ދަތުރަށް ތައްޔާރުވާށެވެ.

ދުނިޔޭގެ ދިރިއުޅުން ބިނާވެގެން ވަނީ ކުޑަކުޑަ ވަގުތުކޮޅެއްގެ މައްޗަށެވެ. އޭގެ މިސާލަކީ ދަތުރަކަށް ފުރަން ޖެހޭކަން ތިބާއަށް އެނގޭ ހިނދުން ފެށިގެން، ފުރުމާއި ދެމެދު ދަތުރަށް ތައްޔާރުވާން ލިބޭ ވަގުތު ކޮޅުފަދަ ވަގުތު ކޮޅެކެވެ. ދުނިޔޭގައި ދިރިހުރުމަކީ މިފަދަ ވަގުތު ކޮޅެކެވެ. ދަތުރަކަށް ތައްޔާރުވާން ލިބޭ ކުޑަ ވަގުތު ކޮޅެކެވެ. މަރުވާނެކަން އެނގޭ ހިނދުން ފެށިގެން އެކަމަށް ތައްޔާރުވެ ފޮށިވަށި ބަންނަން ލިބޭ ކުޑަ ހިނދުކޮޅެކެވެ.

ދަތުރަށް ތިބާ ފުރާނީ ދަތުރަށް ބޭނުންވާނެ ފެނާއި ކޮއްތު އަންނައުނު އަދި އޭގެ އިތުރުންވެސް ބޭނުންވާ އެއްޗެއް އަތްމަތި ކޮށްގެނެވެ. ބުއްދިވެރިއަކު ފުރާނީ މިފަދައިން ނެވެ. ހަމަ މިގޮތަށް ދުނިޔޭގެ މިވަގުތީ ހަޔާތުން ފުރައިގެން ދާންޖެހޭކަން އެނގޭއިރު އެކަމަށް ތައްޔާރުވެ ތިބުން ބުއްދިވެރިއެވެ.

👍 1❤️ 0🤗 0😂 0😮 0

ލިޔުންތެރިޔާގެ އިތުރު ލިޔުންތައް