ޕީއެންސީ ޕްރައިމަރީ: ގަމު ކައުންސިލް ރައީސްގެ ޓިކެޓު ޕީއެންސީން އަރީފް ކާމިޔާބުކޮށްފި
2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީގެ ވޯޓުލުން ނިންމާލައިފިއެވެ. ލާމު އަތޮޅުގެ ތިން ރަށެއްގައި ބޭއްވި މި އިންތިޚާބުގެ ތެރެއިން ގަމު ކައުންސިލްގެ ރައީސް ކަމުގެ ޓިކެޓް ކާމިޔާބުކުރައްވާފައިވަނީ މުޙައްމަދު އަރީފެވެ. ކައުންސިލް ރައީސްގެ ނަތީޖާ ލ. ގަމު މަތިމަރަދޫ ކުންނާރުމާގެ، މުޙައްމަދު އަރީފް މި ޓިކެޓް ކާމިޔާބުކުރެއްވީ މުޙައްމަދު އަބޫބަކުރާއި، މުޙައްމަދު ފަރީދު އަދި…

