ޣައްޒާގައި އުފެދިފައިވާ ކުނީގެ އަދަދު 70 މިލިއަންޓަނައްވުރެން ގިނަ

ޣައްޒާގައި އުފެދިފައިވާ ކުނީގެ އަދަދު 70 މިލިއަންޓަނައްވުރެން ގިނަ

ޣައްޒާގައި އިޒްރޭލުން ވައްޓާލާފައިވާ އިމާރާތްތަކުން 70 މިލިއަން ޓަނަށް ވުރެ ގިނަ ގާކުނޑި ނަގަންޖެހިފައިވާއިރު، މިމަސައްކަތަކީ ޣައްޒާގެ މުނިސިޕަލްޓީގެ މެނޭޖްމަންޓް ކެޕޭސިޓީއަށްވުރެ މާ ބޮޑު ކަމެއް ކަމަށް ޣައްޒާ މުނިސިޕަލްޓީގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ، އިސްރާއީލުން ޣައްޒާގައި ބޭނުންކުރަމުންދިޔަ މުނިސިޕަލް ވެހިކަލްތަކުގެ ތެރެއިން 134 ވެހިކަލް ނައްތާލާފައިވާތީ، މަސައްކަތް ކުރުމަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ.

ކުނީގެ ގޮތުގައި އުކާލަންޖެހޭ 260،000 ޓަނަށް ވުރެ ގިނަ ކުނި މަގުމައްޗަށާއި އެކި ސަރަހައްދުތަކަށް ޖަމާވެފައިވާތީ، ތިމާވެށްޓާއި ސިއްހީ ގޮތުން ޣައްޒާގެ އާބާދީއަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

ޣައްޒާއަށް ބޭނުންވާ ތަކެތި އެތެރެވުމަށް އިޒްރޭލުން ހުރަސްތައް ކުރިމަތިކުރަމުންދާތީ، ތެލާއި އިމާރާތްކުރުމުގެ ތަކެތި އެތެރެވުން ހުއްޓި، އިންސާނީ ދަތިކަން އިތުރަށް ގޯސްވަމުންދާ ކަމަށް ވެސް މުނިސިޕަލްޓީގެ ތަރުޖަމާނު ވިދާޅުވިއެވެ.

👍 0❤️ 0🤗 0😂 0😮 0

ލިޔުންތެރިޔާގެ އިތުރު ލިޔުންތައް