ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ފެށި ފަހުން  200 އެއްހާ ފަހަރު ނިރުބަވެރި އިޒްރޭލުން ޚިލާފުވެއްޖެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ފެށި ފަހުން  200 އެއްހާ ފަހަރު ނިރުބަވެރި އިޒްރޭލުން ޚިލާފުވެއްޖެ.

އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފު ދުއިސައްތައެއްހާ ކަންތައް އިޒްރޭލު ސިފައިން ހިންގާފައިވާ ކަމަށް ޣައްޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުގެ ޑިރެކްޓަރު އިސްމާއިލް އަލް ތަވާބްތާ ވިދާޅުވެއްޖެއެވެ.

އޭގެތެރޭގައި އިޒްރޭލުން ކަނޑައެޅި  ”ޔެލޯ ލައިން“ ހުރަސްކޮށް، ބޭހާއި ސިއްހީ ސާމާނާއި ޓެންޓްތަކާއި މޮބައިލް ހޯމްތައް ހުއްޓުވުމުގެ އިތުރުން، ބަޑިޖެހުމާއި ބޮންއެޅުން ކުރިއަށް ގެންދިއުން ހިމެނެއެވެ.

އޮކްޓޯބަރު 10 އިން 31 އަށް  ޣައްޒާއަށް ވައްދަން އެއްބަސްވި  އެހީގެ 13،200 ޓްރަކްގެ ތެރެއިން  ޣައްޒާއަށް ވައްދާފައިވަނީ އެންމެ 3،203 ޓްރަކް ކަމަށް ޣައްޒާގެ މީޑިއާ އޮފީހުން ނެރުނު ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ހަނގުރާމަ ހުއްޓާލިކަން އިއުލާން ކުރިފަހުން ހިންގާފައިވާ ޖަރީމާ

އާމުގޮތެއްގައި ދުވާލެއްގެ މައްޗައް 10 މީހުން ޝަހީދު ކޮށްލާ 28 މީހުން ޒަހަމްވޭ.

ހަނގުރާމަ ހުއްޓާލިކަން އިޢުލާން ކުރިފަހުން މިއަދާ ހަމައަށްއައި އިރު 219 މީހުން ޝަހީދުކޮށްލައިފި، އޭގެތެރޭގައި ހިމެނޭ 85 ކުޑަކުދިން، އަދި މި ދުވަސްތަކުގެ ތެރޭގައި 600 މީހުން ޒަހަމް ކޮއްލާފައިވެއެވެ. އަދިވެސް ކޮންމެ ދުވަހަކީވެސް ޣައްޒާގެ ރައްޔިތުންނަށް ބިރުވެރިކަން އޮތްދުވަހެކެވެ. ޣައްޒާގެ %50 އިންސައްތަ ކޮންޓްރޯލް ކުރަމުންދަނީ ނިރުބަވެރި އިޒްރޭލުންނެވެ.

👍 0❤️ 0🤗 0😂 0😮 0

ލިޔުންތެރިޔާގެ އިތުރު ލިޔުންތައް