ދިރޭރަހަ އެކުލެވޭ ވެކްސިން ކުޑަކުދިންނާއި މާބަނޑު މީހުން ގަޔަށް ޖެހުން އެމެރިކާގައި މަނާކޮއްފި

 

ވިހަ މާއްދާއެއް ކަމަށްވާ ދިރޭރަހަ ނުވަތަ މާކިއުރީ އަޅާފައިވާ ވެކްސިން ދިނުން އެމެރިކާއިން މުޅިން ހުއްޓާލައިފިކަމަށް އެމެރިކާގެ ސިއްހަތާ ބެހޭ ވަޒީރު ކެނެޑީ ބުނެފި. ކެނެޑީ މިހެން ބުނެފައި ވަނީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހެލްތް އެންޑް ހިއުމަން ސަރވިސަސް ގައި ނޫސްވެރިންނާއި ބައްދަލު ކުރައްވާ ދެއްކި ވާހަކައިގައެވެ.

ސިކުނޑިއަށް އަނިޔާދޭ މި ނުރައްކާތެރި ވިހަމާއްދާ ދުނިޔޭގެ އެއްވެސް ހިސާބެއްގައި ކުޑަކުދިންނަށް ކުރިމަތިވިޔަ ނުދިނުމަށްޓަކައި ސިއްހަތާ ބެހޭ އެންމެހާ އިދާރާތަކުންވެސް މިފަދައިން އަމަލުކުރުމަށް ކެނެޑީ ގޮވާލާފައިވެއެވެ. އެއްވެސް އިންސާނެއް ދިރޭރަހައިގެ ނުރައްކަލަށް ކުރިމަތި ކުރެވިގެން ނުވާނެކަމަށްވެސް ކެނެޑީ ބުނެފައިވެއެވެ.

ދިރޭރަހައަކީ އޭގެ ރައްކާތެރިކަން ބެލުމަށް އެއްވެސް އިރެއްގައި ތަހުލީލު ކޮއްފައިވާ އެއްޗެއްނޫން ކަމަށާއި، މި މާއްދާ އުފައްދާ ކުންފުނީގެ ލިޔުމުގައިވެސް މީ ނުރައްކާތެރި އެއްޗެއްކަން ފާހަގަ ކޮއްފައިވާ ކަމަށް ކެނެޑީ ބުނެފައިވެއެވެ.

މިނަމާޓާ ކޮންވެންސަން ގެ ދަށުން ދިރޭރަހަ އެކުލެވޭ ބޮކި، އަދި ޒީނަތްތެރިވުމަށް ބޭނުންކުރެވޭ ތަކެތި ނައްތާލުމަށް ބުނާއިރު އެންމެ ނާޒުކު ބައެއް ކަމަށްވާ ތުއްތު ކުދިންނާއި މާބަނޑު މީހުންގެ ގަޔަށް ޖަހާ ވެކްސިންގަ ދިރޭރަހަ އެކުލެވޭގޮތައް އޮތުން ވަނީ އިސްތިސްނާ ކޮއްފައިކަމަށްވެސް ކެނެޑީ ބުނެފައިވެއެވެ. ބެޓެރިއާއި ބައެއް ބޭސްތަކާއި، ޒީނަތްތެރިވުމަށް ބޭނުންކުރާ ތަކެތީގައި ދިރޭރަހަ ހުރުމުން އެ ނުރައްކާތެރި ތަކެއްޗައް ވެފައި، ނަމަވެސް ދިރޭރަހަ އެކުލެވޭ ވެކްސިން ބަލައިގަންނަން ޖެހެނީ ކީއްވެތޯ ކެނެޑީ ދެއްކެވި ވާހަކައިގައި ސުވާލު އުފައްދާފައިވެއެވެ.؟

2023 ވަނަ އަހަރު ފޮކްސް ނިއުސް އަށް ދިން އިންޓަވިއުއެއްގައި ކެނެޑީ ބުނެފައިވަނީ ”އޯޓިޒަމް އަކީ ވެކްސިން“ ގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށެވެ.

ދިވެހި ސަރުކާރުން ކޮންމެ ކަމެއްގައި ނަމޫނާ ބަލަމުންދާ އެމެރިކާއިން ރައްޔިތުންގެ ސިއްހަތާ ގުޅުންހުރި މިވަރުގެ ބޮޑުކަމެއް ނިންމުމުންވެސް މި ގައުމުގައި މިކަމަށް ބެލުމެއް ނެތެވެ. ސަބަބެއް ކަމުގައި ބެލެވެނީ ވަކިބަޔަކަށް ނާޖާއިޒް ގޮތުގައި ފައިދާތަކެއް ހޯދައިދިނުމުގެ ސިއްރު އެޖެންޑާއެއް ފޮރުވިފައި އޮތުމެވެ. މިފަދަ ނުރައްކާތެރި ވެކްސިން ޖެހުން މި ގައުމުގައި ވަނީ މަޖުބޫރު ކުރެވިފައެވެ.

👍 0❤️ 0🤗 1😂 0😮 0

ލިޔުންތެރިޔާގެ އިތުރު ލިޔުންތައް