މި ނޫން ގޮތެއް ހަމަ ނެތީތަ…؟

ހިތްއެދޭ މަގުން ކަން ނުވުމަކީ އިމްތިހާނެކެވެ. ކޮންމެހެން ވެސް ކަމެއް ކާމިޔާބު ކުރަން ނިޔަތްގަނެ، ނުހަނު އުންމީދު ކޮށްގެން އަހަރެމެން ތިބެމުއެވެ. ނަމަވެސް ވަގުތު އައިސް ޖެހޭ ހިނދު ނަތީޖާ މުޅިން އެހެން ގޮތަކަށް ބަދަލު ވެދެއެވެ. މި ކަމުގެ ސަބަބުން މޮޅިވެރި ކަމުގައި ދުވަސްތައް ގުނެން ފެށެއެވެ. އެހިނދު އެއިގެ ކުރިން ލިބިފައިވާ ހުރިހާ ނިޢުމަތްތަކެއް ހަނދާން ނެތޭ ހާލު އަހަރެމެން ބުނަމުއެވެ. ދުވަހަކުވެސް އަހަރެންނަށް ރަނގަޅު ގޮތެއް ނުވެއެވެ. އަބަދުވެސް ވަނީ މިހެންނެވެ. އަހަރެންނަކީ ހާދަހާ ނަސީބު ދެެރަ މީކެވެ. ދުނިޔޭގައު ހުރުމުގެ ބޭނުމެއް ނެތެވެ.

ހުރިހައި ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެން ވާ ފަރާތެއް ވެއެވެ. އެއީ ހުރިހާ އިންސާނުނަށް މަގުދައްކަވާ ފަރާތެވެ. އެފަރާތުން އެއްވެސް އިންސާނަކަށް ދެރަގޮތެއް މިންވަރު ނުކުރައްވަތެވެ. ހަނދާނުގައި ބަހައްޓަން ވީ މި ޖުމުލައެވެ. އިތުބާރު ކުރަންވީ އެފަރާތުން ދެރަ ގޮތެއް މިންވަރު ނުކުރައްވާނެ ކަމެވެ. ޔަގީން ކުރާންވީ ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަނގަޅަށް ކަމެވެ. މި ޢިތުބާރު ހިތުގައި ބިންވަޅު ނަގާލެވިއްޖެނަމަ، ކުރިން ދެންނެވި ހުރިހައި ޝަކުވާއެއްގެ ޖަވާބު ލިބޭނެއެވެ. ހިތްއެދޭ ގޮތަށް ކަންކަން ނުވުމަކީ ދެރަ ގޮތް ވުމެއް ނޫނެވެ. ހިތް އެދޭ ގޮތަށް ކަންކަން ވެއްޖެ ނަމަ އެއިން ނިކުންނާނެ ނަތީޖާވެސް އަހަރެމެން ނަކަށް ނޭނގެއެވެ. ވީމާ މި ހުރިހައި ކަމެއް ދެނެވޮޑިގެންވާ ފަރާތުން ކަމެއް ނިންމެވީމާ އެއިގެ މައްޗަށް އަމިއްލަ އެދުން އިސް ނުކުރާށެވެ. އެއީ އެންމެ މޮޅަށް ހުރިހާ ކަމެއް ރާއްވަވާ އިލާހެވެ. މިކަން ޤަބޫލު ކުރާ ނަމަ ރަހުމަތްތެރިންނާއި މިކަން ހިތްސާ ކުރައްވާ، ހެޔޮ ބަހެއް އިވުމުގެ ފުރުސަތު ފަހި ކޮށްދޭށެވެ. ދުނިޔޭގައިވެސް ހެޔޮކަން އަދި އާޚިރާތުގައިވެސް ހެޔޮކަން ދެއްވާ ނަރަކައިގެ ޢަޒާބުން އަޅަމެން ދިންނަވައިފާން ދޭވެ…… އާމީން

👍 0❤️ 0🤗 0😂 0😮 0

ލިޔުންތެރިޔާގެ އިތުރު ލިޔުންތައް

  • ޒަމާނުގެ ލޮލުކޮޅުން ފެނުނު އަމާންކަން ގެއްލިއްޖެއެވެ.

    މުޖުތަމަޢު ބަދަލުވަމުން އަންނަނީ އަބަދުވެސް ޒަމާނާއެކުގައެވެ. ކުރީ ޒަމާނުގައި ދިރިއުޅުން އޮތް ގޮތާއި، މިއަދުގެ ދިރިއުޅުމާ ދެމެދު ވަރަށް ބޮޑެތި ތަފާތުތަކެއް ހުރެއެވެ. ޒަމާނުގެ ލޮލުކޮޅުން ފެންނަން އޮތް، ކުރީގެ މުޖުތަމަޢުތަކުގައި އޮތް އެކުވެރިކަމާއި، އަމާންކަމާއި، ތެދުވެރިކަން މިއަދު މިވަނީ ގެއްލިފައެވެ. މި ބަދަލުތަކުގެ ސަބަބުން މުޖުތަމަޢުގެ އަސާސީ ރޫޙަށް ވަރަށް ބޮޑު އަސަރުތަކެއްކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެޒަމާނުގައި ރަށްރަށާއި އަވަށްޓެރިންގެ މެދުގައި ނުހަނު ގާތް ގުޅުމެއް ބަދަހިވެފައި އޮވެއެވެ. އެކަކު އަނެކަކަށް އެހީތެރިވެ، އުފަލާއި ހިތާމައިގައި ބައިވެރިވެއެވެ….

  • ފާއިތުވެ ދިޔަ ކަންކަމާއި މެދު ނުވިސްނާށެވެ.

    އިންސާނާގެ ދިރިއުޅުމަކީ ވަގުތުގެ މިނާރުގައި ދައުރުވަމުންދާ ދަތުރެކެވެ. މި ދަތުރުގައި އަހަރެމެންނަށް އުފާވެރިކަމާއި، ހިތާމަޔާއި، ނާކާމިޔާބީތަކާއި، ކާމިޔާބީތައް ދިމާވެއެވެ. މި ހުރިހާ ކަމެއްގެ ތެރެއިން އެންމެ ބޮޑަށް އަހަރެމެންގެ ހިތްތަކަށް ބުރަ ބޮޑުކުރާ އެއް ކަމަކީ ފާއިތުވެ ދިޔަ ކަންކަމާއި މެދު ވިސްނުމެވެ. ދިރިއުޅުމުގައި ކުރިއަށް ދިއުމަށްޓަކައި، ފާއިތުވެ ދިޔަ ކަންކަމުގެ ހަނދާންތަކުން ސަލާމަތްވެ، މިހާރުގެ ވަގުތަށް ސަމާލުކަން ދިނުމަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް މުހިންމު ކަމެކެވެ. ފާއިތުވެ ގޮސްފައިވާ ކަންކަމަކީ ބަދަލުކުރެވޭނެ އެއްޗެއް…

  • މާފު ކުރާށެވެ…

    މިއީ އަހަރެންނާއި، އަހަރެންގެ ކޮއްކޮގެ ވާހަކައެވެ. އަހަރެމެން ވަރަށް ކުޑައިރު، ކާރު އެކްސިޑެންޓެއްގައި މަންމައާއި ބައްޕަ ނިޔާވިއެވެ. ދިރިއުޅުމުގެ ހުރިހައި ޒިންމާއެއް ނަގައިދޭނެ ކަމުގައި ބުނެ ބައްޕަގެ ހުރިހައި މުދަލާއި، ފައިސާ ބޮޑުބޭބެ އަތްދަށުލިއެވެ. ބައްޕައަކީ އެ ހިސާބު އުޅޭ އެންމެ މުއްސަނދި މީހުންގެ ތެރެއިން އެކަކެވެ. ބޮޑުބޭބެ ގެ ބެލުމުގެ ދަށުގައި ދިރިއުޅެމުން ދިޔައިމެވެ. ދުވަސްތަކެއް ފަހުން، ސުކޫލްގެ ފީ ދެއްކޭނެ ގޮތެއް ނެތިގެން ކިޔެވުން ހުއްޓައިލަން ޖެހުނެވެ. ޓިއުޝަން ވެސް ހުއްޓިއްޖެއެވެ. މައިންބަފައިންގެ ކަށި…

  • މަވެސް ރޭޕާއި ދެކޮޅު…

    ކޮންމެ މީހެއްގެ ވެސް ހިތްފަތާއި ގަދަރާއި ޢިއްޒަތެއް ވެއެވެ. މީހެއްގެ ހުއްދަނެތި ގަދަ ކަމުން އެ މީހެއްގެ މުދަލަށް ނުވަތަ ހައްގަކަށް އެހެން މީހަކު އަރައިގަތުމަކީ ފޭރުމެކެވެ. ކޮންމެ މީހަކަށްވެސް ހައްގުތަކެއް ކަނޑައެޅިފައި ވެއެވެ. އަދި ހަމައެއާއި އެކު ހައްދުތަކެއް ކަނޑައެޅިފައި އޮވެއެވެ. ކިތަންމެ ކުޑަނަމަވެސް މީހެއްގެ ހައްގަކަށް އަރައިގަތުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. ޖިނާއީ ބޮޑު ކުށެކެވެ. އަހަރެންގެ ތިޖޫރީގެ ތަޅުދަނޑި ފޮރުވާފައި އޮންނަތަން އެނގުނު ކަމުގައި ވިޔަސް ހުޅުވައިގެން ނުވާނެއެވެ. ތަޅު ނުލާ ހުއްޓަސް…

  • ދިރިއުޅެވޭނީ ޝަކުވާ އެއްފަރާތް ކޮށްގެންނެވެ.

    ދުނިޔޭގެ ދިރިއުޅުމުގައި ދިވާމާ ކޮންމެ ކަމާއިމެ ޝަކުވާކުރުމަކީ އަހަރެމެންގެ ތެރެއިން ވަރަށް ގިނަބަޔަކު ގަޔާޖައްސައިގެން ކުރާހިތުން ކުރަމުން އަންނަ ކަމެކެވެ. މީހަކު ނުވަތަ ބަޔަކު ކުރާ ކޮންމެ ކަމަކުން، ފެންނަ ކޮންމެ މަންޒަރަކުން، ހިތްހަމަނުޖެހޭ ނުވަތަ ހިތްޕުޅާނުވާ ކޮންމެވެސް ކަމެއް އަބަދުވެސް އެމީހުން ހޯދާނެއެވެ. ގުދުރަތީގޮތުން ދިމާވާ ކަންކަމުގެ ސަބަބުން ކުރިމަތިވާ ދަތިއުނދަގުލެއް ކަމުގައި ވީ ނަމަވެސް ކޮންމެވެސް މީހަކަށް އެކަން މަތިކުރެއެވެ. އުމުރުން ދުވަސް ވާވަރަކަށް ދާވަރަކަށް، މިކަން އާދަވެ ހުއްޓާއިނުލެވޭވަރަށް ކަށީގާއިހިފައެވެ. އެހިސާބުން އެއީ…

  • އާދޭސް އަހާނު ތޯއެވެ.

    މާލޭގެ ހަތަރުފާރުން ބޭރު ނުވަތަ ދިވެހި ރާއްޖޭގެ އަސްދަނޑިން ބޭރު ނުފެންނަނީ ހެއްޔެވެ. އެއަށްވުރެ ބޭރަށް ތިބާގެ ވިސްނުން ފަހެ ދަތުރު ނުކުރަނީހެއްޔެވެ. ނޫންނަމަ ހިތަށް ހަމަ އަސަރެއް ނުކުރަނީ ހެއްޔެވެ. ތިޔަ ހިތުގައި ރަހުމެއް ނެތީހެއްޔެވެ. އުންމަތަށްޓަކައި ތިޔަ ހިތުގައި ހަމަ އެންމެ ވިންދެއްވެސް ޖަަހައި ނުލަނީހެއްޔެވެ. ވޭނާއި ކެކުޅުމުގެ ކަނޑެއްގައި އެއްބަޔަކު ގަރަގުވަމުން ދާއިރު، އަނެއްބަޔަކު ބަނޑުހައިހޫނުކަމާއި ނިކަމެތި ކަމުގައި މަރުވަނީއެވެ. ފަހެ ތިބާއަށް މިކަމުގައި ފަރަގެއް ނުވޭ ތޯއެވެ. ނޫނެކެވެ. ފެނެއެވެ. އަޑުއިވެއެވެ….