ސޫދާނުގެ އަލް ފަޝަރްގައި 150 އުޚްތުންގެ އިއްފަތް ފޭރިގެންފި

މިއަދު ދުނިޔޭގެ އެކިކަންކޮޅުތަކުގައި މުސްލިމު އުޚުތުންގެ ޢިއްފަތްތެރިކަން ފޭރިގަނެގެން ދާއިރު އިސްލާމީ ޤައުމުތަކުގެ ލަޝްކަރުތައް ކޮބާ ހެއްޔެވެ؟ ބުނާ ކަހަލައެވެ. އެއީ އަހަރެންގެ ރަށުގެ އަހަރެމެންގެ ޢާއިލާގެ މީހެއް، ދަރިއެއް، އަންބެއް، ނޫނެވެ. ކޮބާ އަހަރެމެންގެ އީމާންކަން؟

މުސްލިމް އަންހެނުންގެ އިޢްޒަތް ހިމާޔަތް ކުރުމަށް ކުރީގެ މުސްލިމުން ބިންތައް/ޤައުމުތައް ފަތަޙަކުރިއެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންގެ މުސްލިމް އުޚުތުންނަށް އިހާނެތިކޮށް ނިކަމެތިކަމާއެކު އިއްފަތްތެރިކަން ފޭރެމުންދާއިރު މިތިބެނީ މަންޒަރު ބަލާށެވެ.

~ އިސްލާމީ ޚިލާފަތުގައި މުސްލިމު ކަނބަލަކަށް ޖިންސީ ގޯނާ ކުރެވުނު ހިނދު…~

ރަސޫލާ ﷺ މަދީނާއަށް ވަޑައިގެން އިސްލާމީ ޚިލާފަތެއް ޤާއިމް ކުރައްވާ މަދީނާގައި އެއިރު ތިބި ޔަހޫދީންނާއި މުއާހަދާއެއް އެކުލަވާލިއެވެ. ޔަހޫދީންގެ ތެރެއިން އެންމެ ބާރު ގަދަ އަދި ނުފޫޛު ގަދަ ޤަބީލާއެއް ކަމުގައި ވަނީ މަދީނާގެ އެތެރޭގައި އުޅެމުންދާ ބަނީ ޤައިނުޤާއު ގެ މީހުންނެވެ. އެމީހުންގެ ނަމުން އެ އަވަށަށް ނަން ކިއެއެވެ. އެމީހުންގެ ތެރޭގައި ހަނގުރާމަވެރި 700 ފިރިހެނުން ވިއެވެ. އަދި އެމީހުންނީ އަތްކަން ކުރާ ބައެއް ކަމުން އެމީހުންގެ ކޮންމެ ގެއެއް ގައި ގިނައަދަދަކަށް ހަނގުރާމައިގެ ހަތިޔާރުތައް ހުރެއެވެ. އަދި މަދީނާގެ އެންމެ ހިތްވަރުގަދަ ކުޅަދާނަ ބައެއް ކަމުގައި ބެލެވެނީ މިމީހުން ކަމުގައިވިއެވެ.

ބަނީ ޤައިނުޤާއު ގެ ބާޒާރުގެ ޔަހޫދީ އަތްކަން ކުރާ މީހެއްގެ ގާތަށް އަރަބީންގެ އަންހެން ކަނބަލެއް ވަޑައިގަތެވެ. އެކަމަނާ ވަޑައިގަތް އެއަތްކަން ކުރާ މީހާ ގާތު އިށީދެވަޑައިގަތުމުން އެކަމަނާގެ މޫނު ކަޝްފުކުރަން ޔަހޫދީކަލޭގެ މަސްކަތް ކުރިއެވެ. އެކަމަނާ އެކަމާ ދެކޮޅު ހެއްދެވިއެވެ. އެހިނދު އެ ޔަހޫދީކަލޭގެ ސިއްރުން ގޮސް އެކަމަނާގެ ހެދުމުގެ ފަސްބައި ފުރަގަހުން ބަދެލިއެވެ. އެކަމަނާއަށް އެކަން އިޙްސާސް ނުކުރެވުމުގެ ސަބަބުން ތެދުވެ ވަޑައިގަތް ހިނދު އައުރަ ހާމަ ވެގެން ދިޔައެވެ. އެވަގުތު އެތާ ތިބި ޔަހޫދީން ކަކަކަކަ އަޅާފައި ހީގަތެވެ.

އެކަމަނާ ހަޅޭއްފުޅު ލައްވައިގަތެވެ. އެއަޑު އަހާފައި މުސްލިމަކު އައިސް އެޔަހޫދީ އަތްކަން ކުރާ މީހާއަށް ހަމަލާދީ އޭނާ ގަތުލު ކޮށްލިއެވެ. އެހިނދު ޔަހޫދީން މުސްލިމު މީހާއަށް ހަމަލާދީ އޭނާ ގަތުލު ކުރިއެވެ. އެހިނދު ގަތުލުވެފައިވާ މުސްލިމު މީހާގެ އަހުލުވެރީން މުސްލިމުންގެ ކިބައިން އެހީއަށް ގޮވިއެވެ. ދެން އެހިނދު މުސްލިމުންނާއި ބަނީ ޤައިނުޤާއު ގެ ޔަހޫދީންނާއި ދެމެދު އަރާރުން ބޮޑުވެ ހަނގުރާމައަކާއި ހަމައަށް ދިޔައެވެ.

މިހާދިސާގެ ޚަބަރާއި އެކު ރަސޫލު ﷲ ﷺ މަދީނާއިން އަބޫ ލިބާބަތު ބިން މުންދިރު އިސް ކުރައްވާ މުސްލިމު ލަޝްކަރު ތައްޔާރު ކުރެއްވިއެވެ. އަދި ލަޝްކަރުގެ ދިދަ ހަމްޒަތު ބިން އަބުދުލް މުންޠަލިބުގެފާނަށް ދެއްވިއެވެ.

މުއުމިނުންގެ މި ލަޝްކަރައިގެން ބަނީ ޤައިނުޤާއު އަވަށަށް ވަޑައިގަތެވެ. ޔަހޫދީންނަށް މުސްލިމު ލަޝްކަރު އަންނަ ތަން ފެނުމުން އެމީހުންގެ ކިއްލާތަކަން ވަދެ ފިލިއެވެ. މުސްލިމުން އެމީހުންގެ ކިއްލާތައް ވަރުގަދައަށް ހިޞާރު ކުރިއެވެ. މިކަން ހިނގީ ހިޖުރައިން ދެވަނަ އަހަރު ޝައްވާލު މަހުގެ 15 ވީ ހޮނިހިރު ދުވަހުއެވެ. އެ ހިޞާރު ފަނަރަ ރޭ ފަނަރަ ދުވަހަށް ދެމިގެން ދިޔައެވެ. އަދި ކީރިތި ﷲ ޔަހޫދީން ގެ ހިތްތަކަށް ބިރުވެރިކަން ވެއްދެވިއެވެ.

ދެން ފަހެ ރަސޫލު ﷲ ﷺ އެބައިމީހުންގެ މެދުގައްޔާއި އެބައިމީހުންގެ އަނބިންނާއި ދަރީންނާއި މުދަލާއި މެދުގައި ކުރައްވާ ޙުކުމަކަށް ރުހި ކިޔަމަންތެރި ވާކަން އެމީހުން ފާޅު ކުރިއެވެ. މާތް ރަސޫލު ﷲ ﷺ ގެ ޙުކުމްފުޅަށް އަޞްހާބު ބޭކަލުން ޔަހޫދީން އެންމެންގެ އަތްތައް ބެއްނެވިއެވެ.

އަދި އެމީހުން މަދީނާއިން ނުކުމެގެން ދިއުމަށް ޙުކުމް ކުރިއެވެ. އަދި އެބައިމީހުންގެ މުދާތައް ޣަނީމާ ކުރެއްވެވިއެވެ.

(އިބްނު ޙިޝާމް 555،556/1) (އައްރަޙީޤުލް މަޚްތޫމް ޞ236 ، 237)

👍 3❤️ 0🤗 0😂 0😮 0

ލިޔުންތެރިޔާގެ އިތުރު ލިޔުންތައް