ޣައްޒާގައި އިޒްރޭލުގެ އިސްތިއުމާރީ ސިފައިންނާ ގުޅިގެން މުޖާހިދުންނާ ހަނގުރާމަ ކުރަމުން ދިޔަ ގޭންގުގެ ލީޑަރު އިޒްރޭލުގެ އެޖެންޓް ޔާސިރު އަބޫ ޝަބާބް މަރާލުމުގައި ހަމާސްއަށް ކާމިޔާބު ލިބިއްޖެއެވެ.
އަބޫ ޝަބާބު މަރާލާފައިވަނީ ޣައްޒާގެ ދެކުނުގައި ހަމާސްގެ ހަނގުރާމަވެރިން ދިން ހަމަލާތަކެއްގައެވެ. އަބޫ ޝަބާބާއެކު އޭނާގެ ގޭންގުގެ ގިނަ އަދަދެއްގެ ހަނގުރާމަވެރިން ވެސް ވަނީ މަރުވެފައެވެ.
އިޒްރޭލުގެ އެޖެންޓް އަބޫ ޝަބާބް މަރާލުމަށް ފަހު ޣައްޒާގެ މުޖާހިދުންގެ ސެކިއުރިޓީ ޔުނިޓެއް ކަމަށްވާ ”ޑިޓަރެންސް“ ފޯސްގެ މެސެޖެއް ވަނީ ނެރެފައެވެ. ”އަޅުގަނޑުމެން ކުރިން ބުނިހެން ”އިޒްރޭލުން ކަލޭމެން ރައްކާތެރި ނުކުރާނެ“ އެވެ.

ދުނިޔޭގެ ތާރީޚުގައިވެސް އެމެރިކާއާއި އިޒްރޭލުން އަބަދުވެސް މިފަދަ ޣައްދާރު ޚާއިނުންގެ ބޭނުން ހިފުމަށްފަހު މަރުވާން ދޫކޮއްލަނީއެވެ.

