ޓެރަރިސްޓު އަބޫ ލޫލޫ: ސޫދާންގައި ބިރުވެރި ގަތުލުއާމެއް

ޓެރަރިސްޓު އަބޫ ލޫލޫ: ސޫދާންގައި ބިރުވެރި ގަތުލުއާމެއް

ދާރުފޫރުގައި ޓެރަރިސްޓް ހަމަލާތައް ހިންގާ ފީލްޑް ކޮމާންޑަރެއް ކަމަށްވާ އަބޫ ލޫލޫ އޭނާ ރަހުމުކުޑަ ކަމާއެކު މީހުން މެރުމުގައި މީޑިއާގެ ސުރުހީތަކަށް އަރާ، ސޫދާނުގެ ރައްޔިތުން ބޮޑު ބިރުވެރި ކަމަކަށް ވައްޓާލާފައިވާ މި މީހާއަކީ ކާކު ހެއްޔެވެ؟

ދާރުފޫރުގެ އަލް ފަޝަރް ސިޓީގައި ގަތުލުއާމު ހިންގަމުންދާ ފީލްޑް ކޮމާންޑަރު އަބޫ ލޫލޫގެ ނަމަކީ ފަތޭހް އަބްދުﷲ އިދްރީސް (އަބޫ ލޫލޫ) އެވެ. މީނައަކީ އެކި ތަންތަނަށް ދަތުރު ކުރަމުންދިޔަ ނުދަންނަ ހަނގުރާމަވެރިއެކެވެ. ލޯކަލް ރިޕޯޓުތަކުން އެނގޭ ގޮތުގައި އަބޫ ލޫލޫ ބޮޑުވީ ދާރުފޫރުގައި ހަތިޔާރު އެޅި ޖަމާއަތްތަކުގެ ތެރޭގައި ކަމަށާއި، އޭނާ އަކީ ވަރުގަދަ ހަނގުރާމަވެރިއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މީހެކެވެ.

ސޫދާނުގައި އަބޫ ލޫލޫ ހިންގި ކަމަށް ތުހުމަތު ކުރެވޭ ޖަރީމާތައް ދައްކުވައިދޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން ދެއެވެ. އޭގެ ތެރެއިން ބައެއް ވީޑިއޯތަކުގައި އޭނާ ރަހީނުކޮއްފައިވާ އާންމުންނާ ވާހަކަ ދައްކާ މަންޒަރުތައް ވެސް ހިމެނެއެވެ. މިދިޔަ އަހަރުގެ އޯގަސްޓް މަހު އެލް ފަޝަރްގައި ހަތިޔާރެއް ނެތް މީހެއްގެ ގަޔަށް ބަޑި ޖަހާ މަންޒަރު ފެންނަ ވީޑިއޯއެއް އެންމެ ފުރަތަމަ ވަނީ ވައިރަލް ވެފައެވެ. އެހެން ނަމަވެސް އޭގެފަހުން މިހާރު ގިނަ އަދަދެއްގެ ހަތިޔާރުނެއް އާމުން މަރަމުންދާ ވީޑިއޯތައް ދައުރުވަމުން ދެއެވެ.

އަބޫ ލޫލޫ އަކީ އާރު އެސް އެފް ގެ ކޮމާންޑަރ އެކެވެ. އޭނަގެ ކޮމާންޑުކަމުގެ ދަށުގައި އޮންނަ ގުރޫޕަކީ އާރު އެސް އެފް ގެ އެންމެ އަނިޔާވެރި އަދި ރަހުމުކުޑަ ގޮތުގައި ސޫދާނުގެ މުސްލިމުން މަރަމުންދާ ގުރޫޕެވެ.

އެމީހުންގެ ރަހުންކުޑަކަން ހުރި މިންވަރަކީ ދިރިހުއްޓާ މީހުން ވަޅުލުމާއި ، ކައްވަޅު ކޮނެ އެ ކައްވަޅަށް އެރުވާފަ މަރާލުމާއި ، ފަހަތައް 2 އަތް ބަނދެފައި އަތުގައި ވާޖަހާފަ ގަސްގަހުގައި އެލުވާ ކޮނޑުހުޅުން ނެއްޓި މަރުވަންދެން އެގޮތައް ދޫކޮއްލުން ހިމެނެއެވެ.

ދާދި ފަހުން ޝާއިއުކުރި ވީޑިއޯ ކްލިޕްތަކުގެ ތެރެއިން އެއް ކްލިޕްގައި އަބޫ ލޫލޫ ވަނީ 900 މީހުން މަރާލާފައިވާ ކަމަށް ބުނެފައެވެ. މި ޖަމާޢަތުން ދުވާލެއްގެ މައްޗައް 2000 މީހުން މަރާލާފައިވާ ކަމަށްވެސް ބައެއް މީޑިއާ ރިޕޯޓްތައް ހެކިދެއެވެ. އާރްއެސްއެފްގެ ލީޑާޝިޕުން ވަނީ އަބޫ ލޫލޫ ހިންގި ހަނގުރާމައިގެ ޖަރީމާ ތަކަކީ އެ ޖަމާއަތުން ބަލައިގަންނަ ކަމެއް ނޫންކަމަށްބުނެ ހައްޔަރު ކޮށްފައެވެ.

އަބޫ ލޫލޫ އިނގިލީގައިވާ އަނގޮޓި

އެއީ އުސްމާނީ ދައުލަތް އުފެދުމުގައި މެދުވެރިވި “އެރްތޫރުލް ޣާޒީގެ” ގަބީލާ ކަމުގައި ވާ “ކައި ބޮޔޫ” ނުވަތަ ކައި ޓްރައިބް ގެ ރަމްޒު ދައްކުވައިދޭ އަނގޮޓިއެއް.

މި އަނިޔާވެރި ދީނެއް ގޮތެއް ފޮތެއް ނެތް މީހުން ހީކުރަނީ މި މީހުންނަކީ އިންސާނިއްޔަތު ސަލާމަތްކޮށްދޭ ބައެއް ކަމުގައި ހެއްޔެވެ؟!

އެމީހުން ހީކުރަނީ އެމީހުންނަކީ އެރްތޫރޫލް ގާޒީ ފަދަ އިސްލާމީ ފުތޫޙާތްތަކާއި އަދި ޚިލާފަތަށް މަސައްކަތްކުރާ ބައެއް ކަމަށް ހެއްޔެވެ؟!. މިފަދަ ގޮތެއް ފޮތެއްނެއް މުސްލިމުންގެ އަދުއްވުން މުސްލިމުންނަށް އެނގެންޖެހެއެވެ.

👍 2❤️ 1🤗 2😂 0😮 2

ލިޔުންތެރިޔާގެ އިތުރު ލިޔުންތައް