ޝުހައިބު އައްރޫމީ رَضِيَ اللَّهُ عَنْهُ ހިޖްރަކުރެއްވުމަށް ޓަކައި ވެލެއްވި ގުރުބާނީ
ޝުހައިބު އައްރޫމީ رَضِيَ اللَّهُ عَنْهُ ހިޖްރަކުރެއްވުމަށް ޓަކައި ވެލެއްވި ގުރުބާނީ މައްކާއިން މަދީނާއަށް ހިޖްރަކުރި ގިނަމީހުން ފަގީރުންގެ ގޮތުގައިވިއެވެ. މިމީހުންނަކީ މުހާޖިރީންނެވެ. މިމީހުންނަކީ މައްކާގެ ދުވަސްވަރުގައި ތަނަވަސް މީހުންނެވެ. ނަމަވެސް ހިޖްރަކުރެއްވި ވަގުތުގައި ހުރިހައި މުދާތައް ދޫކޮށް މަދީނާއަށް ދިޔުމުން އެދުވަސްވަރު އެމީހުން ފަގީރުން ކަމުގައިވިއެވެ. މިގޮތުން ފާހަގަކޮށްލެވޭ އެއް ބޭކަލަކީ ޝުހައިބު އައްރޫމީއެވެ. އޭނާއަކީ މައްކާގައި އުޅުނު ރޫމީންގެ އަޅުމީހެކެވެ. އޭނާ މައްކާގައި އުޅުނު ދުވަސްވަރު ވިޔަފާރިކޮށް ވަރަށް ތަނަވަސްކަން ހޯދިއެވެ. އަދި އިސްލާމްދީން…

