ޔާމީން ވިދާޅުވީ، ސިހުރުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އާއި ރައީސް މުއިއްޒުއަކީ ވަރަށް ގާތް ދެބޭފުޅުން ކަމަށާއި އެމަނިކުފާނު މާލޭ ސިޓީ މޭޔަރަކަށް ހުންނެވިއިރު ވެސް ޝަމްނާޒް އެމަނިކުފާނާއި ވަރަށް ގާތުން މަސައްކަތް ކުރެއްވި ކަމަށެވެ. އޭރު ސިޓީ ކައުންސިލުން ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލުތައް އޭސީސީއަށް ހުށަހަޅާފައިވާ ކަމަށާއި އެ ކޮރަޕްޝަންތަކާއި ގުޅޭ ޕެންޑްރައިވް ޝަމްނާޒު އަތުގައި އޮތުމުން ޝަމްނާޒު ބޮލުގައި ތުހުމަތު އަޅުވައި އޭނާ ހައްޔަރުކުރީތޯ ޔާމީން ވަނީ ސުވާލު އުފައްދާފައެވެ.


