އާދޭސް އަހާނު ތޯއެވެ.

މާލޭގެ ހަތަރުފާރުން ބޭރު ނުވަތަ ދިވެހި ރާއްޖޭގެ އަސްދަނޑިން ބޭރު ނުފެންނަނީ ހެއްޔެވެ. އެއަށްވުރެ ބޭރަށް ތިބާގެ ވިސްނުން ފަހެ ދަތުރު ނުކުރަނީހެއްޔެވެ. ނޫންނަމަ ހިތަށް ހަމަ އަސަރެއް ނުކުރަނީ ހެއްޔެވެ. ތިޔަ ހިތުގައި ރަހުމެއް ނެތީހެއްޔެވެ. އުންމަތަށްޓަކައި ތިޔަ ހިތުގައި ހަމަ އެންމެ ވިންދެއްވެސް ޖަަހައި ނުލަނީހެއްޔެވެ. ވޭނާއި ކެކުޅުމުގެ ކަނޑެއްގައި އެއްބަޔަކު ގަރަގުވަމުން ދާއިރު، އަނެއްބަޔަކު ބަނޑުހައިހޫނުކަމާއި ނިކަމެތި ކަމުގައި މަރުވަނީއެވެ. ފަހެ ތިބާއަށް މިކަމުގައި ފަރަގެއް ނުވޭ ތޯއެވެ.

ނޫނެކެވެ. ފެނެއެވެ. އަޑުއިވެއެވެ. ތިޔަ ހުރިހާ މަންޒަރުތަކެއް ވެސް ފެނެއެވެ. އަސަރުވެސް ކުރެއެވެ. ހިތުގައި ރަހުމުވެސް ވެއެވެ. އުންމަތަށްޓަކައި މިހިތުގައި ނިކަން ބާރަށް ވިންދުވެސް ޖަހައެވެ. އަނިޔާވެރިކަމުގެ ކަނޑުގައި ގަރަގުވަމުން ދާއިރު އޯގާތެރި ވުމަށްޓަކައި އަހަރެންގެ އަތް ދިއްކުރަން ބޭނުމެވެ. ހިކިވެ އަނަރޫފަ ވެފައިވާ ކަރުތައް ފެންފޮދަކުން ތެންމާލަދޭން ބޭނުންވެޔެވެ. ދެފުށް ތަތްލާފައި ވާ ބަނޑުތައް ފުރާލަދޭން ވެސް ބޭނުންވެޔެވެ. އިންތިހާޔަށް ބޭނުންވެއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ. އަހުރެން މިހުރީ މާދުރުގައެވެ. ވަރަށް ދުރުގައެވެ. އަހުރެނަށް މައާފު ކުރާށެވެ.
ތިޔަވާހަކަ ގަބޫލު ކުރަމެވެ. ކިތަންމެ ދުރުގައި ވިޔަސް އެހީ ވެވިދާނެއެވެ. އަހަރުމެންގެ ހައްގުގައި ކިތަންމެ ކަމެއް ކޮށްދެވިދާނެއެވެ. ކުރިއަށް މިދަނީ މާތްވެގެން ވާ ރޯދަމަހެވެ. ކޮންމެ ދުވަހަކު ކުނިވަށިގަނޑަށް ކިހާ ކާއެއްޗެއް އަޅަމުހެއްޔެވެ. ރޯދަ ވިއްލުމުގެ ނަމުގައި ނަން ހުސްކޮށް ސުފުރާމަތީގައި އަތުރާލަމެއް ނޫންހެއްޔެވެ. އޭގެ ތެރެއިން ގިނަ އެއްޗެހި އުކާލަނީ ނޫންހެއްޔެވެ. ކިހާ ބޮޑު އިސްރާފެއް ތޯއެވެ. ކިހާ ބޮޑު ފާފައެއް ތޯއެވެ. އަހަރުމެންގެ މަތިން ހަނދާން ވާ ނަމަ، ތިޔަ ހިތުގައި ރަހުމެއް ވާ ނަމަ، އަހަރުމެންގެ ތަސްވީރުތައް ފެނި ތިޔަ ދެލޯ ފެންކަޅި ވާ ނަމަ ހަމަ ޔަގީނެވެ. އިސްރާފެއް ނުކުރާނެވެ. އަހަރުމެންނަށްޓަކައި ދުޢާ ކޮށްދޭށެވެ. އަހަރުމެން މިތިބީ ވަރަށް ޙާލުގައެވެ. ކާއެއްޗެއް ނުލިބޭތާ ފެންފޮދެއް ވެސް ނުލިބެއެވެ. ކަރު ހިކިއްޖެއެވެ. އަރު ބެދިއްޖެއެވެ. ރޮއިރޮއި ދެލޮލުން ކަރުނަވެސް ހިކިއްޖެއެވެ. ވަރުބަލިވެ ހަށިގަނޑުގައި ރޯލާނެ ވަރުވެސް މިހާރަކު ނެތެވެ. ދުއާކޮށް ދޭށެވެ. އިސްރާފު ނުކުރާށެވެ. އާދޭސްކޮށްފައި ބުނަމެވެ. އަހަރުމެންގެ މިވޭނީ އާދޭސް ތިބާގެ އަޚާއަށްވެސް ފޯރުކޮށް ދޭށެވެ. ތިޔަ އެންމެހާއި ލޮބުވެތި މުސްލިމުންގެ ދުއާ އަހަރުމެންގެ މައްޗަށް ވާ ރަހުމަތެއް ކަމުގައި މިންވަރު ކުރައްވާށިއެވެ.

👍 0❤️ 0🤗 0😂 0😮 0

ލިޔުންތެރިޔާގެ އިތުރު ލިޔުންތައް

  • ޒަމާނުގެ ލޮލުކޮޅުން ފެނުނު އަމާންކަން ގެއްލިއްޖެއެވެ.

    މުޖުތަމަޢު ބަދަލުވަމުން އަންނަނީ އަބަދުވެސް ޒަމާނާއެކުގައެވެ. ކުރީ ޒަމާނުގައި ދިރިއުޅުން އޮތް ގޮތާއި، މިއަދުގެ ދިރިއުޅުމާ ދެމެދު ވަރަށް ބޮޑެތި ތަފާތުތަކެއް ހުރެއެވެ. ޒަމާނުގެ ލޮލުކޮޅުން ފެންނަން އޮތް، ކުރީގެ މުޖުތަމަޢުތަކުގައި އޮތް އެކުވެރިކަމާއި، އަމާންކަމާއި، ތެދުވެރިކަން މިއަދު މިވަނީ ގެއްލިފައެވެ. މި ބަދަލުތަކުގެ ސަބަބުން މުޖުތަމަޢުގެ އަސާސީ ރޫޙަށް ވަރަށް ބޮޑު އަސަރުތަކެއްކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެޒަމާނުގައި ރަށްރަށާއި އަވަށްޓެރިންގެ މެދުގައި ނުހަނު ގާތް ގުޅުމެއް ބަދަހިވެފައި އޮވެއެވެ. އެކަކު އަނެކަކަށް އެހީތެރިވެ، އުފަލާއި ހިތާމައިގައި ބައިވެރިވެއެވެ….

  • ފާއިތުވެ ދިޔަ ކަންކަމާއި މެދު ނުވިސްނާށެވެ.

    އިންސާނާގެ ދިރިއުޅުމަކީ ވަގުތުގެ މިނާރުގައި ދައުރުވަމުންދާ ދަތުރެކެވެ. މި ދަތުރުގައި އަހަރެމެންނަށް އުފާވެރިކަމާއި، ހިތާމަޔާއި، ނާކާމިޔާބީތަކާއި، ކާމިޔާބީތައް ދިމާވެއެވެ. މި ހުރިހާ ކަމެއްގެ ތެރެއިން އެންމެ ބޮޑަށް އަހަރެމެންގެ ހިތްތަކަށް ބުރަ ބޮޑުކުރާ އެއް ކަމަކީ ފާއިތުވެ ދިޔަ ކަންކަމާއި މެދު ވިސްނުމެވެ. ދިރިއުޅުމުގައި ކުރިއަށް ދިއުމަށްޓަކައި، ފާއިތުވެ ދިޔަ ކަންކަމުގެ ހަނދާންތަކުން ސަލާމަތްވެ، މިހާރުގެ ވަގުތަށް ސަމާލުކަން ދިނުމަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް މުހިންމު ކަމެކެވެ. ފާއިތުވެ ގޮސްފައިވާ ކަންކަމަކީ ބަދަލުކުރެވޭނެ އެއްޗެއް…

  • މާފު ކުރާށެވެ…

    މިއީ އަހަރެންނާއި، އަހަރެންގެ ކޮއްކޮގެ ވާހަކައެވެ. އަހަރެމެން ވަރަށް ކުޑައިރު، ކާރު އެކްސިޑެންޓެއްގައި މަންމައާއި ބައްޕަ ނިޔާވިއެވެ. ދިރިއުޅުމުގެ ހުރިހައި ޒިންމާއެއް ނަގައިދޭނެ ކަމުގައި ބުނެ ބައްޕަގެ ހުރިހައި މުދަލާއި، ފައިސާ ބޮޑުބޭބެ އަތްދަށުލިއެވެ. ބައްޕައަކީ އެ ހިސާބު އުޅޭ އެންމެ މުއްސަނދި މީހުންގެ ތެރެއިން އެކަކެވެ. ބޮޑުބޭބެ ގެ ބެލުމުގެ ދަށުގައި ދިރިއުޅެމުން ދިޔައިމެވެ. ދުވަސްތަކެއް ފަހުން، ސުކޫލްގެ ފީ ދެއްކޭނެ ގޮތެއް ނެތިގެން ކިޔެވުން ހުއްޓައިލަން ޖެހުނެވެ. ޓިއުޝަން ވެސް ހުއްޓިއްޖެއެވެ. މައިންބަފައިންގެ ކަށި…

  • މަވެސް ރޭޕާއި ދެކޮޅު…

    ކޮންމެ މީހެއްގެ ވެސް ހިތްފަތާއި ގަދަރާއި ޢިއްޒަތެއް ވެއެވެ. މީހެއްގެ ހުއްދަނެތި ގަދަ ކަމުން އެ މީހެއްގެ މުދަލަށް ނުވަތަ ހައްގަކަށް އެހެން މީހަކު އަރައިގަތުމަކީ ފޭރުމެކެވެ. ކޮންމެ މީހަކަށްވެސް ހައްގުތަކެއް ކަނޑައެޅިފައި ވެއެވެ. އަދި ހަމައެއާއި އެކު ހައްދުތަކެއް ކަނޑައެޅިފައި އޮވެއެވެ. ކިތަންމެ ކުޑަނަމަވެސް މީހެއްގެ ހައްގަކަށް އަރައިގަތުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. ޖިނާއީ ބޮޑު ކުށެކެވެ. އަހަރެންގެ ތިޖޫރީގެ ތަޅުދަނޑި ފޮރުވާފައި އޮންނަތަން އެނގުނު ކަމުގައި ވިޔަސް ހުޅުވައިގެން ނުވާނެއެވެ. ތަޅު ނުލާ ހުއްޓަސް…

  • ދިރިއުޅެވޭނީ ޝަކުވާ އެއްފަރާތް ކޮށްގެންނެވެ.

    ދުނިޔޭގެ ދިރިއުޅުމުގައި ދިވާމާ ކޮންމެ ކަމާއިމެ ޝަކުވާކުރުމަކީ އަހަރެމެންގެ ތެރެއިން ވަރަށް ގިނަބަޔަކު ގަޔާޖައްސައިގެން ކުރާހިތުން ކުރަމުން އަންނަ ކަމެކެވެ. މީހަކު ނުވަތަ ބަޔަކު ކުރާ ކޮންމެ ކަމަކުން، ފެންނަ ކޮންމެ މަންޒަރަކުން، ހިތްހަމަނުޖެހޭ ނުވަތަ ހިތްޕުޅާނުވާ ކޮންމެވެސް ކަމެއް އަބަދުވެސް އެމީހުން ހޯދާނެއެވެ. ގުދުރަތީގޮތުން ދިމާވާ ކަންކަމުގެ ސަބަބުން ކުރިމަތިވާ ދަތިއުނދަގުލެއް ކަމުގައި ވީ ނަމަވެސް ކޮންމެވެސް މީހަކަށް އެކަން މަތިކުރެއެވެ. އުމުރުން ދުވަސް ވާވަރަކަށް ދާވަރަކަށް، މިކަން އާދަވެ ހުއްޓާއިނުލެވޭވަރަށް ކަށީގާއިހިފައެވެ. އެހިސާބުން އެއީ…

  • މި ނޫން ގޮތެއް ހަމަ ނެތީތަ…؟

    ހިތްއެދޭ މަގުން ކަން ނުވުމަކީ އިމްތިހާނެކެވެ. ކޮންމެހެން ވެސް ކަމެއް ކާމިޔާބު ކުރަން ނިޔަތްގަނެ، ނުހަނު އުންމީދު ކޮށްގެން އަހަރެމެން ތިބެމުއެވެ. ނަމަވެސް ވަގުތު އައިސް ޖެހޭ ހިނދު ނަތީޖާ މުޅިން އެހެން ގޮތަކަށް ބަދަލު ވެދެއެވެ. މި ކަމުގެ ސަބަބުން މޮޅިވެރި ކަމުގައި ދުވަސްތައް ގުނެން ފެށެއެވެ. އެހިނދު އެއިގެ ކުރިން ލިބިފައިވާ ހުރިހާ ނިޢުމަތްތަކެއް ހަނދާން ނެތޭ ހާލު އަހަރެމެން ބުނަމުއެވެ. ދުވަހަކުވެސް އަހަރެންނަށް ރަނގަޅު ގޮތެއް ނުވެއެވެ. އަބަދުވެސް ވަނީ މިހެންނެވެ. އަހަރެންނަކީ…