ވާނުވާ ބަންދު އުވާލަން މުއިއްޒު ކުރި ވައުދު ވާނުވާކޮށްލައިފި

ސަރުކާރުން ވައުދު ނުފުއްދުމުން އެންޑް ވާނުވާގެ އިޙްތިޖާޖުތައް އަލުން ފަށައިފައި ވާކަމަށް އެ ކަމުގައި ހަރަކާތްތެރިވާ ޒުވާނުންގެ ޖަމިއްޔާއިން ބުނެފި

ވާނުވާ ބަންދު އުވާލުމަކީ ރައީސް މުޢިއްޒުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ވައުދެކެވެ.

އަދި ސަރުކާރަށް ވާނުވާ ބަންދު އުވާލުމަށް ކުރަމުންދިޔަ މުޒާހަރާތައް ނިމުމަކަށް ގެނައީ ސަރުކާރުން މުޒާހަރާ ހިންގަމުންދިޔަ ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރާ ޒުވާނުންގެ ޖަމިއްޔާ، ޔޫތު ފޯރ ޔުނިޓީ (Youth for Unity) ގެ އިސްފަރާތްތަކާ ބައްދަލުކޮށް، އެފަރާތްތަކުން ހުށަހެޅި ވަގުތީ ޙައްލުގެ ކަރުދާހުގައި ހިމެނިފައިވާ ގޮތަށް ވާނުވާ ބަންދަށް ލުއި ދިނުމަށް ކަނޑައެޅޭ އުސޫލުތަކެއްގެ ތެރެއިން ޕީ.ޖީ. (PG) އާއި ފުލުހުން އެސެސްމެންޓްތަކެއް ހަދައި، ބަންދުގައި ތިބި ފަރާތްތައް ޓެގު އަޅުވައި ދޫކޮށްލުމަށެވެ.

އެހެންނަމަވެސް މިއަދު ޔޫތު ފޯރ ޔުނިޓީ (Youth for Unity) ޖަމިއްޔާއިން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ… 300 އަށްވުރެ ގިނަ މީހުން ވާނުވާގައި ތިބިއިރު، 250 އައްވުރެ ގިނަ މީހުން ބަންދަށް ލުއިދިނުމަށް އެދި ފޯމުލައިފައި ވާކަމަށް. އަދި ބަންދައް ލުއިދެވިފައިވާ މީހުންގެ އަދަދު 15 އަށްވުރެވެސް ދައްކަމަށް.

އަދި ކަމާބެހޭ އިދާރާތަކުން މިކަމުގައި ހަދާފައިވާ ބައެއް ގޯސަތައް އެ ޖަމިއްޔާއިން ފާހަގަ ކޮއްފައިވެއެވެ.

⭕ އުޞޫލެއް ހަމައެއްނެތި ބޭއިންސާފުން ވަކިބަޔަކު ދޫކުރެވިފައިވާކަން

⭕ އެސެސްމަންޓް ރިވިއު ހަދަން ހުށައެޅި އެތައްމައްސަލައެއް އަދިވެސް ”ޕާކް“ ކޮށްފައި

⭕️ ބޮޑެތި މައްސަލަތަކުގެ ތުހުމަތުގައި ދޫނުދޭ ކަމަށް ބުނި ނަމަވެސް، ސިޔާސީ މަންފާއާއި ނުފޫޒަށް ތުހުމަތުތަކާއި ކުއްކުރުމުގެ ބޮޑެތި ތާރީޚް އޮތް މީހުންނަށްވެސް ލުއިދޭ

⭕ އެތައް ބަޔެއްގެ ޙައްޤު ސިޔާސީ ވެރިންގެ މުށުތެރޭ ކުޅިވަރަކަށް ހަދާފައި

⭕️ ވާނުވާ ބަންދުގެ ސަބަބުން ކުށެއްނުކުރާމީހާ ކުއްވެރިއަކަށް ހަދައި، ކުއްކުރާ މީހުން އިތުރަށް ކުއްތަކަށް ހުށައެޅި، އެތައް އާއިލާއެއް އެތައް ދިރިއުޅުމެއް ހަލާކުކޮށްލާ

⭕️ އަހަރުމެން މިގޮވާލަނީ ކުއްވެރިން ދޫކުރާކަށް ނޫން. އެހެނަސް، ކުއް ސާބިތު ނުކުރެވޭ ހާލަތުގައި އެއްވެސް އިންސާނެއް އޭނާގެ މައްސަލަ ނިމޭނެ ދުވަހެއް ނޭނގި، ކޮއްޓެއްގައި އަނިޔާ ލިބިލިބި ނުބޭއްވުމަށް!

ޔޫތު ފޯރ ޔުނިޓީ އިން މިހާރު ތައްޔާރު ވަމުން އަންނަނީ އެކްސް ގައި ބޮޑު ކެންޕެއިނެއް ފެށުމަށް. މި ހަރަކާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 31 އޮކްޓޯބަރ 2025 ވާ ހުކުރު ދުވަހުގެ ރޭގަނޑު 8 ކުން ފެށިގެން 12 ޖެހުމާ ހަމައަށް. މި ހަރަކާތުގައި ކުރިޔައް ދާނީ އެންޑް ވާނުވާގެ ހޭޝްޓެގް (#EndVaanuvaa) ޖަހައިގެން ޕޯސްޓަރުތައް ވީހާވެސް ގިނައިން ޝެއަރ ކޮން، ރީ ޕޯސްޓް ކުރުން. މި ހަރަކާތުގެ ބައިވެރިން ބުނަނީ މި ހަރަކާތް ނުހުއްޓާނެ ކަމަށް

👍 5❤️ 0🤗 0😂 0😮 1

ލިޔުންތެރިޔާގެ އިތުރު ލިޔުންތައް