ޔާމީންގެ ވާހަކަތައް ދޮގު ކުރައްވައި ގާސިމްއާ އެކީގައި ވަރަށް ގާތްކޮށް މަސައްކަތް ކުރެއްވި އޭނާގެ ކުރީގެ ސްޕެޝަލް އެންވޯއީ އިލްހާމް ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ”ސިޓިން ރޫމް“ ޖަލްސާގައި ޔާމީން ކަނޑައެޅިގެން ވިދާޅުވީ އިތުރުފުޅެއް ކަމަށެވެ. އިލްހާމް ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޕީޕީއެމާއި އެމްޑީއޭ އާއި ކުރީގެ ރައީސް ވަހީދުގެ ސަރުކާރު ހިންގަވަން ތިއްބެވި ހުރިހާ ވެރިންނާއި މިނިވަން މުއައްސަސާތަކާއި އެތައް މިލިއަން ރުފިޔާއެއް ބަހައިގެން ޔާމީނަށް ލިބިވަޑައިގަތީ 53،099 ވޯޓު ކަމަށެވެ. ގާސިމަށް ލިބިވަޑައިގަތީ 50،422 ވޯޓު ކަމަށް ވިދާޅުވިއެވެ.


