ދީނާއިދުނިޔެ

  • އަހަރެމެން ދައްކާ ވާހަކަ ފޭސްބުކުން އަޑުއަހާތަ؟

    މިއީ އަހަރެމެންގެ ތެރޭގައި ވަރަށް އާންމު ކަމެކެވެ. ރައްޓެއްސަކާ އެކު މަސްބާނާ ސާމާނާ ބެހޭގޮތުން ނުވަތަ އާ ފޯނަކާ ބެހޭގޮތުން ނޫންނަމަ އެނޫން ވެސް ކަމަކާއި ބެހޭގޮތުން ވާހަކަދައްކާލާ ފަހުން، އެދުވަހުގެ ވަގުތެއްގައި ފޭސްބުކުން އެ އެއްޗަކާ ގުޅޭ އިޝްތިހާރުތައް އަހަރެމެންނަށް ދައްކަން ފަށައެވެ. މިއާއެކު އެންމެ ފުރަތަމަވެސް ހިތަށް އަރާ ސުވާލަކީ: ”މިމީހުން އަހަރެން ދައްކާ ވާހަކަ އަޑުއަހަނީ ހެއްޔެވެ؟“ ފޭސްބުކުން ސިއްރުން ފޯނުތަކުގެ މައިކްރޯފޯން ބޭނުންކުރަނީ ކަމަށް ހީވިޔަސް، މީގެ ޖަވާބު މިއަށްވުރެ މާ…

  • ގަދަ ފިނީގައި ޣައްޒާގެ ތުއްތުކުދިން ޝަހީދުވަނީ

    ފަލަސްތީނުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުރާސްފަތި ދުވަހު ނެރެފައިވާ ރިޕޯޓުގައިވާ ގޮތުގައި، މިދިޔަ ހަފްތާގައި ޣައްޒާއަށް އާއި ތޫފާނުގައި ގަދަވަޔާ ވިއްސާރާއިގެ ސަބަބުން ބައެއް ގެތައް ވެއްޓުމުންނާއި، ފިނީގެ ސަބަބުން 20 މީހަކު ނިޔާވެފައިވެއެވެ. މީގެތެރޭގައި ގަދަ ފިނީގެސަބަބުން ނިޔާވި ތުއްތު 5 ކުދިން ހިމެނެއެވެ. ސިވިލް ޑިފެންސްގެ ތަރުޖަމާން މަހްމޫދު ބަސަލް ވިދާޅުވީ، އިޒްރޭލުގެ އަނިޔާވެރިކަމުގެ ސަބަބުން ގެދޮރުގެއްލިފައިވާ މީހުން ދިރިއުޅެމުންދާ ޓެންޓުތަކުގެ %90 އިންސައްތަ ޓެންޓަށް ވަނީ ފެންވަދެފައެވެ. ކަންބޮޑުވާ ޢަދަދަކަށް އާއިލާތައް ވަނީ ހިޔާވަހިކަމެއްނެތި…

  • އެމެރިކާގެ ރިޕަބްލިކަނުން އިޒްރޭލާ ދެކޮޅަށް

     އިޒްރޭލުގެ އަނިޔާވެރި ސިޔާސަތަށް އެންމެ ބޮޑަށް އެއްބާރުލުންދޭ އެމެރިކާގެ ރިޕަބްލިކަނުން އިޒްރޭލާ ދެކޮޅަށް  ޔޫގަވް އިން އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ މެދުގައި ނެގި ޚިޔާލު ހޯދުމުގެ ވޯޓުން ދައްކާ ގޮތުގައި، ޕާޓީގެ ކޮންމެ 4 މީހަކުން 3 މީހުން ބުނަނީ އިޒްރޭލަށް ކުރާ ޚަރަދު ހުއްޓާލާ އެމެރިކާގެ ސިއްހީނިޒާމު ރަނގަޅުކުރުމަށް އެފައިސާއިން އިސްކަންދިނުން މާރަނގަޅު ކަމަށެވެ. ޔޫގަވްގެ އައިއެމްއީޔޫ ޕޮލިސީ ޕްރޮޖެކްޓުން ކުރި މި ޚިޔާލު ހޯދުމުން ދައްކާ ގޮތުގައި، ޣައްޒާގައި ހިނގަމުންދާ ނަސްލު ނައްތާލުމުގައި…

  • ހިލޭ އެހީދޭ ޖަމިއްޔާ ޖަމާއަތްތައް މޮނީޓަރ ކުރަން ޖެހޭ

    ހިލޭ އެހީ ދޭ ޖަމިއްޔާ ޖަމާއަތްތަކަކީ މުޖުތަމަޢަށް ވަރަށް ބޮޑެތި ފައިދާތަކެއް ކޮށްދޭ މުހިންމު ބައިތަކެކެވެ. ޚާއްސަކޮށް ގުދުރަތީ ކާރިސާތަކާއި، ހަނގުރާމަތަކާއި، އަދި އިޖުތިމާޢީ އެކި މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި މިފަދަ ޖަމިއްޔާތަކުގެ ދައުރު ބޮޑެވެ. ނަމަވެސް، ރައްޔިތުންގެ އަތުން ނަގާ ފައިސާގެ ބޭނުން ހިފާ ގޮތް ސާފުކޮށް، ދެފުށްފެންނަ ގޮތަކަށް މި ޖަމިއްޔާތައް ހިންގުމަކީ ލާޒިމު ކަމެކެވެ. އެހެންކަމުން، މި ޖަމިއްޔާތައް މޮނީޓަރ ކުރުމުގެ މުހިންމުކަމާއި، އެކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ މައްޗަށް މި މަޒުމޫނުގައި އަލިއަޅުވާލާނަމެވެ….

  • ޣައްޒާގެ މުޖާހިދުންނާ ދެކޮޅަށް ހަނގުރާމަ ކުރަމުންދިޔަ އަބޫ ޝަބާބު މަރާލައިފި

    ޣައްޒާގައި އިޒްރޭލުގެ އިސްތިއުމާރީ ސިފައިންނާ ގުޅިގެން މުޖާހިދުންނާ ހަނގުރާމަ ކުރަމުން ދިޔަ ގޭންގުގެ ލީޑަރު އިޒްރޭލުގެ އެޖެންޓް ޔާސިރު އަބޫ ޝަބާބް މަރާލުމުގައި ހަމާސްއަށް ކާމިޔާބު ލިބިއްޖެއެވެ. އަބޫ ޝަބާބު މަރާލާފައިވަނީ ޣައްޒާގެ ދެކުނުގައި ހަމާސްގެ ހަނގުރާމަވެރިން ދިން ހަމަލާތަކެއްގައެވެ. އަބޫ ޝަބާބާއެކު އޭނާގެ ގޭންގުގެ ގިނަ އަދަދެއްގެ ހަނގުރާމަވެރިން ވެސް ވަނީ މަރުވެފައެވެ. އިޒްރޭލުގެ އެޖެންޓް އަބޫ ޝަބާބް މަރާލުމަށް ފަހު ޣައްޒާގެ މުޖާހިދުންގެ ސެކިއުރިޓީ ޔުނިޓެއް ކަމަށްވާ ”ޑިޓަރެންސް“ ފޯސްގެ މެސެޖެއް ވަނީ ނެރެފައެވެ….

  • އިޒްރޭލުގެ އެތައްހާސް ބަޔަކު އިޒްރޭލު ދޫކޮށް ދާނެތަނެއް ހޯދަނީ

    ޣައްޒާގައި އިޒްރޭލުން ގަތުލުއާމް ހިންގަން ފެށުމާއެކު އިޒްރޭލު ދޫކޮށް މީހުން އެހެން ގައުމުތަކަށް ވަނީ ބަދަލުވަން ފަށާފައެވެ. އޭގެތަރޭގައި ގިނައަދަދެއްގެ މުއްސަނދިން، އިންވެސްޓަރުން ހިމެނެއެވެ. އިޒްރޭލު ދޫކޮށް އެތައްހާސް މީހުން ޕޯޗްގަލްގެ ރައްވެހިކަން ހޯދުމަށްއެދި ހުށައަޅަމުންދާ ކަމަށް ޓައިމްސް އޮފް އިޒްރޭލުގައި ރިޕޯޓްކޮށްފައިވެއެވެ. އޮންލައިން ޕޯޓަލް މެދުވެރިކޮށް ރައްވެހިކަން ހޯދުމަށް ހުށައެޅުމަށް މައްސަލަތަކެއް ކުރިމަތިވުމުން، ޓެލް އަވީވްގައި ހުންނަ ޕޯޗުގަލް އެމްބަސީ ކުރިމަތީގައި އެތައްހާސް ބަޔަކު އިއްޔެވަނީ ދިގު ސަފުތަކެއް ހަދާފައެވެ. ޓައިމްސް އޮފް އިޒްރޭލުގައި ބުނެފައިވާ…

  • ތަނެއް އިސްލާހު ކުރެވޭނީ ހަރުދަނާ މީހަކަށް

    ތަނެއް ތަނަކަށް ވެގެން ދަނީ ހަމަ ހުރެފައެއް ނޫނެވެ. މީހަކަށް ވާފަދަ ހަރުދަނާ މީހެއްގެ ރޭވުންތެރިކަމާއި  ނުހަނު ބުރަ މަސައްކަތުންނެވެ. ގެއެއް، އޮފީހެއްނުވަތަ ސުކޫލެއް ކަމުގައި ވިޔަސްމެއެވެ. ޖަމިއްޔާ ޖަމާއަތެއް ކަމުގައި ވިޔަސްމެއެވެ. އަމުދުން ކަންކަން ބޮއްސުންލާފައި އޮތް ތަނެއް ނަމަ އެތަނެއްރަނގަޅު ކުރުމަށް ނިކަން ހަރުދަނާ، ރޭވުންތެރި، ކަމަށް ޤަބިލު މީހަކު ބޭނުންވެއެވެ. އެއްވެސް މީހަކު މިކަމާއި ދެބަސް ނުވާނެކަމުގައި ޔަގީންކުރަމެވެ. ސިޔާސީ އިސްމަގާމުތަކަށް އިންތިހާބުވާ މީހުންނަކީ ފިސާރި ހަރުދަނާ ބަޔަކަށް ވާން ޖެހޭނެއެވެ. ދުނިޔެއަށް…

  • ދިވެހިންގެ ފަރާތުން ޣައްޒާގައި ކޭމްޕެއްބިނާކޮއްފި

        ދިވެހިންގެ ތެރޭގައިވެސް އިސްލާމީ އުންމަތުގެ ހައްގުގައި އަޑުއުފުލާ، އަދި އުންމަތައްޓަކައި ކޮއްދެވެން އޮތީ ކޮންކޮން ކަންތައްތަކެއްތޯބަލާ އެކަންކަމަށް މަސައްކަތްކުރާ މީހުން މަދުންނަމަވެސް އުޅެމުންދާކަމީ އުފާކުރަންޖެހޭ ކަމެކެވެ. އަދި މިފަދަ މަސައްކަތްތަކުގައި މިހާރު ޒުވާނުން ގިނަވަމުން އަންނަކަން ފާހަގަކޮއްލަމެވެ.    އެގޮތުން މީގެ ދެމަސް ކުރިން ޓިކްޓޮކްގައި ހަރަކާތްތެރިވާ ޒުވާނުންތަކެއް އިސްނަގައިގެން ޓިކްޓޮކް ލައިވް އެއްގައި ކުއްލިގޮތަކަށް ކުރިޔަށްގެންދިޔަ ފަންޑުރައިސް ހަރަކާތަކުން 53000 ރުފިޔާ ހޯދިއެވެ. އެ ފައިސާ ވަގުތުން ހަވާލުކުރީ ޚިދުމަތް ޖަމިއްޔާއާއެވެ.  …

  • ސޫދާނުގެ އަލް ފަޝަރްގައި 150 އުޚްތުންގެ އިއްފަތް ފޭރިގެންފި

    މިއަދު ދުނިޔޭގެ އެކިކަންކޮޅުތަކުގައި މުސްލިމު އުޚުތުންގެ ޢިއްފަތްތެރިކަން ފޭރިގަނެގެން ދާއިރު އިސްލާމީ ޤައުމުތަކުގެ ލަޝްކަރުތައް ކޮބާ ހެއްޔެވެ؟ ބުނާ ކަހަލައެވެ. އެއީ އަހަރެންގެ ރަށުގެ އަހަރެމެންގެ ޢާއިލާގެ މީހެއް، ދަރިއެއް، އަންބެއް، ނޫނެވެ. ކޮބާ އަހަރެމެންގެ އީމާންކަން؟ މުސްލިމް އަންހެނުންގެ އިޢްޒަތް ހިމާޔަތް ކުރުމަށް ކުރީގެ މުސްލިމުން ބިންތައް/ޤައުމުތައް ފަތަޙަކުރިއެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންގެ މުސްލިމް އުޚުތުންނަށް އިހާނެތިކޮށް ނިކަމެތިކަމާއެކު އިއްފަތްތެރިކަން ފޭރެމުންދާއިރު މިތިބެނީ މަންޒަރު ބަލާށެވެ. ~ އިސްލާމީ ޚިލާފަތުގައި މުސްލިމު ކަނބަލަކަށް ޖިންސީ ގޯނާ…

  • ފޭކް ލިންކްތައް ދެނެގަންނާނީ ކިހިނެއް

    މިއަދުގެ ޑިޖިޓަލް ދުނިޔޭގައި، ގާތްގަނޑަކަށް ކޮންމެ މީހަކުވެސް މުޢާމަލާތްކުރުމަށާއި، ވިޔަފާރިކުރުމަށާއި، ބޭންކިންގއަށާއި، މަޖާކުރުމަށް އިންޓަރނެޓް ބޭނުންކުރެއެވެ. މިކަމުގެ ސަބަބުން، ސައިބަރ ކުށްވެރިން (ވަގުން) ވަނީ މީހުންގެ އަމިއްލަ މަޢުލޫމާތު ހިއްސާކުރުމަށް، ނުވަތަ ގެއްލުންދެނިވި ސޮފްޓްވެއަރ ޑައުންލޯޑްކުރުމަށް، ނުވަތަ މީހުންގެ ހުއްދަނެތި އެމީހުންގެ އެކައުންޓްތަކަށް ވަނުމަށް މީހުން ހައްލާލުމަށްޓަކައި ފޭކް ލިންކްތައް އުފެއްދުމުގައި އިހުނަށްވުރެ ގަދަޔަށް ހަރަކާތްތެރި ވާންފަށާފައެވެ. ފޭކް ލިންކްތައް ދެނެގަތުމަކީ މުހިންމު ޑިޖިޓަލް ހުނަރެކެވެ. އަދި ކޮންމެ މީހަކުވެސް ދަރިވަރުން، މުދައްރިސުން، ވިޔަފާރިވެރިން، އަދި އިންޓަރނެޓް…