ރައީސް މުއިއްޒު މިއަދު ކުނަހަންދޫއަށް ވަޑައިގެންނެވީ އެމަނިކުފާނު ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ. ކުނަހަންދޫއަކީ ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން މިއަދުގެ 3 ވަނަ މަންޒިލެވެ.
ކުނަހަންދޫ ކައުންސިލްގެ ރައީސް، އިބްރާހިމް ޝަކީބް ވިދާޅުވީ، މިއަދަކީ ކުނަހަންދޫ ރައްޔިތުންނަށް ވަރަށް ވެސް އުފާވެރި ދުވަހެއް ކަމަށާއި އެއީ މިއަދަކީ 40 އަހަރު ތެރޭ ރާއްޖޭގެ އިންތިހާބީ ރައީސަކީ އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ވަޑައިގަތް ދުވަސް ކަމަށެވެ.


