ލ. އަތޮޅު ގަމުގައި ހުންނަ ފެނަކަ ކޯޕަރޭޝަންގެ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިންޖީނުގޭގައި ހުރި ޖަނަރޭޓަރެއްގައި އަލިފާން ރޯވުމުގެ ސަބަބުން، އެތަނުގައި ހުރި ތެޔޮ ޓޭންކްތަކުގައި ވެސް ވަނީ އަލިފާން ހިފާފައެވެ. އަލިފާންގަނޑު ވަރަށް ބޮޑުވެ، އިންޖީނުގޭގެ ވަރަށް ބޮޑު ބަޔަކަށް ގެއްލުންތަކެއް ލިބުނު ކަމަށް ރަށުގެ ރައްޔިތުން ބުނެއެވެ.
އަލިފާނުގެ ހާދިސާ ހިނގުމާއެކު، ގަމުގެ މުޅި ސަރަހައްދުން ކަރަންޓް ކެނޑިގެން ދިޔައެވެ. މި ހާދިސާއާ ގުޅިގެން ފެނަކަ ކޯޕަރޭޝަނުން އަދި ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ. ނަމަވެސް، ފަޔަރ އެންޑް ރެސްކިއު ޓީމާއި ރަށު ރައްޔިތުން ގުޅިގެން ކުރިމަސައްކަތުން މިހާރު އަލިފާން ގަނޑު ވަނީ ކޮންޓްރޯލް ކުރެވިފައެވެ.
އަޕްޑޭޓް: އެންމެ ފަހުގެ މަޢުލޫމާތުތައް ދައްކާ ގޮތުން، އިންޖީނުގޭގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ މުޅިން ކޮންޓްރޯލް ކުރެވިފައެވެ. އަލިފާނުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްޞީލު ބެލުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އަދި ރަށަށް ކަރަންޓުގެ ޚިދުމަތް އަލުން ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފެނަކައިގެ ޓީމުން ވަނީ ފަށާފައެވެ.


