Author: މިރޯ

އަޅުގަނޑަކީ ހައްދުންމަތީ ކައްދޫ އަބްދުއް ރަހުމާނުގެ ދަރި ޚަދީޖާ (ކަދީދަ) ގެ ދަރި އަބްދުﷲ ހުސެން (ރާބެ) ގެ ދަރި އިބުރާހިމް ރަޝީދުގެ ދަރި ޢަލީ އިބްރާހިމް އެވެ. އުފަންވީ 1989 ވަނަ އަހަރު ޖުލައި މަހުގެ 25 ވަނަ ދުވަހު އެ އަތޮޅު ދަނބިދުއަށެވެ. ކުރިން ކަޅައިދޫ ރައްވެއްސެކެވެ. ނަމަވެސް މިހާރު މިއަތޮޅު ގަމު ރައްވެއްސެކެވެ. ​ ހަޤީގަތެއްނެތް ޚިޔާލީ ލިޔުންތަކަށްވުރެ ހަޤީގަތާ ޚިލާފުނުވާ ލިޔުންތައް ލިޔުމަށް ލޯބިކުރަމެވެ. ތާރީޚާއި ސަޤާފަތާއި ބަހުގެ ލިޔުންތައް ލިޔުމަށް ޝަޢުގުވެރި ވެއެވެ.
  • ޒިންމާ ނަގާނީ ކާކު؟

    ”ގިނަދުވަސްވެގެން ގޮސް އަހަރެންގެ ޙަޔާތަށްވީ ކިތައް އަހަރުކަމެއް ހުދު އަހަންނަކަށް ވެސް ނޭނގެއެވެ. އެހާވެސް ގިނަ ދުވަސް ވެއްޖެއެވެ. އެހެންނަމަވެސް އަހަރެން ދުނިޔޭގައި ދިރި އެބަހުރީމެވެ. އެތައްބަޔެއްގެ އަނިޔާތައް އެތައްފަހަރެއްގެ މަތިން މިވޭތުވެ ދިޔަ އަހަރު ތަކުގައި ލިބިއްޖެއެވެ. އަދިވެސް ދަނީ ލިބެމުންނެވެ. އެކަމުގެ ސަބަބުން އެއިރު ހުރި އަހަރެންގެ ރީތި ސޫރަ ޢައިބުވެ ބަލާލަން ހަޑިވެ ހުތުރު ވުމަކީ އަހަރެންގެ ކުށެއް ނޫނެވެ. ދޭތެރެ ދޭތެރެއިން ދުރު ހިސާބުން އަހަރެންގެ މޫނު ދެކެލަން މަދު މަދުން…

  • ބަރެސްދޫ ފަޅުވެ ކަޅާއިދޫ އާބާދުވުން

    ހައްދުންމަތީ ކަޅައިދޫގައި މީހުން ދިރިއުޅެންފެށި ތާރީޚެއް ކަނޑައެޅިގެން އެނގޭކަށް ނެތެވެ. އެހެންނަމަވެސް އައްސުލްޠާން އިބްރާހިމް އިސްކަންދަރު 2 ގެ ދުވަސްވަރު ކަޅައިދޫގައި ބަޔަކު ދިރިއުޅުނުކަމާއި އޭރު ކަޅާއިދޫއަކީ ގަމު މިސްކިތު ވަޤުފު ރަށެއްކަން މިރަދުންގެ ޒަމާނުގައި ގަމު މިސްކިތަށް ލިޔުއްވާފައިވާ ބޯގަ ފަތްކޮޅުން އެނގެއެވެ. މި ފަތްކޮޅުން އެނގޭގޮތުގައި އެދުވަސްވަރު ކަޅާއިދޫގައި މީހުން އުޅުނު ކަމުގައި ވީނަމަވެސް ކަޅާއިދޫއަކީ ރަސްމީގޮތުން މީހުން ދިރިއުޅޭ ރަށެއް ނޫން ކަން ސާފުވެއެވެ. ވީމާ ކަޅާއިދޫ އާބާދުވެފައި ވަނީ އައްސުލްޠާން އިބްރާހިމް…

  • އަހަރެންގެ ނަޒަރުގައި ތިކި ޖެހުން

    ”ތިކި“ ވަރަށް ކުޑަކުޑަ ހަމަ އެންމެ ދެ އަކުރުގެ ލަފުޒެކެވެ. އެހެނަސް ވަރަށް ފުޅާ އެހާމެ ތަނަވަސް ލަފުޒެކެވެ. މާ ގިނަ ވާހަކަތަކެއް ލިޔާކަށް ގަސްތެއް ނުކުރަމެވެ. ފާޅުކޮށްލަން ބޭނުންވަނީ ތިކި ޖެހުމާއި ބެހޭ ގޮތުން އަހަރެން ދެކޭ ގޮތެވެ. އަހަރެންގެ ހިޔާލެވެ. ފަހަރުގައި ތިބާ ދެކޭގޮތް ތަފާތުވެދާނެއެވެ. އެއީ އަދި މުޅިން އެހެން ކަމެކެވެ. ދިވެހި ބަހަކީ ގިނަ އަދަދަކަށް އޭގައި އަރަބި ލަފުޒުތައް ހިމެނޭ ބަހެކެވެ. އަރަބި ލަފުޒުތަކުން ލަފުޒުނެގި ދިވެހި ވެފައިވާ ލަފުޒުތައް…

  • މިއީ ތަކުރާރުވާ ހުވަފެނެކެވެ.

    މާލޭގައި އުޅުމަށްފަހު ހައްދުންމަތީ ގަމަށް ޢަލީ ދިޔައީ ހިތްހަމަ ޖައްސާލުމަށެވެ. ނަމަވެސް ޢަލީގެ މަންމަ ހޮސްޕިޓަލުގައި ބަލިބެ އޮތް ޚަބަރުވެގެން، އަވަސްވެގަތީ ހޮސްޕިޓަލަށް ވަދެލަން ދާށެވެ. މަންމަ އެނދުމަތި ކުރެވިފައިވާ ކޮޓަރިއަށް، ޢަލީ ވަންއިރު އެތަނުގައި އަލީގެ އަންހެނުންނާއި މައިދައިތަވެސް އިނެވެ. އެއިރު އަލީގެ އަންހެނުން އިނީ ކޮންމެވެސް އެއްޗެއް ކާށެވެ. ޢަލީ ފެނުނު ވަގުތާއިއެކީ އާފަލު ކޮޅެއް ގަނެދިނުމަށް އަންހެނުން އެދުނެވެ. އެހިނދު ޢަލީ ‎ބުންޏެވެ. ”ތިޔައީ އަރައިގެން އުޅޭ ފޯރިގަނޑެއް. ގަނެދިނަކަސް ނުކާނެ. އެކަމަކު…

  • ގޯހީ އިސްތަށި ގަނޑެއް ނޫނެވެ. ތިބާގެ ވިސްނުމެވެ.

    ތަރައްގީ ކުރަންވީ ސިކުޑިތަކެވެ. ބަދަލު ކުރަންވީ ވިސްނުންތަކެވެ. ދުނިޔޭގެ ދިރިއުޅުން ވޭތިކުރަމުން ދާއިރު އާންމު ދިރިއުޅުމުގައި ގިނަ މީހުންނަކީ އަމިއްލަ ވަންތަކަމަށް ލޯބި ކުރާ ބައެކެވެ. އެކި މީހުންނަށް ރީތިވަނީ އެކި ގޮތެވެ. އެކި ކުލައެވެ. މި އުސޫލަކީ އިންސާނުންގެ ތެރޭގައި އަބަދުވެސް އޮންނަ އުސޫލެކެވެ. ހިފާ ގެންގުޅޭ ތަކެތިންފެށިގެން ގޮސް ކުރާ ހުރިހާ ކަމެއްގައިވެސް އެކި މީހުންނަށް ކަމުދަނީ އެކި ގޮތްތަކެވެ. ދިވެހި ރާއްޖޭގެ ގިނަ ޒުވާނުން ތެރޭގައި ބޮލުގެ އިސްތަށިގަނޑު ދިގުކުރުން ވެފައި މިއޮންނަނީ…

  • އެ މާ ނުބިނދެވުނު ނަމަ…

    އެމާ ނުބިނދެވުނު ނަމައެވެ. އަހަރެންގެ ހިތަށް އަރައެވެ. އަހަރެންގެ ޙަޔާތުން އެތައް ވަގުތެއް އެ މާ ބިނުމަށްޓަކައި ހޭދަ ކުރީމެވެ. އެ ގަހުގެ ކަށިތަކުގެ ޝިކާރައަކަށް ވެވި ދެއަތާއި މި ހިތް އެތައް ފަހަރަކު ޒަޚަމް ވިއެވެ. އެހެނަސް ޝަކުވާ ކުރުމެއް ނެތި ރެއާއި ދުވާލު އެ މަލަށްޓަކައި ފާރަވެރި ވީމެވެ. ލިބިދާނެ ގެއްލުމަކުން ހިމާޔަތް ކުރުމުގައި ދެމިހުރީމެވެ. ކިޔެވި ކިޔެވެއްޔެއްގެ މޮޅުކަމާއި އަހަރެންގެ ހުނަރުވެރިކަމުގެ ނަތީޖާ އަކަށްވީ އެމާ އަހުރެނަށް ހާޞިލްވުމެވެ. އެމާ ބިނދެވުމެވެ. އަމިއްލަވަންތަ…

  • އުދާސް، އެންމެ ހިތްދަތި އަނިޔާ

    ދުނިޔޭގެ ދިރިއުޅުން ވޭތިކުރަމުން ދާއިރު ކޮންމެ އިންސާނަކުވެސް ތަފާތު ކަންތައް ތަކަކާއި ކުރިމަތިލައެވެ. ތަފާތު ތަޖުރިބާތައް ކުރެއެވެ. އެކި މީހުންނަށް ދިމާވަނީ އެކި ގޮތްތަކެވެ. ފެންނަނީ އެކި މަންޒަރެވެ. ދުނިޔޭގެ ދިރިއުޅުމުގެ ފޮނިމީރުކަމުން އެކި މީހުންނަށް ލަނީ އެކި ރަހައެވެ. އެއްބަޔަކަށް މީރު މާމުޔެއް ފަދައިން ވާއިރު އަނެއްބަޔަކަށް އެންމެ ހިތި ހަަބަރަށް ވުރެ ހިތްޗެވެ. ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. ފަހަތުގައި ފޮރުވިފައި އޮންނަނީ ތަފާތު ވާހަކައެކެވެ. ދުނިޔޭގެ ދިރިއުޅުގެ މިސާލަކީ ފޮތެއްގައި ލިޔެވެމުން ދާ…

  • ދަތުރަށް ތައްޔާރުވާށެވެ.

    ދުނިޔޭގެ ދިރިއުޅުން ބިނާވެގެން ވަނީ ކުޑަކުޑަ ވަގުތުކޮޅެއްގެ މައްޗަށެވެ. އޭގެ މިސާލަކީ ދަތުރަކަށް ފުރަން ޖެހޭކަން ތިބާއަށް އެނގޭ ހިނދުން ފެށިގެން، ފުރުމާއި ދެމެދު ދަތުރަށް ތައްޔާރުވާން ލިބޭ ވަގުތު ކޮޅުފަދަ ވަގުތު ކޮޅެކެވެ. ދުނިޔޭގައި ދިރިހުރުމަކީ މިފަދަ ވަގުތު ކޮޅެކެވެ. ދަތުރަކަށް ތައްޔާރުވާން ލިބޭ ކުޑަ ވަގުތު ކޮޅެކެވެ. މަރުވާނެކަން އެނގޭ ހިނދުން ފެށިގެން އެކަމަށް ތައްޔާރުވެ ފޮށިވަށި ބަންނަން ލިބޭ ކުޑަ ހިނދުކޮޅެކެވެ. ދަތުރަށް ތިބާ ފުރާނީ ދަތުރަށް ބޭނުންވާނެ ފެނާއި ކޮއްތު އަންނައުނު…

  • އާދޭސް އަހާނު ތޯއެވެ.

    މާލޭގެ ހަތަރުފާރުން ބޭރު ނުވަތަ ދިވެހި ރާއްޖޭގެ އަސްދަނޑިން ބޭރު ނުފެންނަނީ ހެއްޔެވެ. އެއަށްވުރެ ބޭރަށް ތިބާގެ ވިސްނުން ފަހެ ދަތުރު ނުކުރަނީހެއްޔެވެ. ނޫންނަމަ ހިތަށް ހަމަ އަސަރެއް ނުކުރަނީ ހެއްޔެވެ. ތިޔަ ހިތުގައި ރަހުމެއް ނެތީހެއްޔެވެ. އުންމަތަށްޓަކައި ތިޔަ ހިތުގައި ހަމަ އެންމެ ވިންދެއްވެސް ޖަަހައި ނުލަނީހެއްޔެވެ. ވޭނާއި ކެކުޅުމުގެ ކަނޑެއްގައި އެއްބަޔަކު ގަރަގުވަމުން ދާއިރު، އަނެއްބަޔަކު ބަނޑުހައިހޫނުކަމާއި ނިކަމެތި ކަމުގައި މަރުވަނީއެވެ. ފަހެ ތިބާއަށް މިކަމުގައި ފަރަގެއް ނުވޭ ތޯއެވެ. ނޫނެކެވެ. ފެނެއެވެ. އަޑުއިވެއެވެ….

  • މި ނޫން ގޮތެއް ހަމަ ނެތީތަ…؟

    ހިތްއެދޭ މަގުން ކަން ނުވުމަކީ އިމްތިހާނެކެވެ. ކޮންމެހެން ވެސް ކަމެއް ކާމިޔާބު ކުރަން ނިޔަތްގަނެ، ނުހަނު އުންމީދު ކޮށްގެން އަހަރެމެން ތިބެމުއެވެ. ނަމަވެސް ވަގުތު އައިސް ޖެހޭ ހިނދު ނަތީޖާ މުޅިން އެހެން ގޮތަކަށް ބަދަލު ވެދެއެވެ. މި ކަމުގެ ސަބަބުން މޮޅިވެރި ކަމުގައި ދުވަސްތައް ގުނެން ފެށެއެވެ. އެހިނދު އެއިގެ ކުރިން ލިބިފައިވާ ހުރިހާ ނިޢުމަތްތަކެއް ހަނދާން ނެތޭ ހާލު އަހަރެމެން ބުނަމުއެވެ. ދުވަހަކުވެސް އަހަރެންނަށް ރަނގަޅު ގޮތެއް ނުވެއެވެ. އަބަދުވެސް ވަނީ މިހެންނެވެ. އަހަރެންނަކީ…