”ނޯޓްބުކްއެލްއެމް“ މުދައްރިސުންނަށް ކޮންމެހެން އެނގެންޖެހޭ އޭއައި ޓޫލްއެއް
ދުވަހެއް ދުވަހަކަށް ޓެކްނޮލޮޖީ މިއަންނަނީ ތަޢުލީމީ ދުނިޔެ ބަދަލުކުރަމުންނެވެ. މުދައްރިސުންނަށް ލުއިފަސޭހަ ގޮތްތަކާއި، ވަގުތު ސަލާމަތްކުރެވޭނެ އިންތިޒާމު ހަމަޖައްސައިދެމުންނެވެ. ދަރިވަރުން އުނގެނުމަށް ލުއިފަސޭހަކަން ގެނުވައިދޭނެ އެންމެހާ ކަންކަން ފަހިކޮށްދެމުންނެވެ. މިޒަމާނުގެ މިފަދަ އީޖާދުތަކުގެ ތެރެއިން، މައުލޫމާތުތައް އިންތިޒާމުކުރުމަށާއި، މުހިންމު ވާހަކަތައް ކުރުކޮށްދިނުމަށާއި، އަދި މުދައްރިސަކު ދޭ ކޮންމެ މެޓީރިއަލަކުން ސާފުކޮށް ތަފްސީލުތައް އުފެއްދުމަށް ޚާއްސަކޮށް ފަރުމާކުރެވިފައިވާ އެންމެ އަގުހުރި އޭއައި (AI) ވަސީލަތްތަކުގެ ތެރޭއިން ނޯޓްބުކްއެލްއެމް (NotebookLM) ފާހަގަކޮށްލެވޭ ޕްލެޓްފޯމެކެވެ. އޭގެ ސަބަބުން އޮޅުންބޮޅުން ބޮޑު ލިޔުންތައް…

