މިއީ ތަކުރާރުވާ ހުވަފެނެކެވެ.

މާލޭގައި އުޅުމަށްފަހު ހައްދުންމަތީ ގަމަށް ޢަލީ ދިޔައީ ހިތްހަމަ ޖައްސާލުމަށެވެ. ނަމަވެސް ޢަލީގެ މަންމަ ހޮސްޕިޓަލުގައި ބަލިބެ އޮތް ޚަބަރުވެގެން، އަވަސްވެގަތީ ހޮސްޕިޓަލަށް ވަދެލަން ދާށެވެ. މަންމަ އެނދުމަތި ކުރެވިފައިވާ ކޮޓަރިއަށް، ޢަލީ ވަންއިރު އެތަނުގައި އަލީގެ އަންހެނުންނާއި މައިދައިތަވެސް އިނެވެ. އެއިރު އަލީގެ އަންހެނުން އިނީ ކޮންމެވެސް އެއްޗެއް ކާށެވެ. ޢަލީ ފެނުނު ވަގުތާއިއެކީ އާފަލު ކޮޅެއް ގަނެދިނުމަށް އަންހެނުން އެދުނެވެ. އެހިނދު ޢަލީ ‎ބުންޏެވެ. ”ތިޔައީ އަރައިގެން އުޅޭ ފޯރިގަނޑެއް. ގަނެދިނަކަސް ނުކާނެ. އެކަމަކު ގަންދޭނަން.“ ޢަލީ މިހެން ބުނުމާއި އެކީ ޢަލީގެ މައިދައިތަ ހޭންފެށިއެވެ.

ޢަލީގެ މަންމަގެ އަތަށް އޮތީ އައިވީ ގުޅާފައެވެ. އެކަމަކު އެހައި ބަލިބޮޑެއް ނޫނެވެ. އިތުރު އެއްވެސް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް، މަންމަ ފާހާނާއަށް ގެންގޮސްދިނުމަށް އެދުނެވެ. ދެން ފެންނަނީ އަލީ އޭނާގެ މަންމަ ފާހާނާ އަށް ގެންދަން އުޅުމުގެ ތެރޭގައި، މަންމަގެ އަތަށް ގުޅާފައި އޮތް އައިވީ ހޮޅި ނެއްޓި، އަލީ މުޅި މީހާ އެކީއެކަށް ލެއިން ފޯވާ މަންޒެވެ. މަންމަ ފާހާނާ ތެރެއަށް ވެއްދުމަށްފަހު، އަލީ ގަޔަށް ފެންއަޅާލާ ލޭތައް ދޮވެލިއެވެ. އެހިނދު މުޅި ތަން އޮތީ ރަތްކުލައިގައެވެ. ބޭރަށް ނިކުމެ މަޑުކޮށްލުމަށްފަހު މަންމަ ނިމޭހައި އިރު ކޮށްފައި އެތެރެއަށް ވަދެއްޖެއެވެ. މާގިނައިން އެތަނަށް ލޭ އެޅިފައި އޮތުމުން، އެވަގުތު އެތަނަށް މީހުން އެއްވަމުން ދަނީއެވެ. އެތަނުގައި އަލީގެ ބައްޕަވެސް ހުއްޓެވެ. އެހެން ކަމުން ބައްޕައާއި ހަވާލު ކުރުމަށްފަހު އަލީ ހިނގައިގަތީ އާފަލު ކޮޅެއް ގަތުމުގެ ނިޔަތުގައެވެ. އާފަލު މާއަގުހެޔޮ ކަމަށް ބުނެ އިޝްތިހާރު ތަކެއް ތަތްކޮށްފައިހުރިތަން ފެންނާތީ، ފިހާރައަކަށް ވަދެއްޖެއެވެ. އަލީގެ އަތުގައި ތަރިޖެހި ކޮތަޅެއް އޮތެވެ. ސޭޓް ގާތުގައި އާފަލު ހުރިތޯ އަހާލުމުން ދެއަތަށް ބޯ ހޫރައިލިއެވެ. އެހިނދު އަލީ ބުންޏެވެ. ”މާވަރަކަށް އިޝްތިހާރު ކޮށްފައި ހުންނަތަން ފެންނާތީ އާދެވުނީ.“

ބޭރަށް ނިކުތް އިރު އަލީގެ އެކުވެރި ހުޝާމް އާއި، ނައްވާރު އެތަނުގައި ތިބިއެވެ. ހުޝާމްގެ އަތުގައި އެއްޗެހިތަކެއް އަޅައި ފުރެން ކައިރިވެފައި އޮތް ގޯންޏެއް އޮތެވެ. އަލީ ފެނުމާއިއެކު އެއީ ރިހާކުރު ކަމުގައި ހުޝާމް ބުންޏެވެ. އަތުގައި އޮތް ކޮތަޅު އެމީހުންގެ އަތަށް ދިނުމަށްފަހު އަލީ ހިނގައިގަނެއްޖެއެވެ.ގޯޅިކަންމަތިން ލަނބައިލެވު ވަގުތު ފަހަތުން ޢަލީގެ ކޮނޑުގައި މީހަކު ކޮއްޓައިލިއެވެ. ފަސްއެނބުރި ބަލައިލިއިރު ވަރަށް ހާސްވެފައި ނައްވާރު ހުއްޓެވެ. އެހިނދު ނައްވާރު ބުންޏެވެ. ”ހުޝާމް ކަލެއަށް އަނިޔާއެއް ދޭން ރާވަނީ. ކަލޭ މަރާލަން ރާވަނީ. ވީއެންމެ އަވަހަކަށް ސަލާމަތް ތެރިކަން ހޯދާ!“ އެހެން ބުނުމަށް ފަހު ނައްވާރު ދުއްވައިގަތެވެ. އަލީ ވެސް އަވަހަށް ގެއަށް ދެވޭތޯ ބާރަށް ހިނގަން ފެށިއެވެ. ގެއަށް ދާން ދިޔަ މަގުމަތީގައި މީހަކު ލަވައެއް ކިޔާތީ އިވުނެވެ. ލަވައިގާ އޭނާ ކިޔަނީ މިފަދައިން ނެވެ. ”ފުޅިފުޅިއާއި ގޯނީގައި ބަންދުކުރާ ޒަމާނެއް ނޫން މީކީ.“ މިހެންނެވެ.

ހާސްކަމާއިއެކު ގޭގެ ގޯތިތެރެއަށް ވަދެވުނެވެ. އެވަގުތު ގޭގެ އަނެއް ދޮރުތެރޭން އަލީއަށް އިންތިޒާރު ކުރަމުން ދަނީ ޝަބީންއެވެ. ޢަލީ ފެނުމާއިއެކީ ވަރަށް އަވަހަށް އައުމަށް އިޝާރާތް ކުރަން ފެށިއެވެ. ޝަބީނުވެސް ދިނީ ހަމަ އެ ޚަބަރެވެ. އަދި ހުޝާމްގެ މަގުޞަދަކީ ކޮބާއިކަމާ، ޢަލީ މަރާލަން ހުޝާމް ބޭނުންވަނީ ކީއްވެތޯ އޭނާކައިރިން އަހައި ހޯދޭނެ ގޮތެއް އޮތްތޯ ބަލަން ޝަބީން މަސައްކަތް ފެށިއެވެ. ގޭގައި ތިބުމަކީ ރައްކާތެރި ކަމަކަށް ނުވެދާނެތީ ދެމީހުން ދުއްވައިގަތީ އެނޫން އެހެން ތަނަކަށް ދިއުމުގެ މަގުސަދުގައެވެ.
ދުވެފައި ދިޔަމަގުމަތިން ދިމާވީ އަޙުމަދު ރަޝީދު އާއި ޔޫޝުފް ޝަފީޢު އާއި އެވެ. ވެގެން އުޅޭގޮތް ކިޔައިދީ ނިމުނު އިރު އަޙްމަދު ރަޝީދުމެން ގެއަށް ވަދެވުނީއެވެ. އަޙުމަދު އަތުގައި ކުޑަކުއްޖަކުވެސް އިނެވެ. ޖޯއްޔެއްގައި އަހަރެން ބައިންދާ ކުރިމައްޗަށް ވާހެން ގޮނޑިއެއް ބަހައްޓައި ގޮނޑީގައި ޔޫސުފު އިށިންދެއްޖެއެވެ. އަލީގެ ދެއަތުގައި ދެއަތުން ހިފާ ޔޫސުފް ބުންޏެވެ. ގޯހެއްވެއްޖެ ނަމަ އެހީވާނަމެވެ. ގޯހެއް ވެއްޖެނަމަ އަންގާލައްޗެވެ. އެހިނދު ޢަލީ ބުންޏެވެ. ގޯހެއް ވެއްޖެކަން މަރުވީމާ އެނގޭނެތެވެ. އެހިސާބުން ޢަލީއަށް ހޭލެވިއްޖެއެވެ.
ނޯޓް: މިއީ ވާހަކައެއް ނޫނެވެ. ހުވަފެނެކެވެ. ޢަލީއަށް މިހުވަފެން ފެނުނުތާ މިއީ ތިންވަނަ ފަހަރެވެ. ތިން ހުވަފެނުގައި ވެސް ހުޝާމް އާއި، ޝަބީނުގެ ކެރެކްޓާއަކަށް ބަދަލެއް ނާދެއެވެ.
👍 1❤️ 0🤗 0😂 0😮 0

ލިޔުންތެރިޔާގެ އިތުރު ލިޔުންތައް

  • ޒަމާނުގެ ލޮލުކޮޅުން ފެނުނު އަމާންކަން ގެއްލިއްޖެއެވެ.

    މުޖުތަމަޢު ބަދަލުވަމުން އަންނަނީ އަބަދުވެސް ޒަމާނާއެކުގައެވެ. ކުރީ ޒަމާނުގައި ދިރިއުޅުން އޮތް ގޮތާއި، މިއަދުގެ ދިރިއުޅުމާ ދެމެދު ވަރަށް ބޮޑެތި ތަފާތުތަކެއް ހުރެއެވެ. ޒަމާނުގެ ލޮލުކޮޅުން ފެންނަން އޮތް، ކުރީގެ މުޖުތަމަޢުތަކުގައި އޮތް އެކުވެރިކަމާއި، އަމާންކަމާއި، ތެދުވެރިކަން މިއަދު މިވަނީ ގެއްލިފައެވެ. މި ބަދަލުތަކުގެ ސަބަބުން މުޖުތަމަޢުގެ އަސާސީ ރޫޙަށް ވަރަށް ބޮޑު އަސަރުތަކެއްކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެޒަމާނުގައި ރަށްރަށާއި އަވަށްޓެރިންގެ މެދުގައި ނުހަނު ގާތް ގުޅުމެއް ބަދަހިވެފައި އޮވެއެވެ. އެކަކު އަނެކަކަށް އެހީތެރިވެ، އުފަލާއި ހިތާމައިގައި ބައިވެރިވެއެވެ….

  • ފާއިތުވެ ދިޔަ ކަންކަމާއި މެދު ނުވިސްނާށެވެ.

    އިންސާނާގެ ދިރިއުޅުމަކީ ވަގުތުގެ މިނާރުގައި ދައުރުވަމުންދާ ދަތުރެކެވެ. މި ދަތުރުގައި އަހަރެމެންނަށް އުފާވެރިކަމާއި، ހިތާމަޔާއި، ނާކާމިޔާބީތަކާއި، ކާމިޔާބީތައް ދިމާވެއެވެ. މި ހުރިހާ ކަމެއްގެ ތެރެއިން އެންމެ ބޮޑަށް އަހަރެމެންގެ ހިތްތަކަށް ބުރަ ބޮޑުކުރާ އެއް ކަމަކީ ފާއިތުވެ ދިޔަ ކަންކަމާއި މެދު ވިސްނުމެވެ. ދިރިއުޅުމުގައި ކުރިއަށް ދިއުމަށްޓަކައި، ފާއިތުވެ ދިޔަ ކަންކަމުގެ ހަނދާންތަކުން ސަލާމަތްވެ، މިހާރުގެ ވަގުތަށް ސަމާލުކަން ދިނުމަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް މުހިންމު ކަމެކެވެ. ފާއިތުވެ ގޮސްފައިވާ ކަންކަމަކީ ބަދަލުކުރެވޭނެ އެއްޗެއް…

  • މާފު ކުރާށެވެ…

    މިއީ އަހަރެންނާއި، އަހަރެންގެ ކޮއްކޮގެ ވާހަކައެވެ. އަހަރެމެން ވަރަށް ކުޑައިރު، ކާރު އެކްސިޑެންޓެއްގައި މަންމައާއި ބައްޕަ ނިޔާވިއެވެ. ދިރިއުޅުމުގެ ހުރިހައި ޒިންމާއެއް ނަގައިދޭނެ ކަމުގައި ބުނެ ބައްޕަގެ ހުރިހައި މުދަލާއި، ފައިސާ ބޮޑުބޭބެ އަތްދަށުލިއެވެ. ބައްޕައަކީ އެ ހިސާބު އުޅޭ އެންމެ މުއްސަނދި މީހުންގެ ތެރެއިން އެކަކެވެ. ބޮޑުބޭބެ ގެ ބެލުމުގެ ދަށުގައި ދިރިއުޅެމުން ދިޔައިމެވެ. ދުވަސްތަކެއް ފަހުން، ސުކޫލްގެ ފީ ދެއްކޭނެ ގޮތެއް ނެތިގެން ކިޔެވުން ހުއްޓައިލަން ޖެހުނެވެ. ޓިއުޝަން ވެސް ހުއްޓިއްޖެއެވެ. މައިންބަފައިންގެ ކަށި…

  • މަވެސް ރޭޕާއި ދެކޮޅު…

    ކޮންމެ މީހެއްގެ ވެސް ހިތްފަތާއި ގަދަރާއި ޢިއްޒަތެއް ވެއެވެ. މީހެއްގެ ހުއްދަނެތި ގަދަ ކަމުން އެ މީހެއްގެ މުދަލަށް ނުވަތަ ހައްގަކަށް އެހެން މީހަކު އަރައިގަތުމަކީ ފޭރުމެކެވެ. ކޮންމެ މީހަކަށްވެސް ހައްގުތަކެއް ކަނޑައެޅިފައި ވެއެވެ. އަދި ހަމައެއާއި އެކު ހައްދުތަކެއް ކަނޑައެޅިފައި އޮވެއެވެ. ކިތަންމެ ކުޑަނަމަވެސް މީހެއްގެ ހައްގަކަށް އަރައިގަތުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. ޖިނާއީ ބޮޑު ކުށެކެވެ. އަހަރެންގެ ތިޖޫރީގެ ތަޅުދަނޑި ފޮރުވާފައި އޮންނަތަން އެނގުނު ކަމުގައި ވިޔަސް ހުޅުވައިގެން ނުވާނެއެވެ. ތަޅު ނުލާ ހުއްޓަސް…

  • ދިރިއުޅެވޭނީ ޝަކުވާ އެއްފަރާތް ކޮށްގެންނެވެ.

    ދުނިޔޭގެ ދިރިއުޅުމުގައި ދިވާމާ ކޮންމެ ކަމާއިމެ ޝަކުވާކުރުމަކީ އަހަރެމެންގެ ތެރެއިން ވަރަށް ގިނަބަޔަކު ގަޔާޖައްސައިގެން ކުރާހިތުން ކުރަމުން އަންނަ ކަމެކެވެ. މީހަކު ނުވަތަ ބަޔަކު ކުރާ ކޮންމެ ކަމަކުން، ފެންނަ ކޮންމެ މަންޒަރަކުން، ހިތްހަމަނުޖެހޭ ނުވަތަ ހިތްޕުޅާނުވާ ކޮންމެވެސް ކަމެއް އަބަދުވެސް އެމީހުން ހޯދާނެއެވެ. ގުދުރަތީގޮތުން ދިމާވާ ކަންކަމުގެ ސަބަބުން ކުރިމަތިވާ ދަތިއުނދަގުލެއް ކަމުގައި ވީ ނަމަވެސް ކޮންމެވެސް މީހަކަށް އެކަން މަތިކުރެއެވެ. އުމުރުން ދުވަސް ވާވަރަކަށް ދާވަރަކަށް، މިކަން އާދަވެ ހުއްޓާއިނުލެވޭވަރަށް ކަށީގާއިހިފައެވެ. އެހިސާބުން އެއީ…

  • މި ނޫން ގޮތެއް ހަމަ ނެތީތަ…؟

    ހިތްއެދޭ މަގުން ކަން ނުވުމަކީ އިމްތިހާނެކެވެ. ކޮންމެހެން ވެސް ކަމެއް ކާމިޔާބު ކުރަން ނިޔަތްގަނެ، ނުހަނު އުންމީދު ކޮށްގެން އަހަރެމެން ތިބެމުއެވެ. ނަމަވެސް ވަގުތު އައިސް ޖެހޭ ހިނދު ނަތީޖާ މުޅިން އެހެން ގޮތަކަށް ބަދަލު ވެދެއެވެ. މި ކަމުގެ ސަބަބުން މޮޅިވެރި ކަމުގައި ދުވަސްތައް ގުނެން ފެށެއެވެ. އެހިނދު އެއިގެ ކުރިން ލިބިފައިވާ ހުރިހާ ނިޢުމަތްތަކެއް ހަނދާން ނެތޭ ހާލު އަހަރެމެން ބުނަމުއެވެ. ދުވަހަކުވެސް އަހަރެންނަށް ރަނގަޅު ގޮތެއް ނުވެއެވެ. އަބަދުވެސް ވަނީ މިހެންނެވެ. އަހަރެންނަކީ…