މާފު ކުރާށެވެ…

މިއީ އަހަރެންނާއި، އަހަރެންގެ ކޮއްކޮގެ ވާހަކައެވެ. އަހަރެމެން ވަރަށް ކުޑައިރު، ކާރު އެކްސިޑެންޓެއްގައި މަންމައާއި ބައްޕަ ނިޔާވިއެވެ. ދިރިއުޅުމުގެ ހުރިހައި ޒިންމާއެއް ނަގައިދޭނެ ކަމުގައި ބުނެ ބައްޕަގެ ހުރިހައި މުދަލާއި، ފައިސާ ބޮޑުބޭބެ އަތްދަށުލިއެވެ. ބައްޕައަކީ އެ ހިސާބު އުޅޭ އެންމެ މުއްސަނދި މީހުންގެ ތެރެއިން އެކަކެވެ. ބޮޑުބޭބެ ގެ ބެލުމުގެ ދަށުގައި ދިރިއުޅެމުން ދިޔައިމެވެ.

ދުވަސްތަކެއް ފަހުން، ސުކޫލްގެ ފީ ދެއްކޭނެ ގޮތެއް ނެތިގެން ކިޔެވުން ހުއްޓައިލަން ޖެހުނެވެ. ޓިއުޝަން ވެސް ހުއްޓިއްޖެއެވެ. މައިންބަފައިންގެ ކަށި ފީވަމުން ދިޔަ ވަރަކަށް ބޮޑުބޭބެގެ އަޑު ގަދަވެ، އަނިޔާ ދިޔައީ ގިނަވަމުން ނެވެ. އެއްވެސް ސަބަބެއްނެތި ހަޅޭލަވާ، ތަޅައި އަނިޔާ ކުރުން އިތުރުވިއެވެ. އަމިއްލަ ގޭގައި ބޮޑުބޭބެގެ އަޅުންނަށް ވެ ކޮންމެ ދުވަހަކު އެތައް ވޭނެއް ތަހައްމަލު ކުރަން ޖެހެއެވެ. އެންމެ ފަހުން މި ކަންކަމަށް ކެތް ނުކުރެވިގެން ގެއިން ނިކުންނަން ނިންމީމެވެ.

މެންދަންވެ ހަމަ ހިމޭން ވެއްޖެއެވެ. ކޮއްކޮގެ އަތުގައި ހިފައިގެން ގެއިން ބޭރަށް ހިނގައި ގަތީމެވެ. މަގުމަތީގެ ދިރިއުޅުމަކަށް މުޅިން ތަފާތު މާހައުލަކަށެވެ. ކޮންމެ ގޮތެއް ވިޔަސް މިއަށްވުރެ ރަނގަޅުވާނެ ކަމުގެ އުންމީދުގައެވެ. މިހާރު އަހަރެމެން ދެމީހުންގެ މަސައްކަތަކީ ސަލާން ޖެހުމެވެ. ލައިގެން ތިބި ހެދުން ގަނޑު މިލަވެ ކުނިވެއްޖެއެވެ. އަހަރެންގެ ހާލަށް ވުރެ ކޮއްކޮގެ ހާލައިމެދު ވިސްނެއެވެ. މަގުމައްޗާއި އަސްކެނިތަކަކީ މިހާރު އަހަރެމެންގެ ގެއެވެ.
މިގޮތުގައި ދުވަސްތަކެއް ފާއިތުވެ ދިޔައެވެ. އާދައިގެ މަތިން ސަލާން ޖެހުމުގައި އުޅުނީމެވެ. މަޑުކޮށްފައި އޮތް ކާރެއްގެ ތެރޭގައި އިން އަންހެނަކަށް ބޭ އިޚްތިޔާރުގައި އަތްދިއްކޮށްލެވުނެވެ. ކާރުގެ ބިއްލޫރި ގަނޑު ތިރިކޮއްލަމުން އޭނާ ބުންޏެވެ. ސުކޫލަކަށް ނުދަން ހެއްޔެވެ. މަޑުމަޑުން ގިހެއް ލެވި އަހަރެންނަށް ރޯންފެށުނެވެ. އަދި އަހަރެމެންގެ ވާހަކަ އޭނާ އަށް ކިޔައިދިނީމެވެ. އެއަށްފަހު ބައްޕައާއި މަންމަގެ ނަމަކީ ކޮބައިތޯ އޭނާ ސުވާލު ކުރިއެވެ. ބައްޕައަކީ މިވެނި މީހެކޭ ބުނެ ކިޔައިދިނީމެވެ. އެހިނދު ފެންކަޅިވެފައި ހުރެ އަހަރެންނާއި، ކޮށްގެ ގާތު އޭނާ ބުންޏެވެ. “ ކޮއްކޮމެންނޭވެ….ދައްތައަށް މަޢާފު ކުރާށެވެ.“ މިހެން ބުނެފައި އަހަރެމެން ދެމީހުން ކާރަށް އަރުވައިފިއެވެ.
ކާރު މަޑުކުރީ ވަރަށް ރީތި ބޮޑު ގެއްްގެ ގޭޓް ކުރިމައްޗަށެވެ. ކާރުން ފައިބާ ދެމީހުންގެ އަތުގައި ހިފައިގެން އޭނާ ހިނގައި ގަތެވެ. އަދި ބުންޏެވެ. މިއަދުން ފެށިގެން މި ގެއަކީ ތިޔަ ދެކުދިންގެ ގެއެކެވެ. މިއަދަށްފަހު މި ގޭގައި އުޅޭނީ އަހަރެމެން ތިން މީހުނެވެ. އަހަރެންނަށް މައާފު ކުރާށެވެ. މައާފަށް އެދެނީ ކީއްވެ ތޯ އަހަރެމެން ސުވާލެއް ނުކުރަމެވެ. ސުވާލު ކުރަން ޚިޔާލައްވެސް ނާދެއެވެ. އެއަށްވުރެ އަހަރެމެން މާ ކުޑައެވެ. އެ ދުވަހަށް ފަހު އަހަރެމެން އުޅެމުން ދިޔައީ ވަރަށް އުފަލުގައެވެ. ސުލޫގެ ކިޔެވެން ފެށިއްޖެއެވެ. ޓިއުޝަން ކުލާސްތަކާއި ކުޅިވަރު މުބާރާތްތައް ފެށިއްޖެއެވެ. ގެއްލުނު ހުރިހައި އެއްޗެއް ލިބި، މަންމައާއި ބައްގެ ލޯބި ވެސް ލިބޭފަދަ އެވެ. ހަގީގަތުގައި މަންމަ އާއި ބައްޕަ އަށްވުރެ ބޮޑަށް، ދައްތަ އެކަނި ވެސް އަޅައިލާ ލޯބި ދެއެވެ.
ނަމަވެސް މިއަދު މިވާހަކަ މި ހިއްސާ ކުރަނީ ގިސްލަމުންނެވެ. އެދުވަހު ގިސްލަމުން، ދައްތައަށް އަހަރެމެންގެ ހާލު ކިޔައިދިން ފަދައިންނެވެ. އެއީ ކާކު ކަން އެނގުނީ މަރުވެދިޔަ މާފަހުންނެވެ. އެކިފަހަރު މަތިން އެކި ދުވަހު ތަކުރާރުކޮށް މައާފަށް އެދެމުން ދިޔައެވެ. ނަމަވެސް އަހަރެމެން އެކަމަށް އެހައި ސަމާލު ކަމެއް ނުދެމެވެ. މަރުވެ ދިޔައިރުވެސް މައާފު ކޮށްފީމޭ ބުނާ އަޑު އެ ކަންފަތަށް އިއްވައެއް ނުދެވުނެވެ. އަހަރެންގެ މައިންބަފައިން މަރުވީ ދައްތަ ދުއްވި ކާރުން ޖެހި ހިނގި އެކްސިޑެންޓެއްގައެވެ. ނަމަވެސް މަރުވެ އެދިޔައީ މައިންބަފައިންނަށް ވުރެ ބޮޑަށް އަޅާލުމައި އޯގާވެރިވެފައެވެ. ގެއާއި ހުރިހައި މުދަލެއް އަހަރެމެންނަށް ހިބަ ކޮށްދީފައެވެ. ކިޔަވައިދީ އަހަރެމެން ދެކުދިން ރަނގަޅު ގޮތުގައި ބަލައި ބޮޑު ކޮއްފައެވެ. މިއަދު އަހަރެންނަކީ ޕައިލެޓެކެވެ. އަހަރެންގެ ކޮއްކޮއަކީ ޑަކްޓަރެކެވެ. އަހަރެމެން ކޮންފަދަ އިއްތިފާގެއް ހެއްޔެވެ. ކޮންފަދަ ބަދަލެއް ހެއްޔެވެ
👍 0❤️ 0🤗 0😂 0😮 1

ލިޔުންތެރިޔާގެ އިތުރު ލިޔުންތައް

  • ޒަމާނުގެ ލޮލުކޮޅުން ފެނުނު އަމާންކަން ގެއްލިއްޖެއެވެ.

    މުޖުތަމަޢު ބަދަލުވަމުން އަންނަނީ އަބަދުވެސް ޒަމާނާއެކުގައެވެ. ކުރީ ޒަމާނުގައި ދިރިއުޅުން އޮތް ގޮތާއި، މިއަދުގެ ދިރިއުޅުމާ ދެމެދު ވަރަށް ބޮޑެތި ތަފާތުތަކެއް ހުރެއެވެ. ޒަމާނުގެ ލޮލުކޮޅުން ފެންނަން އޮތް، ކުރީގެ މުޖުތަމަޢުތަކުގައި އޮތް އެކުވެރިކަމާއި، އަމާންކަމާއި، ތެދުވެރިކަން މިއަދު މިވަނީ ގެއްލިފައެވެ. މި ބަދަލުތަކުގެ ސަބަބުން މުޖުތަމަޢުގެ އަސާސީ ރޫޙަށް ވަރަށް ބޮޑު އަސަރުތަކެއްކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެޒަމާނުގައި ރަށްރަށާއި އަވަށްޓެރިންގެ މެދުގައި ނުހަނު ގާތް ގުޅުމެއް ބަދަހިވެފައި އޮވެއެވެ. އެކަކު އަނެކަކަށް އެހީތެރިވެ، އުފަލާއި ހިތާމައިގައި ބައިވެރިވެއެވެ….

  • ފާއިތުވެ ދިޔަ ކަންކަމާއި މެދު ނުވިސްނާށެވެ.

    އިންސާނާގެ ދިރިއުޅުމަކީ ވަގުތުގެ މިނާރުގައި ދައުރުވަމުންދާ ދަތުރެކެވެ. މި ދަތުރުގައި އަހަރެމެންނަށް އުފާވެރިކަމާއި، ހިތާމަޔާއި، ނާކާމިޔާބީތަކާއި، ކާމިޔާބީތައް ދިމާވެއެވެ. މި ހުރިހާ ކަމެއްގެ ތެރެއިން އެންމެ ބޮޑަށް އަހަރެމެންގެ ހިތްތަކަށް ބުރަ ބޮޑުކުރާ އެއް ކަމަކީ ފާއިތުވެ ދިޔަ ކަންކަމާއި މެދު ވިސްނުމެވެ. ދިރިއުޅުމުގައި ކުރިއަށް ދިއުމަށްޓަކައި، ފާއިތުވެ ދިޔަ ކަންކަމުގެ ހަނދާންތަކުން ސަލާމަތްވެ، މިހާރުގެ ވަގުތަށް ސަމާލުކަން ދިނުމަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް މުހިންމު ކަމެކެވެ. ފާއިތުވެ ގޮސްފައިވާ ކަންކަމަކީ ބަދަލުކުރެވޭނެ އެއްޗެއް…

  • މަވެސް ރޭޕާއި ދެކޮޅު…

    ކޮންމެ މީހެއްގެ ވެސް ހިތްފަތާއި ގަދަރާއި ޢިއްޒަތެއް ވެއެވެ. މީހެއްގެ ހުއްދަނެތި ގަދަ ކަމުން އެ މީހެއްގެ މުދަލަށް ނުވަތަ ހައްގަކަށް އެހެން މީހަކު އަރައިގަތުމަކީ ފޭރުމެކެވެ. ކޮންމެ މީހަކަށްވެސް ހައްގުތަކެއް ކަނޑައެޅިފައި ވެއެވެ. އަދި ހަމައެއާއި އެކު ހައްދުތަކެއް ކަނޑައެޅިފައި އޮވެއެވެ. ކިތަންމެ ކުޑަނަމަވެސް މީހެއްގެ ހައްގަކަށް އަރައިގަތުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. ޖިނާއީ ބޮޑު ކުށެކެވެ. އަހަރެންގެ ތިޖޫރީގެ ތަޅުދަނޑި ފޮރުވާފައި އޮންނަތަން އެނގުނު ކަމުގައި ވިޔަސް ހުޅުވައިގެން ނުވާނެއެވެ. ތަޅު ނުލާ ހުއްޓަސް…

  • މި ނޫން ގޮތެއް ހަމަ ނެތީތަ…؟

    ހިތްއެދޭ މަގުން ކަން ނުވުމަކީ އިމްތިހާނެކެވެ. ކޮންމެހެން ވެސް ކަމެއް ކާމިޔާބު ކުރަން ނިޔަތްގަނެ، ނުހަނު އުންމީދު ކޮށްގެން އަހަރެމެން ތިބެމުއެވެ. ނަމަވެސް ވަގުތު އައިސް ޖެހޭ ހިނދު ނަތީޖާ މުޅިން އެހެން ގޮތަކަށް ބަދަލު ވެދެއެވެ. މި ކަމުގެ ސަބަބުން މޮޅިވެރި ކަމުގައި ދުވަސްތައް ގުނެން ފެށެއެވެ. އެހިނދު އެއިގެ ކުރިން ލިބިފައިވާ ހުރިހާ ނިޢުމަތްތަކެއް ހަނދާން ނެތޭ ހާލު އަހަރެމެން ބުނަމުއެވެ. ދުވަހަކުވެސް އަހަރެންނަށް ރަނގަޅު ގޮތެއް ނުވެއެވެ. އަބަދުވެސް ވަނީ މިހެންނެވެ. އަހަރެންނަކީ…

  • ދިރިއުޅެވޭނީ ޝަކުވާ އެއްފަރާތް ކޮށްގެންނެވެ.

    ދުނިޔޭގެ ދިރިއުޅުމުގައި ދިވާމާ ކޮންމެ ކަމާއިމެ ޝަކުވާކުރުމަކީ އަހަރެމެންގެ ތެރެއިން ވަރަށް ގިނަބަޔަކު ގަޔާޖައްސައިގެން ކުރާހިތުން ކުރަމުން އަންނަ ކަމެކެވެ. މީހަކު ނުވަތަ ބަޔަކު ކުރާ ކޮންމެ ކަމަކުން، ފެންނަ ކޮންމެ މަންޒަރަކުން، ހިތްހަމަނުޖެހޭ ނުވަތަ ހިތްޕުޅާނުވާ ކޮންމެވެސް ކަމެއް އަބަދުވެސް އެމީހުން ހޯދާނެއެވެ. ގުދުރަތީގޮތުން ދިމާވާ ކަންކަމުގެ ސަބަބުން ކުރިމަތިވާ ދަތިއުނދަގުލެއް ކަމުގައި ވީ ނަމަވެސް ކޮންމެވެސް މީހަކަށް އެކަން މަތިކުރެއެވެ. އުމުރުން ދުވަސް ވާވަރަކަށް ދާވަރަކަށް، މިކަން އާދަވެ ހުއްޓާއިނުލެވޭވަރަށް ކަށީގާއިހިފައެވެ. އެހިސާބުން އެއީ…

  • އާދޭސް އަހާނު ތޯއެވެ.

    މާލޭގެ ހަތަރުފާރުން ބޭރު ނުވަތަ ދިވެހި ރާއްޖޭގެ އަސްދަނޑިން ބޭރު ނުފެންނަނީ ހެއްޔެވެ. އެއަށްވުރެ ބޭރަށް ތިބާގެ ވިސްނުން ފަހެ ދަތުރު ނުކުރަނީހެއްޔެވެ. ނޫންނަމަ ހިތަށް ހަމަ އަސަރެއް ނުކުރަނީ ހެއްޔެވެ. ތިޔަ ހިތުގައި ރަހުމެއް ނެތީހެއްޔެވެ. އުންމަތަށްޓަކައި ތިޔަ ހިތުގައި ހަމަ އެންމެ ވިންދެއްވެސް ޖަަހައި ނުލަނީހެއްޔެވެ. ވޭނާއި ކެކުޅުމުގެ ކަނޑެއްގައި އެއްބަޔަކު ގަރަގުވަމުން ދާއިރު، އަނެއްބަޔަކު ބަނޑުހައިހޫނުކަމާއި ނިކަމެތި ކަމުގައި މަރުވަނީއެވެ. ފަހެ ތިބާއަށް މިކަމުގައި ފަރަގެއް ނުވޭ ތޯއެވެ. ނޫނެކެވެ. ފެނެއެވެ. އަޑުއިވެއެވެ….