ބަރެސްދޫ ފަޅުވެ ކަޅާއިދޫ އާބާދުވުން

ހައްދުންމަތީ ކަޅައިދޫގައި މީހުން ދިރިއުޅެންފެށި ތާރީޚެއް ކަނޑައެޅިގެން އެނގޭކަށް ނެތެވެ. އެހެންނަމަވެސް އައްސުލްޠާން އިބްރާހިމް އިސްކަންދަރު 2 ގެ ދުވަސްވަރު ކަޅައިދޫގައި ބަޔަކު ދިރިއުޅުނުކަމާއި އޭރު ކަޅާއިދޫއަކީ ގަމު މިސްކިތު ވަޤުފު ރަށެއްކަން މިރަދުންގެ ޒަމާނުގައި ގަމު މިސްކިތަށް ލިޔުއްވާފައިވާ ބޯގަ ފަތްކޮޅުން އެނގެއެވެ. މި ފަތްކޮޅުން އެނގޭގޮތުގައި އެދުވަސްވަރު ކަޅާއިދޫގައި މީހުން އުޅުނު ކަމުގައި ވީނަމަވެސް ކަޅާއިދޫއަކީ ރަސްމީގޮތުން މީހުން ދިރިއުޅޭ ރަށެއް ނޫން ކަން ސާފުވެއެވެ. ވީމާ ކަޅާއިދޫ އާބާދުވެފައި ވަނީ އައްސުލްޠާން އިބްރާހިމް އިސްކަންދަރު 2 ރަސްކަމާއި ހަވާލުވެލެއްވި ފަހުންނެވެ. ދިވެހި ތާރީޚުން ކަޅައިދޫގެ ވާހަކަ ފުރަތަމަ އައިސްފައިވަނީ އަލްޤާޟީ ޙަސަން ތާޖުއްދީންގެ ކޮއްކޯފުޅު އައްނާއިބު ޙުސައިން އަފީފުއްދީން ނިޔައުވި ވާހަކައިގެ ތެރެއިންނެވެ. އަފީފުއްދީން ނިޔައުވީ 1159 ވަނަ އަހަރު ރަބީޢުލްއައްވަލު މަހު 07 ވީ ބުދަ ވިލޭރޭ ފަތިހުގެ ވަގުތެއްގައެވެ. މީލާދީގޮތުން މިތާރީޚަކީ، 30 މާރޗް 1736 އެވެ. ކަޅައިދޫ ޝައިޚް ޙަސަން ކަލޭގެފާނަކީ ޙުސައިން އަފީފުއްދީނުގެ ދަރިވަރެކެވެ.

ޣިޔާޘުއްދީން ރަދުންގެ ރަސްކަމުގެ ދުވަސްވަރު ކަޅައިދޫއަކީ ރަސްމީގޮތުން މީހުން ދިރިއުޅޭ ރަށެއްކަން ބެލެވެންއެބަ އޮތެވެ. އެހެނީ، ”އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީންގެ ރަސްކަމުގައި މާލޭގައި ހިނގި ސިޔާސީ މައްސަލަގަނޑަކާއި ގުޅިގެން ދޮންބަންޑާރައިންނާއި އެއްބަނޑު އެއްބަފާ “ޙުސައިން ދޮށިމޭނާކިލެގެފާނުންގެ ފުތް މުޙައްމަދު މަނިކުފާނު ކަޅައިދޫއަށް ފޮނުއްވައިލެއްވިއެވެ. މީނާ ކަޅައިދުވަށް ފޮނުއްވައިލެއްވި އޮޑިމަތީގައި އެއޮޑި ފުރައިގެންދަނިކޮށް މާލެއިން އެމަނިކުފާނުގޮވައިގެން ދާން ފޮނުއްވި ޢަސްކަރަކާއި ދެކޮޅުވެގެން އެމީހާ ބަންނަވައިފިޔެވެ. އަދި އެއޮޑިޔާއިގެން ރާއްޖޭން ނިކުމެގެންދާންވެސް ދިމާކުރެއްވިޔޭ..އެކަމަކު އެކަންތައް އެހެނަކުން ނުވެވުނޭ..ދެން ފަހެ އެމީހާޔާއި ޞުލްޙަވެ..އެމީހާ މޮހައިލެއްވިޔޭ..ދެން އެޔަށްފަހު އެއޮޑިޔައިގެން ގޮސް ހައްދުންމަތީ ކަޅައިދުވަށް އޭނާ ބާލައިފައި މާލެއިން އޭނާ ގެންގޮސްލާން ފޮނުއްވިމީހާ މާލެ އައިސް އެކަންތައް ވީގޮތުގެ ވާހަކަ ދެންނެވީމާއި އަނެއްކާ ޢަސްކަރުންކުރެން ގަދަފަދަ ތިން މީހުން މާލެއިން ފޮނުއްވަވައި އެ މުޙައްމަދު މަނިކުފާނު ވަރަށް ތަޅައިފައި ކަޅައިދޫގައި ބެހެއްޓެވިޔޭ..ދެން މިޔަށްފަހު އަހަރެއްހައި ދުވަހުން މިމުޙައްމަދު މަނިކުފާނު މާލެ ގެންނެވީއެވެ.“ (ދިވެހި ތާރީޚް، 1993). ކަޅާއިދޫއަކީ އެދުވަސްވަރު ފަޅުރަށެއްނަމަ މުޙައްމަދު މަނިކުފާނުފަދަ ބޭފުޅަކު ފޮނުވާނުލައްވާނެ ނޫންތޯއެވެ. ޣިޔާޘުއްދީން ރަދުން ރަސްކަން ފެށިގެން އައީ 2 ރަމަޟާން 1180ހ. ގައި ދޮންބަންޑާރައިން ފަސްދާނަށް ވަޑައިގަތުމުންނެވެ. މީލާދީގޮތުން މިއީ 1 ފެބުރުއަރީ 1767 އެވެ. ލަފާކުރެވޭގޮތުގައި މުޙައްމަދު މަނިކުފާނު ކަޅައިދޫއަށް ފޮނުއްވައިލެއްވިފައިވާނީ 1769މ. އިން 1771މ. އާއި ދެމެދުގައެވެ.
ހައްދުންމަތީ ކަޅާއިދޫ އާބާދުވުމާއި ބެހޭގޮތުން ޒަމާނުންސުރެ ދެކެވެމުން އަންނަ އެންމެ މަޝްހޫރު އެއްވާހަކަ އަކީ އެއަތޮޅު ބަރެސްދޫ ފަޅުވާން ދިމާވި ހާދިސާއާއި ގުޅިގެން ދެކެވޭ ވާހަކައެކެވެ. ބަރެއްދޫ މާލޫދު ހަރުގެމަތިން ގޮވާލި ބޮޑު ހާލުގެ ވާހަކައެވެ. މިވާހަކަ އަކީ މިއަދާހަމައަށް އައިއިރުވެސް މަސްދަރު ބަދަލު ވުމެއްނެތި ދެކެވެމުން އަންނަވާހަކައެވެ. ބައެއް މީހުން ކިޔާއިދެ ގޮތް ފަހަރުގައި ކުޑަކޮށް ތަފާތުވެދާނެއެވެ.
މިކަން ހިގާދިޔަކަމަށް ކިޔައި އުޅެނީ މިހެންނެވެ.
މާލޫދެއް ކެއްކުމައްޓަކާއި ބަރެއްދޫގައި އުޅުނު މީހުން މަޝަވަރާތަކެއް ކޮށްފޫއެވެ. ދެންފަހު ބޮޑުން ދަންނަވާއިފޫއެވެ. ހަރުގެ އަޅަންވާނީ ދުނބުރި ދާޖަހައިގެންނެވެ. ދުނބުރި ދަލަކީ ދުނބުރި ގަހުގެ ޅަދަނޑި ބޭނުންކޮށްގެ ގޮޅިހެދޭގޮތައް ދާގަނޑެއްހެން ހަދާފައި ހުންނަ ބިއްގަނޑެކެވެ. އާންމުކޮށް ހަދާފައި ހުންނަ މާލޫދު ހަރުގެތަކާއި ޚިލާފަށް މިހަރުގޭގައި ވަދެނުކުމެވޭ ގޮތަށް ބަހައްޓާފައި ހުރީ އެންމެ ދޮރެކެވެ. އާންމުކޮށް ހަދާ މާލޫދު ހަރުގެ ތަކުގައި ދެފަރާދު ދެ ދޮރުވާހެން ޖުމުލަ ހަތަރު ދޮރު ހުންނާނެއެވެ.

ކޮންމެއަކަސް މާލޫދު ކައްކައިފިއެވެ. ބަރެސްދޫގައި އުޅުނު އެންމެން ތިބީ ކެއުމަށް ހަރުގެ ތެރެއަށް ޖަމާވެފައެވެ. ކެއުން ކުރިއަށް ދަނިކޮށް ހާލެއް އައިސް ހަރުގެމަތީގައި ޖައްސައިފިއެވެ. އެއަށްފަހު ހަރުގެ މަތީގައި އިނދެ ގޮވަން ފަށައިފިއެވެ. ހުއްޓުމެއްނެތި މިހާ ގޮވާއަޑަށް ހަރުގޭ ތެރޭގައި ހުރި ކޭންމަތުރާ މީހާ ބުނެފޫއެވެ. “ ތެއްތާ ހުރެ ނުގޮވާ ކަންނާ ކާން އުމާށޭ“ ( ތިޔަތާނގާ ހުރެ ނުގޮވާ ކަންޏާ ކާން އަންނާށެވެ. ) މިހެން ބުނުމާއެކު މި ހައު އައިސް ދޮރުމަތީގައި ޖެހިއްޖެއެވެ. އެއަށްފަހު ހަރުގެތެރެއަށްވަދެ މީހުން ކާންފަށައިފޫއެވެ. އެތެރޭގައި ހުރި މީހެއްގެ އަތުގައި އެވަގުތު ވަޅިއެއް އޮތްކަމުގައި ވެއެވެ. ކޮންމެއަކަސް މިމީހާ ހަރުގޭގެ އެތެރޭ ބިތުން ބާގަނޑެއް ހަދާ މީހުންތައް އެތަނުން ނެރެފިއެވެ. އެއަށްފަހު މިބައި މީހުން ބަރެސްދޫ ދޫކޮށް ކަޅާއިދޫއަށް ހިޖުރަކުރީއެވެ.

👍 0❤️ 0🤗 0😂 0😮 0

ލިޔުންތެރިޔާގެ އިތުރު ލިޔުންތައް

  • ޝަހީދުންގެ ދުވަސް

    ދިވެހިރާއްޖޭގެ ޝަހީދުންގެ ދުވަހަކީ ޝައުބާންމަހުގެ 1 ވަނަ ދުވަހެވެ. ޝަހީދުންގެ ދުވަސް ނިސްބަތްވަނީ އައްސުލްޠާން ޢަލީ (6ވަނަ) ސިރީ އައުދަ ސިޔާކަ ކައްތިރި މަހާރަދުންނަށެވެ. އެއީ ދިވެހިތާރީޚުގައި މަޝްހޫރު ޢަލީ ރަސްގެފާނެވެ. އެ ރަދުން ރާއްޖޭގައި ރަސްކަން ކުރެއްވީ ހިޖުރައިން 965 ވަނަ އަހަރު، (މީލާދީން 1558 ވަނަ އަހަރު)، 2 މަހާއި 15 ދުވަހުއެވެ. ޝަޢުބާންމަހުގެ 1ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ޝަހީދުންގެ ދުވަސްކަމަށް ދިވެހި ދައުލަތުން ކަނޑައެޅުއްވީ ޕޯޗްގީޒުންނާ ދެކޮޅަށް ދީނާއި ޤައުމުގެ ދިފާޢުގައި ޖިހާދު…

  • އުލުބޭންދުމުގެ އަދަބު ދިނުމާއި އޭގެ ތާރީހު

    ދިވެހި ބަހުގެ ރަދީފުގައި އުލުބޭންދުން މާނަކޮށްދީފައި އޮތީ ޔޯލަ ވާހަކައެއް ސިފަކޮށްދޭ ގޮތަށެވެ. އެ ބަހުގެ މާނައެއް ކަމަށް އޮތީ ”މާ އިހު ޒަމާނުގައި މީހުން މަރަން ހަދާގޮތެއް ކަމުގައި ބުނެވޭ ގޮތެއް. އުލުބައިންދާ އިރު ހަދާގޮތެއް ކަމަށް ބުނަނީ ތޫނުކޮށްފައި ހުންނަ ދަގަނޑު އުލެއްގައި މީހާ ބައިންދަނީއެވެ. ބޭންދީމާ އެ އޫ ފުރަގަސް ފަރާތުން ވަދެގެންގޮސް ބޮލުން ނުކުންނަނީއެވެ.“ މިހެންނެވެ. ދެން އެއާ ވިދިގެން އުފެދުނީ ’އުލު އިންދާފައި އިރަށް ދޮންކުރުން‘ ކަހަލަ ހަރު ބުނުންތަކެވެ….

  • އަހަރެންގެ ނަޒަރުގައި ތިކި ޖެހުން

    ”ތިކި“ ވަރަށް ކުޑަކުޑަ ހަމަ އެންމެ ދެ އަކުރުގެ ލަފުޒެކެވެ. އެހެނަސް ވަރަށް ފުޅާ އެހާމެ ތަނަވަސް ލަފުޒެކެވެ. މާ ގިނަ ވާހަކަތަކެއް ލިޔާކަށް ގަސްތެއް ނުކުރަމެވެ. ފާޅުކޮށްލަން ބޭނުންވަނީ ތިކި ޖެހުމާއި ބެހޭ ގޮތުން އަހަރެން ދެކޭ ގޮތެވެ. އަހަރެންގެ ހިޔާލެވެ. ފަހަރުގައި ތިބާ ދެކޭގޮތް ތަފާތުވެދާނެއެވެ. އެއީ އަދި މުޅިން އެހެން ކަމެކެވެ. ދިވެހި ބަހަކީ ގިނަ އަދަދަކަށް އޭގައި އަރަބި ލަފުޒުތައް ހިމެނޭ ބަހެކެވެ. އަރަބި ލަފުޒުތަކުން ލަފުޒުނެގި ދިވެހި ވެފައިވާ ލަފުޒުތައް…

  • ޒިންމާ ނަގާނީ ކާކު؟

    ”ގިނަދުވަސްވެގެން ގޮސް އަހަރެންގެ ޙަޔާތަށްވީ ކިތައް އަހަރުކަމެއް ހުދު އަހަންނަކަށް ވެސް ނޭނގެއެވެ. އެހާވެސް ގިނަ ދުވަސް ވެއްޖެއެވެ. އެހެންނަމަވެސް އަހަރެން ދުނިޔޭގައި ދިރި އެބަހުރީމެވެ. އެތައްބަޔެއްގެ އަނިޔާތައް އެތައްފަހަރެއްގެ މަތިން މިވޭތުވެ ދިޔަ އަހަރު ތަކުގައި ލިބިއްޖެއެވެ. އަދިވެސް ދަނީ ލިބެމުންނެވެ. އެކަމުގެ ސަބަބުން އެއިރު ހުރި އަހަރެންގެ ރީތި ސޫރަ ޢައިބުވެ ބަލާލަން ހަޑިވެ ހުތުރު ވުމަކީ އަހަރެންގެ ކުށެއް ނޫނެވެ. ދޭތެރެ ދޭތެރެއިން ދުރު ހިސާބުން އަހަރެންގެ މޫނު ދެކެލަން މަދު މަދުން…

  • މަންމަގެ ހަޔާތުން ހަމަ އެންމެ ދުވަހެއް

    ފަށާނީ ކިހާ ހިސާބަކުން ކަމެއްވެސް ނޭނގެއެވެ. ކޮންމެ ދިމާއަކުން ވެސް ފެންނަނީ މަންމަގެ ހިތްވަރުގަދަ ކަމާއި މަސައްކަތްތެރިކަމެވެ. ކެތްތެރިކަމާއި އެކު އުފުލި ބުރަކަމެވެ. ދައްކަން މިއުޅެނީ މާ ކުރީގެ ވާހަކައެއް ނޫނެވެ. ވިއްސަކަށް އަހަރު ކުރިއެވެ. އައްޑިހައިގެ އަހަރުތަކުގެ ފަހުކޮޅެވެ. ފަތިހަކުން ފަށަމާ ހިނގާށެވެ. ނިދިން ހޭލެވޭނީ މަންމަ ފަތިސް ނަމާދަށް ގޮވާލާ އަޑަށެވެ. އިރުއެރުމުގެ ކުރިން ފަތިހުގެ ނަމާދު ކުރެވޭހާ ވަގުތު އޮއްވާ ކޮންމެ ރެއަކުވެސް މަންމަ ގޮވާނެއެވެ. ގިފިއްޔަށް ވަންނަ އިރު ދާންޖެހިފައި ހުރެއްޖެ…

  • ހައްދުންމަތީ ގަމަކީ ލާމަސީލު ރަށެކެވެ.

    ދިވެހިރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ތެރެއިން ލާމު އަތޮޅަކީ ތާރީޚީ ގޮތުންނާއި ސަގާފީ ގޮތުން ވަރަށް މުއްސަނދި އަތޮޅެކެވެ. މި އަތޮޅުގެ އެންމެ ބޮޑު އަދި އެންމެ މަޝްހޫރު ރަށް ކަމުގައިވާ ލާމު ގަމަކީ، އެހެން ރަށްރަށާ އަޅާ ބަލާއިރު ވަރަށް ގިނަ ގޮތްގޮތުން ޚާއްސަ ރަށެކެވެ. ގަމަކީ ހަމައެކަނި ބޮޑު ރަށެއް ނޫނެވެ. އެއީ ގަދީމީ ތާރީޚާއި، ދިވެހިރާއްޖޭގެ ބުދުދީނުގެ ޒަމާނުގެ އަސަރުތަކާއި، އަދި ދިގު ތަރައްޤީގެ ދަތުރެއް ހިމެނޭ ރަށެކެވެ. މި ލިޔުމުގައި، ލ. ގަމުގެ…