ހިޔާވަހީގެ ޚިދުމަތްތަކާއި، ކުއްޔަށް ދޫކުރާ ތަންތަން އަދި އެހެނިހެން ވިޔަފާރިތައް ލިސްޓްކުރުމަށް ހާއްސަކޮށްގެން އާ ވެބްސައިޓެއް ’ހިޔާވަހި.ކޮމް‘ ނަމުގައި ތައާރަފްކޮށްފިއެވެ. މި ވެބްސައިޓަކީ ދިވެހިރާއްޖޭގެ ބާޒާރަށް ވަރަށް ބޭނުންތެރި އަދި ޔޫސާފްރެންޑްލީ ޕްލެޓްފޯމެކެވެ.
މި ވެބްސައިޓުގައި ގެސްޓް ހައުސްތަކާއި، ހޮޓާތަކާއި، ދުވަހު ކުއްޔަށްދޭ ކޮޓަރިތަކާއި، މަހުކުއްޔަށް ދޭ އެޕާޓްމަންޓްތަކާއި، ގުދަން، ކެފޭ، ރެސްޓޯރެންޓް، ފިހާރަށްތައް ވެސް ލިސްޓްކުރުމުގެ ފުރުސަތު ވެރިފަރާތްތަކަށް ލިބިގެންދެއެވެ. ޕްރޮޕަޓީއެއް ލިސްޓްކުރުމަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށް ވެބްސައިޓްގެ ފަރާތުން ހާމަކުރެއެވެ. މިއީ ވިޔަފާރިތަކަށް އިތުރު ފަސޭހައެއް ގެނެސްދޭނެ ކަމެކެވެ.
ޕްރޮޕަޓީއެއް ލިސްޓްކުރުމަށް ވެރިފަރާތް ލޮގިން ވާންޖެހޭނެއެވެ. ނަމަވެސް، ހިދުމަތް ހޯދާ ފަރާތްތައް ކަމަށްވާ ވިޒިޓަރުން ލޮގިން ވާކަށް ނުޖެހެއެވެ. މިކަމުގެ ސަބަބުން ސައިޓް ބޭނުންކުރުން އިތުރަށް ފަސޭހަވެގެންދެއެވެ.

މި ޕްލެޓްފޯމް ބޭނުންކުރާ ފަރާތްތަކަށް ވަރަށް ފަސޭހަ އިންޓަރފޭސްއެއް ލިބިގެންދެއެވެ. ކޮންމެ މީހަކަށް ވެސް ފަސޭހަކަމާއެކު ސާރޗް ކޮށްލެވޭނެއެވެ. ލޮކޭޝަން ބޭސްކޮށް ނުވަތަ އަތޮޅުތަކާއި ރަށްތަކުން ވަކިން ފިލްޓަރކޮށްގެން ބުކިން ހެދޭނެއެވެ.
ޖަޒީރާ ރަށްތަކެއްގެ މައްޗަށް ބިނާވެފައިވާ މިފަދަ ގައުމަކަށް މިއީ ވަރަށް މުހިންމު ވެބްސައިޓެކެވެ. ’ހިޔާވަހި.ކޮމް‘ އަކީ މިފަދަ ހިދުމަތްތައް ހޯދާ ފަރާތްތަކާއި، ހިދުމަތް ދޭ ފަރާތްތައް ގުޅުވައިދޭނެ މުހިންމު ވަސީލަތެއް ކަމަށް ބެލެވެއެވެ. ޚާއްސަކޮށް، ލިސްޓްކުރުން ހިލޭ ކުރުމަކީ ގިނަ ވިޔަފާރިތަކަށް މި ޕްލެޓްފޯމް ބޭނުންކުރުމަށް ހިތްވަރު ލިބިގެންދާނެ ކަމެކެވެ. މިއަދުން ފެށިގެން މި ޕްލެޓްފޯމްގައި ޕްރޮޕަޓީ ލިސްޓްކުރެވޭނެއެވެ.

