އެކްސްގެ އެންމެ ޓުރެންޑް ހޭސްޓެގްއަކަށް #EndVaanuvaa ވެއްޖެ.

ޔޫތު ފޯރ ޔުނިޓީ އިން އިސްނައިގެން މިރޭ އެކްސްގައި ކުރިޔައް ގެންދިޔަ ވާނުވާ ނިމުމަކަށް ގެންނައުމަށް އެކްސް ސްޓޯމްގައި އެންމެ ޓްރެންޑިންގ ހޭޝްޓެގަކަށް ”އެންޑް ވާނުވާ“ ވެއްޖެ.

ގިނަ އަދަދެއްގެ މީހުން އެ ހަރަކާތުގައި ބައިވެރިވެފައިވެއެވެ. އެކްސްގެ އިތުރުން އެހެން ސޯޝަލް މީޑިއާތަކުގައިވެސް އެ ހަރަކާތަށް ބޮޑު ތަރުހީބެއް ލިބިގެންގޮސްފައިވެއެވެ.

ބަންދުގައި ތިބިމީހުންނަށް ދޭންޖެހޭ ސިއްހީ ފަރުވާއަށް ބަލާ އިރު ކަރެކްސަން ސާވިސް ވަނީ އެކަމުގައި ނުކުޅެދިފައެވެ. ޔޫތު ފޯރ ޔުނިޓީއިން ކޮއްފައިވާ ޕޯސްޓެއްގައިވާ ގޮތުން ދާއިމީ ބައްޔައް ފަރުވާކުރަންޖެހޭ 347 ފަރާތެއްވެއެވެ. ޑޮކްޓަރީ ފަރުވާއަށް ހާއްސަ ޑޮކްޓަރަކަށް ނުދެއްކި މަޑުކޮއްގެން ބައެއްފަހަރު އަހަރުދުވަސްވެސް ހޭދަކުރަންޖެހިފައިވެއެވެ. އޭގެ ތެރެއިން 40.17 ޕަސެންޓް މީހުންނަށް ފަސް މަސް ކުރިން ފަރުވާ ލިބުނަސް 59.83 ޕަސެންޓް މީހުން ފަސް މަހައްވުރެން ގިނަދުވަސް ވެގެން ދެއެވެ.

ވާނުވާ ހައްލުކުރެވޭނީ މުއައްސަސާތައް މިނިވަންވެ،ސިޔާސީ ނުފޫޒުން ކަންކަން ކުރުން ހުއްޓިގެންނެވެ.

👍 1❤️ 4🤗 0😂 0😮 0

ލިޔުންތެރިޔާގެ އިތުރު ލިޔުންތައް