ޣައްޒާގައި އުފެދިފައިވާ ކުނީގެ އަދަދު 70 މިލިއަންޓަނައްވުރެން ގިނަ
ޣައްޒާގައި އުފެދިފައިވާ ކުނީގެ އަދަދު 70 މިލިއަންޓަނައްވުރެން ގިނަ ޣައްޒާގައި އިޒްރޭލުން ވައްޓާލާފައިވާ އިމާރާތްތަކުން 70 މިލިއަން ޓަނަށް ވުރެ ގިނަ ގާކުނޑި ނަގަންޖެހިފައިވާއިރު، މިމަސައްކަތަކީ ޣައްޒާގެ މުނިސިޕަލްޓީގެ މެނޭޖްމަންޓް ކެޕޭސިޓީއަށްވުރެ މާ ބޮޑު ކަމެއް ކަމަށް ޣައްޒާ މުނިސިޕަލްޓީގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ، އިސްރާއީލުން ޣައްޒާގައި ބޭނުންކުރަމުންދިޔަ މުނިސިޕަލް ވެހިކަލްތަކުގެ ތެރެއިން 134 ވެހިކަލް ނައްތާލާފައިވާތީ، މަސައްކަތް ކުރުމަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ. ކުނީގެ ގޮތުގައި އުކާލަންޖެހޭ 260،000 ޓަނަށް ވުރެ ގިނަ…

