އޮކްޓޯބަރ މަހު އެކަނިވެސް ނިރުބަވެރި އިޒްރޭލުން ހުޅަނގު އައްސޭރިއަށް 2350 ހަމަލާދީފި

އޮކްޓޯބަރ މަހު އެކަނިވެސް ނިރުބަވެރި އިޒްރޭލުން ހުޅަނގު އައްސޭރިއަށް 2350 ހަމަލާދީފި

ނިރުބަވެރި އިޒްރޭލުން ޣައްޒާގައި ހިންގަމުންދިޔަ ގަތުލުއާމު އޮކްޓޯބަރު މަހު 10 ވަނަ ދުވަހު މަކަރުވެރި ކަމާއެކު ހުއްޓާލިކަން އިއުލާނުކުރި ސީސް ފަޔާ އެގްރިމެންޓައްފަހު ފަލަސްތީނުގެ ގިނަ ސަރަހައްދުތަކަކަށް އަރައިގަނެ މީހުން ރަހީނުކުރުމާއި، ޒައިތޫނި ދަޑުތައް ހަލާކު ކުރުމާއި، ޒައިތޫނި ދަނޑުތަކުން ވައްކަން ކުރުމާއި ،މީހުންނަށް އަނިޔާކުރުންފަދަ ގިނަ އަނިޔާވެރި ހަމަލާތަކެއް ވަނީ ހިންގާފައެވެ.

އެގޮތުން ސީސްފަޔާއަށްފަހު ހުޅަނގު އައްސޭރީގެ ހުރިހާ ސަރަހައްދަކަށް އަރާގަނެ 2350 ހަމަލާ ވަނީދީފައެވެ. މީގެތެރެއިން 766 ހަމަލާއަކީ ހަރުކަށި ހައްދުފަހަނައެޅި ޔަހޫދީން ހިންގާފައިވާ ޖަރީމާތަކެވެ. 1584 ހަމަލާ ދީފައިވަނީ ނިރުބަވެރި އިޒްރޭލު ސިފައިންނެވެ. މިކަން ވަނީ ޕަލަސްތީނިއަސް އޮތޯރިޓީސް ކޮލޮނައިޒޭޝަން އެންޑް ވޯލް ރެސިސްޓެންސް ކޮމިޝަން (ސީއާރުއާރުސީ) އިން ނެރުނު ރިޕޯޓެއްގައި ބުނެފައެވެ.

މި ރިޕޯޓުގައި އިތުރައް ބުނެފައިވަނީ އިޒްރޭލު ސިފައިން ހުޅަނގު އައްސޭރީގެ ރާމައް ﷲ ގައި 542 ހަމަލާ، ނާބްލުސްގައި 412 ހަމަލާ އަދި ހެބްރޮންގައި 401 ހަމަލާދީފައިވާ ކަމަށެވެ. އޭގެތެރޭގައި ރައްޔިތުންނަށް އަމާޒުކޮށްދިން ހަމަލާތަކާއި، ގެތައް ސުންނާފަތިކުރުމާއި، ފަލަސްތީނު ރައްޔިތުންގެ ޒައިތޫނި ދަނޑުތަކަށް ގެއްލުންދިނުން ހިމެނެއެވެ.

އިޒްރޭލުގެ ގާނޫނުހަދާ މަޖިލީހުން މިހާރުވަނީ ހުޅަނގުއައްސޭރީ އަކީ އިޒްރޭލުގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ ތަނެއްގެ ގޮތުގައި ކަނޑައަޅާފައެވެ. މަޖިލީހުގެ މި ނިންމުމަށްފަހު ފަލަސްތީނު ރައްޔިތުންގެ ގެތައް ތަޅަމުންދަނީ އެއީ އިޒްރޭލުގެ ހުއްދަނެތި އަޅާފައިވާ ގެތަކެއް ކަމަށްބުނެއެވެ. މިއަހަރު މިހާތަނަށް އާއިރު 1000 އަށްވުރެ ގިނަގެ ތަޅާލާފައިވެއެވެ.

👍 0❤️ 0🤗 0😂 0😮 0

ލިޔުންތެރިޔާގެ އިތުރު ލިޔުންތައް