ޣައްޒާގެ ގިނަ އަދަދެއްގެ ރައްޔިތުން ތަކެއް ނޭނގިތިއްބާ ސައުތު އެފްރިކާއަށް

ޣައްޒާގެ ގިނަ އަދަދެއްގެ ރައްޔިތުން ތަކެއް ނޭނގިތިއްބާ ސައުތު އެފްރިކާއަށް

އަލްޖަޒީރާއިން ހާމަކުރި ވީޑިއޯ އަކުން ފެންނަގޮތުގައި 153 ޣައްޒާގެ ރައްޔިތުން ވަނީ ފުލައިޓެއްގައި ސައުތު އެފްރިކާއަށް ގޮސްފައެވެ. ސައުތު އެފްރިކާގެ ޖޮހެނެސްބާގުގެ އޯއާރް ޓަމްބޯ އިންޓަނޭޝަނަލް އެއާޕޯޓަށް ފަލަސްތީނުގެ 153 މީހުން ރެފިއުޖީންގެ ގޮތުގައި މިއަދު ހެނދުނު ފައިބައިފައިވެއެވެ. “ ގިފްޓް އޮފް ދަ ގިވާސް“ ގެ ފައުންޑާ އިމްތިއާޒް ސޫލިމާން ބުނީ އެ މީހުންގެ ޕާސްޕޯޓުގައި ޑިޕާޗާ ސްޓޭމްޕް ނެތް ކަމަށާއި އޭގެ ތެރޭގައި ކުޑަކުދިންނާއި މާބަނޑު އަންހެނުން ވެސް ހިމެނޭ ކަމަށެވެ.

13 ގަޑިއިރު ސައުތު އެފްރިކާގެ އެއާޕޯޓުގައި ބޯޓުން ފޭބުމުގެ ހުއްދަ ނުލިބިގެން މަޑުކުރަން ޖެހުނެވެ. މި ދަތުރުގެ ބައިވެރިން ބުނި ގޮތުގައި އެމީހުންނަށް ދެވެނީ ކޮން ގައުމަކަށް ކަންވެސް ނޭނގެއެވެ. ބައެއް ބައިވެރިން ބުނީ އިންޑޮނޭޝިއާއަށް ކަމަށް އެހެން ބައިވެރިއަކު ބުނީ މެލޭޝިޔާއަށް ކަމަށެވެ. މިއީ ޗާޓަރު ފުލައިޓެއްކަމަށް އިމްތިއާޒް ސޫލިމާން ވިދާޅުވިއެވެ.

”އެއާލައިން ތަކުގައި ވަކި ގަވައިދެއް އޮވޭ، ޕާސްޕޯޓުގައި އެކްސިޓް ސްޓޭމްޕެއް ނެތްކަން އެނގޭއިރު ކީވެ އަހަރުމެން ގެނައީ؟ ދެވަނަ މައްސަލައަކީ އެހާ ގިނައިރު ވެގެންދިޔައިރު ކީވެ އަހަރުމެންނަށް ކާއެއްޗެއް ނުދިނީ؟ ރެފިއުޖީން އަހަރުމެންނަށް ކިޔާދިނެވެ. އަދި ތިންވަނަ މައްސަލައަކަށް 13 ގަޑިއިރު ވީއިރު ފުލައިޓުގަ އެއާރކޮންޑިސަން ނުޖައްސާ އެންމެ ދޮރެއްހުޅުވާފަ ހުރީ އަދި އެމީހުން އެފަދަ ނުބައި ހާލަތެއްގައި ތިބެންޖެހުނީ ކީވެ؟“ އިމްތިއާޒް ސޫލިމާން ކިޔާދިނެވެ.

ދަތުރުގެ ބައިވެރިއަކު ބުނިގޮތުގައި އެމީހުންގެ އެއްވެސް ލަގެޖެއް ނެތެވެ. އެމީހުން ލައިގެންތިބި ހެދުން އެކަނި އެމީހުންގެ އަތުގަ އޮތީ ހަމައެކަނި.

މިއީ ޣައްޒާގެ މީހުން ގޮވައިގެން ދެކުނު އެފްރިކާއަށް ޖެއްސި ދެވަނަ މަތިންދާބޯޓެވެ. އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ފަލަސްތީނުގެ 176 މީހުން އައިސްފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ އެހެން ގައުމުތަކަށް ގޮސްފައެވެ.

👍 3❤️ 0🤗 0😂 0😮 0

ލިޔުންތެރިޔާގެ އިތުރު ލިޔުންތައް