަދަލުތަކުގެ ސަބަބުން މުޖުތަމަޢުގެ އަސާސީ ރޫޙަށް ވަރަށް ބޮޑު އަސަރުތަކެއްކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެޒަމާނުގައި ރަށްރަށާއި އަވަށްޓެރިންގެ މެދުގައި ނުހަނު ގާތް ގުޅުމެއް ބަދަހިވެފައި އޮވެއެވެ. އެކަކު އަނެކަކަށް އެހީތެރިވެ، އުފަލާއި ހިތާމައިގައި ބައިވެރިވެއެވެ….

  • ފާއިތުވެ ދިޔަ ކަންކަމާއި މެދު ނުވިސްނާށެވެ.

    އިންސާނާގެ ދިރިއުޅުމަކީ ވަގުތުގެ މިނާރުގައި ދައުރުވަމުންދާ ދަތުރެކެވެ. މި ދަތުރުގައި އަހަރެމެންނަށް އުފާވެރިކަމާއި، ހިތާމަޔާއި، ނާކާމިޔާބީތަކާއި، ކާމިޔާބީތައް ދިމާވެއެވެ. މި ހުރިހާ ކަމެއްގެ ތެރެއިން އެންމެ ބޮޑަށް އަހަރެމެންގެ ހިތްތަކަށް ބުރަ ބޮޑުކުރާ އެއް ކަމަކީ ފާއިތުވެ ދިޔަ ކަންކަމާއި މެދު ވިސްނުމެވެ. ދިރިއުޅުމުގައި ކުރިއަށް ދިއުމަށްޓަކައި، ފާއިތުވެ ދިޔަ ކަންކަމުގެ ހަނދާންތަކުން ސަލާމަތްވެ، މިހާރުގެ ވަގުތަށް ސަމާލުކަން ދިނުމަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް މުހިންމު ކަމެކެވެ. ފާއިތުވެ ގޮސްފައިވާ ކަންކަމަކީ ބަދަލުކުރެވޭނެ އެއްޗެއް…

  • ނަފުސު ހަރުދަނާ ކުރުމަށް ’ނޫނެކޭ‘ ބުނަން ދަސްކުރާށެވެ.

    ބުނަން ޖޭހޭ ހާލަތުގައި ނޫނެކޭ ބުނުމަކީ ކޮންމެހެން ކުރަން ޖެހޭކަމެއް ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އެހެން ނަމަވެސް މިފަދަ ދަނޑިވަޅުތަކުގައި ނޫނެކޭ ބުނުމަށްވުރެ ހިތާ ދެކޮޅަށް އާނއެކޭ ބުނެވެނީ ކީއްވެގެން ހެއްޔެވެ؟ ތިމާ ބޭނުން ވާ ގޮތާއި ޚިލާފަށް ނިންމޭ މިފަދަ ނިންމުންތަކުގެ ސަބަބުން ހިތުގެ ހަމަޖެހުން ގެއްލި އަމިއްލަ ވަންތަކަން ކުޑަކަމުގެ އިހުސާސް ހަމަ ކޮންމެ މީހަކަށް ވެސް ކުރެވޭނެއެވެ. އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް ނޫނެކޭ ބުނުމަކީ ވަރަށް އުނދަގޫ ކަމެކެވެ….

  • ކޮފީ ބޮއެގެން ބަނޑު ހިނދޭތަ؟

    ދުނިޔޭގެ އެންމެ މަޝްހޫރު އެއް ބުއިމަކީ ކޮފީއެވެ. ކޮފީއަކީ ދިވެހީންގެ ތެރޭގައި ވެސް މަގުބޫލު ބުއިމެކެވެ. އެހެންކަމުން ކޮފީ ބޮއެގެން ބަނޑޫ ހިނދޭ ކަމަށް ދެކެވޭ ވާހަކަތަކުގެ ޙަޤީޤަތާއި، ކޮފީގެ ފައިދާތަކާއި ގެއްލުންތައް އަދި ބޯން ޖެހޭ މިންވަރާރު ދެނެގަތުމަކީ މުހިންމު ކަމެކެވެ. ކޮފީއަކީ ހަމައެކަނި ހެނދުނު ހިތްހަމަޖައްސާލުމަށް ބޯ އެއްޗެއް ނޫނެވެ. ކޮފީގައި ހިމެނޭ މައިގަނޑު އެއް މާއްދާއަކީ ކެފެއިން ކަމުގައި ވިޔަސް، އޭގައި އެންޓިއޮކްސިޑެންޓްސް (Antioxidants) ގިނަ އަދަދަކަށް ހުރެއެވެ. މި އެންޓިއޮކްސިޑެންޓްސްތަކުގެ ސަބަބުން ހަށިގަނޑުގެ…

  • އުފާވެރި ދިރިއުޅުމެއްގެ ސިއްރު

    އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ހިނދެއްގައިވެސް، ހިތްހަމަޖެހުމާއި އުފާވެރިކަން ހޯދުމަށް މަސައްކަތްކުރަމުއެވެ. އެހެންކަމުން، އުފާވެރިކަމަކީ ކޮބައިކަން ދެނެގަނެ، އެކަން ހާސިލުކުރުމަށް ކުރެވިދާނެ ކަންތައްތަކަށް ބަލާލަމާ ހިނގާށެވެ. ފުރަތަމަ ކަމަކަށް، އުފާވެރިކަމަކީ ކޮބައިކަން ދެނެގަންނަން އެބަ ޖެހެއެވެ. އުފާވެރިކަމަކީ ހަމައެކަނި ވަގުތީ އުފަލެއް ނޫނެވެ. އެއީ ހިތްހަމަޖެހުމާއި، ދިރިއުޅުމުގެ މަޤްޞަދުތައް ފުރިހަމަވުމުގެ އިޙްސާސެވެ. އެއީ ހާލަތުތައް ކިތަންމެ ދަތި ނަމަވެސް، ހިތްތިރިކަމާއި ޝުކުރުވެރިކަމާއެކު ދިރިއުޅުމާ ކުރިމަތިލުމުގެ ޤާބިލިއްޔަތެވެ. އުފާވެރިކަމަކީ އިންސާނާގެ ބޭރުފުށުގެ ސިފައެއް ނޫނެވެ؛ އެއީ އިންސާނާގެ ހިތުތެރޭގައި އުފެދޭ، ހަމަޖެހުމެކެވެ….

  • މިއީ ތަކުރާރުވާ ހުވަފެނެކެވެ.

    މާލޭގައި އުޅުމަށްފަހު ހައްދުންމަތީ ގަމަށް ޢަލީ ދިޔައީ ހިތްހަމަ ޖައްސާލުމަށެވެ. ނަމަވެސް ޢަލީގެ މަންމަ ހޮސްޕިޓަލުގައި ބަލިބެ އޮތް ޚަބަރުވެގެން، އަވަސްވެގަތީ ހޮސްޕިޓަލަށް ވަދެލަން ދާށެވެ. މަންމަ އެނދުމަތި ކުރެވިފައިވާ ކޮޓަރިއަށް، ޢަލީ ވަންއިރު އެތަނުގައި އަލީގެ އަންހެނުންނާއި މައިދައިތަވެސް އިނެވެ. އެއިރު އަލީގެ އަންހެނުން އިނީ ކޮންމެވެސް އެއްޗެއް ކާށެވެ. ޢަލީ ފެނުނު ވަގުތާއިއެކީ އާފަލު ކޮޅެއް ގަނެދިނުމަށް އަންހެނުން އެދުނެވެ. އެހިނދު ޢަލީ ‎ބުންޏެވެ. ”ތިޔައީ އަރައިގެން އުޅޭ ފޯރިގަނޑެއް. ގަނެދިނަކަސް ނުކާނެ. އެކަމަކު…

  • ގޯހީ އިސްތަށި ގަނޑެއް ނޫނެވެ. ތިބާގެ ވިސްނުމެވެ.

    ތަރައްގީ ކުރަންވީ ސިކުޑިތަކެވެ. ބަދަލު ކުރަންވީ ވިސްނުންތަކެވެ. ދުނިޔޭގެ ދިރިއުޅުން ވޭތިކުރަމުން ދާއިރު އާންމު ދިރިއުޅުމުގައި ގިނަ މީހުންނަކީ އަމިއްލަ ވަންތަކަމަށް ލޯބި ކުރާ ބައެކެވެ. އެކި މީހުންނަށް ރީތިވަނީ އެކި ގޮތެވެ. އެކި ކުލައެވެ. މި އުސޫލަކީ އިންސާނުންގެ ތެރޭގައި އަބަދުވެސް އޮންނަ އުސޫލެކެވެ. ހިފާ ގެންގުޅޭ ތަކެތިންފެށިގެން ގޮސް ކުރާ ހުރިހާ ކަމެއްގައިވެސް އެކި މީހުންނަށް ކަމުދަނީ އެކި ގޮތްތަކެވެ. ދިވެހި ރާއްޖޭގެ ގިނަ ޒުވާނުން ތެރޭގައި ބޮލުގެ އިސްތަށިގަނޑު ދިގުކުރުން ވެފައި މިއޮންނަނީ…

  • އެ މާ ނުބިނދެވުނު ނަމަ…

    އެމާ ނުބިނދެވުނު ނަމައެވެ. އަހަރެންގެ ހިތަށް އަރައެވެ. އަހަރެންގެ ޙަޔާތުން އެތައް ވަގުތެއް އެ މާ ބިނުމަށްޓަކައި ހޭދަ ކުރީމެވެ. އެ ގަހުގެ ކަށިތަކުގެ ޝިކާރައަކަށް ވެވި ދެއަތާއި މި ހިތް އެތައް ފަހަރަކު ޒަޚަމް ވިއެވެ. އެހެނަސް ޝަކުވާ ކުރުމެއް ނެތި ރެއާއި ދުވާލު އެ މަލަށްޓަކައި ފާރަވެރި ވީމެވެ. ލިބިދާނެ ގެއްލުމަކުން ހިމާޔަތް ކުރުމުގައި ދެމިހުރީމެވެ. ކިޔެވި ކިޔެވެއްޔެއްގެ މޮޅުކަމާއި އަހަރެންގެ ހުނަރުވެރިކަމުގެ ނަތީޖާ އަކަށްވީ އެމާ އަހުރެނަށް ހާޞިލްވުމެވެ. އެމާ ބިނދެވުމެވެ. އަމިއްލަވަންތަ…