އުދާސް، އެންމެ ހިތްދަތި އަނިޔާ
ދުނިޔޭގެ ދިރިއުޅުން ވޭތިކުރަމުން ދާއިރު ކޮންމެ އިންސާނަކުވެސް ތަފާތު ކަންތައް ތަކަކާއި ކުރިމަތިލައެވެ. ތަފާތު ތަޖުރިބާތައް ކުރެއެވެ. އެކި މީހުންނަށް ދިމާވަނީ އެކި ގޮތްތަކެވެ. ފެންނަނީ އެކި މަންޒަރެވެ. ދުނިޔޭގެ ދިރިއުޅުމުގެ ފޮނިމީރުކަމުން އެކި މީހުންނަށް ލަނީ އެކި ރަހައެވެ. އެއްބަޔަކަށް މީރު މާމުޔެއް ފަދައިން ވާއިރު އަނެއްބަޔަކަށް އެންމެ ހިތި ހަަބަރަށް ވުރެ ހިތްޗެވެ. ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. ފަހަތުގައި ފޮރުވިފައި އޮންނަނީ ތަފާތު ވާހަކައެކެވެ. ދުނިޔޭގެ ދިރިއުޅުގެ މިސާލަކީ ފޮތެއްގައި ލިޔެވެމުން ދާ…

